Advertisement

އިންޓަނެޓު މެދުވެރިކޮށް ހިންގާ ހުއްދަނޫން އަމަލުތައް ކުށުގެ ގޮތުގައި ކަނޑައަޅަނީ

27 ނޮވެންބަރު 2022 - 18:11 1

އައިޝަތު ނުޒުހާ

އައިޝަތު ނުޒުހާ

ސައިބާ ކުށްތައް ރާއްޖޭގައި އަންނަނީ އިތުރުވަމުން؛ ގާނޫނަށް އިސްލާހު ގެނައުމުގެ މަސައްކަތް ވަނީ ފަށާފައި---


އިންޓަނެޓު މެދުވެރިކޮށް ހިންގާ ހުއްދަނޫން އަމަލުތައް ކުށުގެ ގޮތުގައި ކަނޑައަޅަނީ

27 ނޮވެންބަރު 2022 - 18:11 1

އިންޓަނެޓު މެދުވެރިކޮށް ހިންގާ ހުއްދަ ނޫން އަމަލުތަކަކީ ކުށް ކަމުގައި ކަނޑައެޅުމަށް ތިން ގާނޫނަކަށް އިސްލާހު ގެނައުމަށް ޓަކައި ބިލުތަކެއް އެކުލަވާލައި އެޓާނީ ޖެނެރަލްގެ އޮފީހުން ރައީސް އޮފީހަށް ފޮނުވައިފި އެވެ.

ރައީސް އޮފީހަށް ފޮނުވާފައިވަނީ ގާނޫނުލްއުގޫބާތަށް އިސްލާހު ގެނައުމުގެ ބިލަކާއި ޖިނާއީ މައްސަލަތަކުގައި ގާނޫނީ އެހީތެރިކަން ބަދަލުކުރުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަކާއި ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލެކެވެ.

ގާނޫނުލްއުގޫބާތަށް އިސްލާހު ގެނައުމުގެ ބިލު

އެޓާނީ ޖެނެރަލްގެ އޮފީހުން ބުނީ މި ބިލަކީ ރާއްޖޭގައި އިންޓަނެޓު މެދުވެރިކޮށް ކުރަމުން އަންނަ ކުށްތައް ގިނަވުމާއި ގުޅިގެންނާއި އެފަދަ ކުށްތައް ކުރާ މީހުން އެ ކަމުގެ އަމަލުތައް ހިންގަމުންދާ ގޮތް، ޓެކްނިލްގެ ވަސީލަތްތައް ބޭނުންކޮށްގެން އިތުރަށް ފުޅާކުރަމުންދާތީ އެ އަމަލުތައް ކުށުގެ ގޮތުގައި ބަޔާން ކުރުމަށް ހުށަހަޅާ ބިލެއް ކަމަށެވެ.

ބިލުގައި ބަޔާން ކުރާ މައިގަނޑު ކުށްތައް:

  • ހުއްދަނެތި ކޮމްޕިއުޓާ ސިސްޓަމަކަށް އެކްސެސްވުން
  • ހުއްދަނެތި ކޮމްޕިއުޓާ ޑާޓާއަށް ނުވަތަ ސިސްޓަމަކަށް އިންޓަފިއާވުން
  • ނަހަމަ ގޮތުގައި ޑިވައިސްތައް ބޭނުން ކުރުން
  • ސައިބާވަޔަލަންސްގެ އަމަލުތައް
  • ކޮމްޕިއުޓަރާ ގުޅުންހުރި އޮޅުވާލުމުގެ މައްސަލަތައް
  • ކޮޕީރައިޓާއި އެހެނިހެން ހައްގުތަކަށް އަރައިގަތުން

ޖިނާއީ މައްސަލަތަކުގައި ގާނޫނީ އެހީތެރިކަން ބަދަލުކުރުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު

މި ބިލުގެ މައިގަނޑު މަގްސަދަކީ ކޮމްޕިއުޓާ ސިސްޓަމް މެދުވެރިވެގެން ކުރާ ކުށްތަކާއި އިލެކްޓްރޯނިކް ހެކި އެކުލެވޭ ކުށްތައް ހުއްޓުވައި ފިޔަވަޅު އެޅުމުގައި އެހެނިހެން ގައުމުތަކާއެކު ހޯދަން ޖެހޭ ގާނޫނީ އެހީތެރިކަން ބަދަލުކުރުމުގެ އިޖުރާއަތްތައް ފުރިހަމަ ކުރުން ކަމަށް އޭޖީ އޮފީހުން ބުނެފައިވެ އެވެ.

ބިލުގައި މައިގަނޑު ގޮތެއްގައި ބަޔާން ކުރާ ކަންކަމަކީ:

  • އިލެކްޓްރޯނިކް ހެކި ހޯދުމުގެ ގޮތުންނާއި ޓްރެފިކް ޑޭޓާ ރިއަލް ޓައިމްގައި ނެގުމުގެ ގޮތުންނާއި މިފަދަ ކަންކަމާ ގުޅޭ ގާނޫނީ އެހީތެރިކަން ބަދަލުކުރުމާ ގުޅޭ އުސޫލުތައް
  • އިލެކްޓްރޯނިކް ހެކި ހޯދަން ޖެހޭ ފަދަ ކުށްތަކާ ގުޅިގެން ހިންގާ ޖިނާއީ ތަހުގީގުތަކާއި ޝަރީއަތްތަކަށް ބޭނުންވާ އެހީތެރިކަން ބޭރު ގައުމުތަކުން ހޯދުމަށް 24/7 ނެޓްވޯކެއް ގާއިމްކުރުން

ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް

އޭޖީ އޮފީހުން ބުނެފައިވާ ގޮތުގައި މި ބިލުން މިފަދަ ކުށްތައް ހުއްޓުވައި ފިޔަވަޅު އެޅުމަށް ގާނޫނު ތަންފީޒު ކުރާ ފަރާތްތަކަށް ލިބިދޭ ބާރުތައް ދީ، އެފަދަ ކުށްތައް ތަހުގީގުކޮށް ދައުވާ އުފުލުމުގައި އަމަލު ކުރާނެ އިޖުރާއީ އުސޫލުތައް ކަނޑައަޅާނެ އެވެ. ބިލުގައި ހިމެނޭ މައިގަނޑު ކަންކަމަކީ:

  • ސަބްސްކްރައިބާ އިންފޮމޭޝަން އަދި ކޮމިއުނިކޭޝަން ޑާޓާ ރިޓެއިން ކުރުމާ ގުޅޭ އިޖުރާއަތްތައް
  • ޓްރެފިކް ޑާޓާ ވަކި ވަރަކަށް ހާމަކުރުމަށް އެންގުމާ ގުޅޭ އިޖުރާއަތްތައް
  • ކޮމްޕިއުޓާ ޑޭޓާއާއި ސަބްސްކްރައިބާ އިންފޮމޭޝަން ހޯދުމަށް ޕްރޮޑަކްޝަން އަމުރު ހޯދުމާއި އަމުރު ތަންފީޒު ކުރުމުގެ އިޖުރާއަތްތައް
  • ރައްކާކޮށްފައިވާ ކޮމްޕިއުޓާ ޑޭޓާ ބަލާ ފާސްކުރުމާއި ހިފެހެއްޓުމުގެ އިޖުރާއަތްތައް
  • ޓްރެފިކް ޑޭޓާ ރިއަލް ޓައިމްގައި ނެގުމުގެ ހުއްދަތައް