Advertisement

ހުލާސާކޮށް އިއްޔެ: މިނިސްޓަރު ނަހުލާގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލައެއް އޭސީސީއަށް

27 ނޮވެންބަރު 2022 - 07:10 0

ޓްރާންސްޕޯޓު މިނިސްޓަރު ނަހުލާ. -- ފޮޓޯ: އަދަދު


ހުލާސާކޮށް އިއްޔެ: މިނިސްޓަރު ނަހުލާގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލައެއް އޭސީސީއަށް

27 ނޮވެންބަރު 2022 - 07:10 0

ޓްރާންސްޕޯޓު މިނިސްޓަރު އައިޝަތު ނަހުލާ އަދި އެ މިނިސްޓްރީގެ އެސިސްޓެންޓު ޑިރެކްޓަރު ރުޝޫނާ ރަޝާދު ގެ މައްޗަށް ތުހުމަތު ކުރާ ކޮރަޕްޝަންގެ މައްސަލައެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ހުށަހެޅި ކަމަށް ރިޕޯޓުކުރީ އިއްޔެ އެވެ.

އޭސީސީ އަށް ހުށަހަޅާފައިވާ އެ މައްސަލައަކީ އެއްގަމު އުޅަނދު ރަޖިސްޓްރީ ކުރުމުގެ ގަވާއިދާ ހިލާފަށް ގިނަ އުޅަނދުތަކެއް ރަޖިސްޓާކޮށްދީގެން ނަހުލާ އަދި ރުޝޫނާ މާލީ ފައިދާ ހޯދަމުންދާ ކަމަށް ތުހުމަތުކޮށް ހުށަހެޅި މައްސަލައެކެވެ. އެގޮތުން ޖުމްލަ 57 އުޅަނދެއް ރަޖިސްޓްރީ ކުރުމުގައި ގަވާއިދާ ހިލާފުވެފައިވާ ކަމަށް އެ ފަރާތުން ވަނީ ތުހުމުތަކޮށްފަ އެވެ.

މި މައްސަލައިގައި ނަހުލާ މިހާތަނަށް އެއްޗެއް ވިދާޅެއް ނުވެ އެވެ.

މައްސަލަ ހުށަހެޅި ފަރާތުން ބުނެފައިވާ ގޮތުން މި އުޅަނދުތައް ރަޖިސްޓްރީ ކޮށްފައިވަނީ އެއްގަމު އުޅަނދު ރަޖިސްޓްރީ ކުރުމުގެ ގަވާއިދުގެ ނާޖާއިޒު ފައިދާ ނަގައިގެންނެވެ. އެގޮތުން އުޅަނދުތައް ރަޖިސްޓްރީ ކުރުމަށް މަޖުބޫރުކުރާ އެއްގަމު އުޅަނދު އެތެރެކުރުމުގެ ހުއްދަ މި އުޅަނދުތައް ރަޖިސްޓްރީ ކުރުމުގައި ހުށަހަޅާފައިވާ ނުވާ ކަމަން ވަނީ ފާހަގަ ކޮށްފަ އެވެ.

މީގެ އިތުރުން މި އުޅަނދުތައް ރަޖިސްޓްރީ ކުރުމުގައި އުޅަނދުތައް ރަޖިސްޓްރީ ކުރުމަށް ހުށަހަޅަންޖެހޭ ސިޓީތައް މިނިސްޓްރީގައި އެންޓްރީ ހެދުމަކާއި ނުލާ އަދި ޖަވާބު ދިނުމަކާ ނުލާ ސިއްރިއްޔާތުގައި މި އުޅަނދުތައް ރަޖިސްޓްރީ ކުރުމުގެ ހިދުމަތް ދީފައިވަނީ ރުޝޫނާ ކަމަށް ވެސް އެ ފަރާތުން ވަނީ ތުހުމަތު ކޮށްފަ އެވެ. އަދި މިކަން ހިނގީ މިނިސްޓަރު ނަހުލާގެ ހުއްދަ ދީގެންކަން އެންގުމަށް ހިދުމަތާ އެކު ހުށަހަޅާ ފޯމުގައި ނަހުލާ ސޮއިކޮށްފައިވާ ކަމަށް ވެސް ވަނީ ބުނެފަ އެވެ.

ގަވާއިދާ ހިލާފަށް ރަޖިސްޓްރީ ކުރި އުޅަނދުތަކަކީ ރާއްޖޭގައި ފުޅާދާއިރާއެއްގައި އެއްގަމު އުޅަނދުގެ ވިޔަފާރި ކުރަމުންދާ ކުންފުންޏަކުން ދުރާލާ ރާވައިގެން އެތެރެކުރި އުޅަނދުތަކެއް ކަމަށާއި މިނިސްޓްރީއަށް ހުށަހެޅި ސިޓީ ތަކުގައި އެ ކުންފުނީގެ ތައްގަނޑު ޖަހާފައިހުރިކަން ވެސް މައްސަލަ ހުށަހެޅި ފަރާތުން ވަނީ ފާހަގަކޮށްފަ އެވެ.

މުހިންމު ބައެއް ހަބަރުތައް

  1. ސްޓެލްކޯއިން މާލެ ސަރަހައްދަށް ކަރަންޓު ދޭން އަގު ނަގާ ރޭޓާއި ފެނަކަ ކޯޕަރޭޝަނުން ރާއްޖޭގެ އެހެން ރަށްރަށުގައި ކަރަންޓަށް ނަގާ އަގު ހަމަހަމަ ކުރަން ހަ މަސް ދުވަހުގެ މުހުލަތެއް ދިނުމަށް މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިޒަސް ކޮމިޓީން ނިންމި ކަމަށް އިއްޔެ ރިޕޯޓުކުރި އެވެ.
  • މޫދު ކުޅިވަރު ކުޅޭ ސާމާނު ކުއްޔަށް ދޫކުރާ "ހުޅުމާލެ ބީޗް ކްލަބް" އަށް ވަދެ ދަބަހުގައި ބޮމެއް އޮތް ކަމަށް ބުނި މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ކަމަށް އިއްޔެ ރިޕޯޓުކުރި އެވެ. އެ މީހާގެ ބަންދަށް ވަނީ ހަތް ދުވަސް ޖަހައިފަ އެވެ.
  • ފުއްޕާމޭގެ މައްސަލައެއް ހުރެގެން އައިޖީއެމްއެޗަށް ޑޮކްޓަރަށް ދެއްކި ޒުވާން އަންހެން ކުއްޖެއްގެ ފުރާނަ ނުރައްކަލަށް ހުށަހެޅުމަށް މެދުވެރިވީ ފުއްޕާމޭގައި ތާށިވެފައި ހުރި ދެ ސުޕާރީ ފުކެއްގެ ސަބަބުން ކަމަށް ޑރ. މުހައްމަދު އިސްމާއިލްއާ ހަވާލާ ދީ ރިޕޯޓުކުރީ އިއްޔެ އެވެ
  • ވިލިމާލޭގައި ހުންނަ ސިނަމާލެ ހަތަރެއް ފްލެޓުން އެޕާޓްމަންޓު އަމިއްލަ ކުރާ ފަރާތްތަކުން ޖޫރިމަނާއެއް ދައްކަންޖެހިފައި އޮންނަ ނަމަ އެ ފައިސާ މައާފުކޮށްދިނުމަށް ސަރުކާރުން ނިންމާފައިވާކަން އިއްޔެ ރިޕޯޓްކުރި އެވެ.
  • ދުވަސްތަކަކަށްފަހު މާލޭގައި އަނެއްކާވެސް މާލޭގައި ވެލި މަގެއް ހަދާ ހުޅުވަން ތައްޔާރުވެއްޖެ ކަމަށް އިއްޔެ ރިޕޯޓް ކުރި އެވެ. މިފަހަރު މާލޭގައި ވެލި މަގެއްގެ ގޮތުގައި ގާއިމުކޮށްފައިވަނީ ހުކުރު މިސްކިތާއި ކުރީގެ ހުރަވީ ބިލްޑިން އާ ދެމެދު އޮންނަ ޝަހީދު މުހައްމަދު އިބްރާހިމް މަގުގަ އެވެ.

ދުވަހުގެ ކޯޓޭޝަން

ފުއްޕާމޭގެ މައްސަލައެއް ހުރެގެން އައިޖީއެމްއެޗަށް ޑޮކްޓަރަށް ދެއްކި ޒުވާން އަންހެން ކުއްޖެއްގެ ފުރާނަ ނުރައްކަލަށް ހުށަހެޅުނު ސަބަބު ބަޔާން ކުރަމުން ޑރ. މުހައްމަދު އިސްމާއިލް ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައި ވަނީ؛

ބުރޯންކޮސްކުޕީ (ފުއްޕާމޭގައި މައްސަލައެއް ހުރިތޯ ބެލުމަށް ހޮޅި ލައްވައިގެން ހަދާ ޓެސްޓެއް) އެއް ހަދާލި އިރު ލިބުނީ ކުއްލި ހައިރާން ކަމެއް، [އެ ކުއްޖާގެ] ފުއްޕާމޭގެ ކަނާތްފަޅި ބުލޮކުވެފައި ހުރީ، ސުޕާރީ ފުކެއްގެ ސަބަބުން،"

ދުވަހުގެ ފޮޓޯ

ހުކުރު މިސްކިތާއި ކުރިން ހުރަވީ ބިލްޑިން ހުރި ބިމާ ދެމެދުގައި އޮންނަ މަގުގައި އަތުރާފައިވާ ގާތަށް ނަގައި ކަށިވެލި ލާފައި. -- ފޮޓޯ: އަދަދު