Advertisement

އިންޑިއާ ނުހިމަނައި އިންޑިއާ ކަނޑުގެ ގައުމުތަކާ އެކު ޗައިނާގެ ބައްދަލުވުމެއް

27 ނޮވެންބަރު 2022 - 06:14 1

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

ޗައިނާގެ ރައީސް ޝީ ޖިންޕިން. -- ފޮޓޯ: ޒީނިއުސް


އިންޑިއާ ނުހިމަނައި އިންޑިއާ ކަނޑުގެ ގައުމުތަކާ އެކު ޗައިނާގެ ބައްދަލުވުމެއް

27 ނޮވެންބަރު 2022 - 06:14 1

އިންޑިއާ ނުހިމަނައި، އިންޑިއާ ކަނޑުގެ 19 ގައުމަކާ އެކު ޗައިނާއިން ބޮޑު ބައްދަލުވުމެއް ބާއްވައިފި އެވެ.

ޗައިނާ-އިންޑިއަން އޯޝަން ރީޖަން ފޯރަމް އޮން ޑިވެލޮޕްމަންޓް ކޯޕޮރޭޝަން ބައްދަލުވުން އޮތީ ނޮވެމްބަރު 21 ވަނަ ދުވަހު އެވެ.

އެއީ ޗައިނާގެ ފޮރިން މިނިސްޓްރީއާ ގުޅިގެން ޗައިނާ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް ކޯޕޮރޭޝަން އެޖެންސީ (ސިޑްކާ) އިން ބޭއްވި ބައްދަލުވުމެކެވެ.

ބައްދަލުވުން އޮތީ "ޝެއާޑް ޑިވެލޮޕްމަންޓް: ތިއަރީ އެންޑް ޕްރެކްޓިސް ފްރޮމް ދަ ޕާސްޕެކްޓިވް އޮފް ދަ ބްލޫ އިކޮނޮމީ" މައުލޫގެ ދަށުން ޔުނާން ޕްރޮވިންސްގެ ކުންމިންގްގަ އެވެ.

އިންޑިއާ ކަނޑުގެ 19 ގައުމެއްގެ މަންދޫބުން އެ ބައްދަލުވުމުގައި ބައިވެރިވި އެވެ. އެއީ އިންޑޮނީޝިއާ، ޕާކިސްތާން، މިޔަންމާ، ސްރީލަންކާ، ބަންގްލަދޭޝް، ދިވެހިރާއްޖެ، ނޭޕާލް، އަފްގާނިސްތާން، އިރާން، އޮމާން، ދެކުނު އެފްރިކާ، ކެންޔާ މޮޒަމްބީކް، ޓެންޒޭނިއާ، ސީޝެލްސް، މަޑަގަސްކާ، މޮރިޝަސް، ޖިބޫޓީ އަދި އޮސްޓްރޭލިއާ އެވެ.

އޭގެ އިތުރުން ބައިނަލްއަގްވާމީ ތިން ޖަމިއްޔާއެއްގެ މަންދޫބުން ވެސް ބައްދަލުވުމުގައި ބައިވެރިވި އެވެ.

މަސްދަރުތަކާ ހަވާލަދީ އިންޑިއާގެ ނޫސްތަކުން ބުނީ ޗައިނާއިން އިންޑިއާއަށް ދައުވަތު ނުދޭ ކަމަށެވެ.

މިދިޔަ އަހަރު ކޮވިޑް-19 ވެކްސިނާ ގުޅޭ ބައްދަލުވުމެއް ދެކުނު އޭޝިއާގެ ގައުމުތަކާ އެކު ބޭއްވި އިރު ވެސް ޗައިނާއިން އިންޑިއާއަށް ދައުވަތު ނުދެ އެވެ.

ސިޑްކާގެ ވެރިޔަކަށް ހުންނަވާ ލުއޯ ޒައޮހުއިއަކީ ޗައިނާގެ ކުރީގެ ވައިސް ފޮރިން މިނިސްޓަރު އަދި ކުރިން އިންޑިއާއަށް ކަނޑައަޅާފައި ހުންނެވި ސަފީރެވެ.

ސިޑްކާގެ އަމާޒަކީ ބޭރު ގައުމުތަކަށް އެހީވުމަށް އުސޫލާއި ރޭވުންތަކާއި ސިޔާސަތުތައް ފަރުމާ ކުރުމާއި ބޮޑެތި މައްސަލަަތަކުގައި ބޭރުގެ ފަރާތްތަކަށް އެހީވެ ލަފާ ދިނުމެވެ.

މިދިޔަ ޖެނުއަރީ މަހު ޗަައިނާގެ ފޮރިން މިނިސްޓަރު ވާންގް ޔީން ސްރީލަންކާއަށް ވަޑަައިގެން ވިދާޅުވީ އިންޑިއާ ކަނޑުގެ ގައުމުތަކުގެ ތަރައްގީއާ ގުޅޭ ފޯރަމެއް ހެދުން މުހިއްމު ކަމަށެވެ.

އެހެން ނަމަވެސް ޗައިނާގެ ފޮރިން މިނިސްޓްރީން ބުނީ ސިޑްކާގެ ބައްދަލުވުމަކީ ފޮރިން މިނިސްޓަރު ހުށަހެޅުއްވި ފޯރަމް ނޫން ކަމަށެވެ.

ސިޑްކާއިން ނެރުނު ބަޔާނެއްގައި ބުނީ ނޮވެމްބަރު 21 ވަނަ ދުވަހުގެ ބައްދަލުވުމުގައި ޗައިނާއިން ހުށަހެޅީ ކާރިސާތަކާ ދުރުވެ ގެއްލުން ކުޑަ ކުރުމަށް އެކުގައި މަސައްކަތް ކުރެވޭނެ ނިޒާމެއް ގާއިމް ކުރުމަށް ކަމަށެވެ.

މާލީ އަދި ޓެކްނިކަލް އެހީ އާއި ވަސީލަތްތައް ބޭނުންވާ ގައުމުތަކަށް އެހީ ފޯރުކޮށްދޭން ޗައިނާ ތައްޔާރު ކަމަށް އެ ބަޔާނުގައި ބުންޏެވެ.