Advertisement

ޗައިނާގެ ފަސް ކުންފުންޏެއްގެ ތަކެތި އެމެރިކާގައި ވިއްކުން މަނާކޮށްފި

27 ނޮވެންބަރު 2022 - 08:03 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

އެމެރިކާއިން ބުނީ އެ ފިޔަވަޅު އެޅީ ސެކިއުރިޓީ ސަބަބުތަކާ ހެދި ކަމަށް. -- ފޮޓޯ: ރޮއިޓާޒް


ޗައިނާގެ ފަސް ކުންފުންޏެއްގެ ތަކެތި އެމެރިކާގައި ވިއްކުން މަނާކޮށްފި

27 ނޮވެންބަރު 2022 - 08:03 0

ގައުމީ ސަލާމަތަށް ނުރައްކާވާ ކަމަށް ބުނެ ޗައިނާގެ ފަސް ކުންފުންޏަކުން އުފައްދާ މުއާސަލާތު ކުރުމާ ގުޅޭ ތަކެތި އެމެރިކާއަށް އިމްޕޯޓްކޮށް ވިއްކުން މަނާކޮށްފި އެވެ.

މަނާކުރީ ވާވޭ، ޒެޑްޓީއީ، ހިކްވިޝަން، ދަހުއާ އަދި ހައިތެރާގެ އުފެއްދުންތަކެވެ. މިއީ ސަލާމަތީ ސަބަބުތަކާ ހެދި ކަމަށް ބުނެ އެމެރިކާގެ ރެގިއުލޭޓަަރުން އެފަދަ ނިންމުމެއް ނިންމި ފުރަތަމަ ފަހަރެވެ.

ހިކްވިޝަންއިން ބުނީ އެ ކުންފުނީގެ އުފެއްދުންތަކުން އެމެރިކާގެ ގައުމީ ސަލާމަތަށް އެއްވެސް ނުރައްކަލެއް ނޯންނާނެ ކަމަށެވެ.

ވާވޭ އާއި އެހެން ކުންފުނިތަކުން މީގެ ކުރިން ބުނީ ކަސްޓަމަރުންގެ ޑޭޓާ ޗައިނާ ސަރުކާރަށް ފޯރުކޮށްދޭ ކަމަށް ކުރާ ތުހުމަތަކީ ދޮގު ތުހުމަތެއް ކަމަށެވެ.

އެމެރިކާގެ ފެޑެރަލް ކޮމިޔުނިކޭޝަންސް ކޮމިޝަން (އެފްސީސީ) އިން ބުނީ މެމްބަރުން އެގޮތަށް ނިންމީ ހުކުރު ދުވަހުގެ ބައްދަލުވުމުގައި އިއްތިފާގުން ކަމަށެވެ.

ޗައިނާގެ ޓެކްނޮލޮޖީ ކުންފުނިތަކުން ޖާސޫސް ކުރާ ކަމަށް ތުހުމަތުކޮށް މީގެ ކުރިން ވެސް އެމެރިކާގައި ފިޔަވަޅުތައް އަޅާފައިވެ އެވެ.