Advertisement

ބޯޓަކުން ކަނޑަށް ގެއްލުނު މީހަކު 15 ގަޑިއިރު ފަހުން ފެނިއްޖެ

27 ނޮވެންބަރު 2022 - 07:13 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

ޕަސެންޖަރު ގެއްލުނީ ކާނިވަލް ވޭލާ ބޯޓުން ކަނޑަށް ވެއްޓިގެން. -- ފޮޓޯ: ގެޓީ އިމޭޖާޒް


ބޯޓަކުން ކަނޑަށް ގެއްލުނު މީހަކު 15 ގަޑިއިރު ފަހުން ފެނިއްޖެ

27 ނޮވެންބަރު 2022 - 07:13 0

ގަލްފް އޮފް މެކްސިކޯގައި އޮތް ކްރޫޒް ބޯޓެއްގައި ހުރި ޕަސެންޖަރަކު ކަނޑަށް ގެއްލުނުތާ 15 ގަޑިއިރު ފަހުން ސަލާމަަތްކޮށްފި އެވެ.

އުމުރުން 28 އަހަަރުގެ ފިރިހެން މީހާ ގެއްލުނީ މިދިޔަ ބުދަ ދުވަހު ކާނިވަލް ވޭލާ ބޯޓުންނެވެ. އޭނާގެ ދައްތައާ އެކު ބޯޓުގެ ބާގައި އިނުމަށް ފަަހު ފާހާނާއަށް ދިޔަ ފަހުން ހަބަރެއް ނުވެ އެވެ.

އެމެރިކާގެ ކޯސްޓުގާޑުން ބުނީ އޭނާ ހޯދުމުގެ މަސައްކަތް ފެށީ އެނބުރި ނައުމުން ކަމަށެވެ. ބޯޓު އޮތް ސަރަހައްދުގެ ކަނޑު ބެލުމަށް ކޯސްޓުގާޑުގެ ޓީމުން ހަރަކާތްތެރިވި އެވެ.

އޭނާ ފެނުނީ އެމެރިކާގެ ލުއިޒިއާނާގެ އައްސޭރިފަށާ 20 މޭލު ދުރުން ބުރާސްފަތި ދުވަހުގެ ހަވީރު އެވެ. އޭނާގެ ހާލު ސްޓޭބަލް ކަމަށް ރިޕޯޓުތައް ބުނެ އެވެ.

އެމެރިކާ ކޯސްޓުގާޑުގެ ލެފްޓިނެންޓް ސެތު ގްރޮސް ވިދާޅުވީ އެ މީހާ ކަނޑުގައި 15 ވަރަކަށް ގަޑިއިރު އޮތް ކަމަށާއި ދިރިހުއްޓާ ސަލާމަތް ކުރެވުމަކީ އާދަޔާ ހިލާފު ކަމެއް ކަމަށެވެ.

އެ ފިރިހެން މީހާ ބޯޓުން ވެއްޓުނީ ކީއްވެ ކަމެއް ސާފެއް ނޫނެވެ. އެ ބޯޓު ދަތުރު ކުރަމުން ދިޔައީ މެކްސިކޯގެ ކޮޓިޔުމެލް ސަރަހައްދަށެވެ.

ދެހާސް އަށާރަ ވަނަ އަހަރު އުމުރުން 46 އަހަރުގެ އިނގިރޭސި އަންހެނަކު ކްރޫޒް ބޯޓުން އެޑްރިއެޓިކް ކަނޑަކަށް ވެއްޓުމުން 10 ގަޑިއިރު ފަހުން ސަލާމަތް ކުރި އެވެ.