Advertisement

ބަޑީގެ ހަމަލާއަށް ފަހު އިމްރާން ހާންގެ ފުރަތަމަ އެއްވުން

27 ނޮވެންބަރު 2022 - 05:26 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

އެއްވުމުގައި އެތައް ހާސް ސަޕޯޓަރުންނާ އިމްރާން ހާން މުހާތަބު ކުރެއްވި. -- ފޮޓޯ: ރޮއިޓާޒް


ބަޑީގެ ހަމަލާއަށް ފަހު އިމްރާން ހާންގެ ފުރަތަމަ އެއްވުން

27 ނޮވެންބަރު 2022 - 05:26 0

ޕާކިސްތާނުގެ ކުރީގެ ބޮޑު ވަޒީރު އިމްރާން ހާނަށް އަމާޒުކޮށް ބަޑީގެ ހަމަލާއެއް ދިންތާ ތިން ހަފުތާ ފަހުން ސަޕޯޓަރުންނާ އެކު އެއްވުމެއްގައި ބައިވެރިވެވަޑައިގެންފި އެވެ.

ހޮނިހިރު ދުވަހުގެ އެއްވުން އޮތީ ރާވަލްޕިންޑީ ސިޓީގަ އެވެ. އެތައް ހާސް ސަޕޯޓަރުންނާ މުހާތަބު ކުރައްވައި އިމްރާން ހާން ގޮވާލެއްވީ މަރުވެދާނެތީ ބިރު ނުގަނެ ދިރިއުޅުމަށެވެ.

މި މަހުގެ ކުރީކޮޅު ކުރީގެ ދިން ހަމަލާގައި ވަޒަން އެރީ އިމްރާން ހާންގެ ފަޔަށެވެ. އެ ހަމަލާ ދިނީ ޕަންޖާބް ޕްރޮވިންސްގައި ސަޕޯޓަރުންނާ އެކު ބޮޑު ހިނގާލުމެއް ކުރިއަށް ގެންދަވަނިކޮށެވެ.

އެ ހަމަލާގައި އެކަކު މަރުވެ 10 މީހުންނަށް އަނިޔާވި އެވެ. އިމްރާން ހާން ތުހުމަތު ކުރެއްވީ މިހާރުގެ ބޮޑު ވަޒީރު، އިންޓީރިއާ މިނިސްޓަރު އަދި ސިފައިން އިސް ޖެނެރަލެއް އެކަމުގެ ފަހަތުގައި ތިއްބެވި ކަމަށެވެ.

އެހެން ނަމަވެސް، އެ ހުރިހާ ފަރާތްތަކުން ތުހުމަތު ދޮގުކުރައްވަ އެވެ. އިދާރާތަކުން އާއްމުކުރި ވީޑިއޯއެއްގައި ފެނިގެން ދަނީ ހަމަލާގެ ތުހުމަތުގައި ހައްޔަރު ކުރި މީހާގެ އިއުތިރާފެވެ.

ހޮނިހިރު ދުވަހުގެ އެއްވުމުގައި އިމްރާން ހާން ވިދާޅުވީ އެމަނިކުފާނު އަވަހާރަކޮށްލުމަށް "ތިން މުޖުރިމުން" މިހާރު ވެސް މަޑުކޮށްގެން އެބަ ތިބި ކަމަށެވެ.

"ބިރުގެ ސަބަބުން މުޅި ގައުމު އަޅުވެތިވާނެ" ކަމަށް ވިދާޅުވެ، އިންޒާރާއި އަނިޔާގެ ބިރަށް ފަހަތަަށް ނުޖެހުމަށް އެމަނިކުފާނުގެ ސަޕޯޓަރުންނަށް ގޮވާލެއްވި އެވެ.

އިމްރާ ހާންގެ އިތުބާރު ނެތް ކަމަށް ޕާލަމެންޓުން ފާސްކޮށް އެމަނިކުފާނު މަގާމުން ދުރުކުރީ މިދިޔަ އެޕްރީލް މަހުގެ ތެރޭގަ އެވެ. އެމަނިކުފާނު ވެރިކަމަށް ވަޑައިގެންނެވީ 2018 ގަ އެވެ.

އިމްރާން ހާނަކީ ޕާކިސްތާނުގެ ތާރީހުގައި ގާނޫނު ހަދާ މަޖިލީހުގައި ނެގި އިތުބާރު ނެތްކަމުގެ ވޯޓަކުން، މަގާމުން ދުރުކުރި ފުރަތަމަ ބޮޑު ވަޒީރެވެ.

އިމްރާން ހާންގެ އިތުބާރު ނެތް ކަމަށް ހުށަހެޅީ ސަރުކާރުގެ ހާރިޖީ ސިޔާސަތު ހަމަނުޖެހޭ ކަމަށާއި އިގްތިސާދު ވެސް މެނޭޖު ނުކުރެވޭ ކަމަށް ތުހުމަތުކޮށްފަ އެވެ.