Advertisement

އަގުބޮޑު އިނާމުތަކާއެކު އައިކެއާއިން ޕްރޮމޯޝަނެއް ފަށައިފި

26 ނޮވެންބަރު 2022 - 15:30 0

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

އައިކެއާގެ ފިހާރައެއްގައި ކަސްޓަމަރުންތަކެއް ހަރަކާތްތެރިވަނީ. -- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު


އަގުބޮޑު އިނާމުތަކާއެކު އައިކެއާއިން ޕްރޮމޯޝަނެއް ފަށައިފި

26 ނޮވެންބަރު 2022 - 15:30 0

ނަންބަރު އައިނެއް ހެއްދުމުން ދެން ގަންނަ ޕްރޮޑަކްޓުން 50 ޕަސެންޓު ޑިސްކައުންޓު ލިބޭ، އަދި ދެ އައިނު ހައްދައިފި ނަމަ ބޭނުން އެއްޗެއް ހިލޭ ލިބޭ ޕްރޮމޯޝަނެއް އައިކެއާއިން މިއަދު ފަށައިފި އެވެ.

މި ޕްރޮމޯޝަން ކުރިއަށް ދާނީ އަންނަ ޖެނުއަރީ މަހުގެ 15 ވަނަ ދުވަހާ ހަމައަށެވެ.

ޕްރޮމޯޝަނުގެ މުއްދަތުގައި އެ ފިހާރައިން ވިޔަފާރި ކުރާ ފަރާތްތަކުގެ މެދުގައި ނަގާ ގުރުއަތުން ހޮވޭ ނަސީބުވެރި ތިން ފަރާތަކަށް އަގުހުރި އިނާމުތައް ލިބޭނެ އެވެ.

އެއްވަނައަށް ހޮވޭ ނަސީބުވެރިއަކަށް އައިފޯން 14 ޕްރޯ މެކްސްއެއް، ދެވަނައަށް އެންމެ ފަހުގެ އެޕަލް އައިޕެޑެއް އަދި ތިންވަނަ އިނާމަކަށް ފިޔަވަޅު ރިސޯޓު މޯލްޑިވްސްގައި ދެ ރޭ ހޭދަކޮށްލުމުގެ ފުރުސަތު ލިބޭނެ އެވެ.

މި ޕްރޮމޯޝަނުގައި ބައިވެރިވާ ފަރާތްތަކުގެ މެދުގައި ގުރުއަތު ނެގުން އޮންނާނީ ޖެނުއަރީ، މަހުގެ 21، ވަނަ ދުވަހު އެވެ.