Advertisement

ދަބަހުގައި ބޮމެއް އޮތް ކަމަށް ބުނި މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި

26 ނޮވެންބަރު 2022 - 01:22 1

ބޮމެއް އޮތް ކަމަށް ބުނި މީހާ ބިޑި އަޅުވައިގެން ފުލުހުންގެ ކާރަކަށް އަރުވަނީ؛ އޭނާ ބޮމުގެ އިންޒާރު ދިން ކަމަށް ބުނީ އެތަނުގައި ތިބި އާންމުން -- ފޮޓޯ: ކިޔުންތެރިޔެއް


ދަބަހުގައި ބޮމެއް އޮތް ކަމަށް ބުނި މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި

26 ނޮވެންބަރު 2022 - 01:22 1

މޫދު ކުޅިވަރު ކުޅޭ ސާމާނު ކުއްޔަށް ދޫކުރާ "ހުޅުމާލެ ބީޗް ކްލަބް" އަށް ވަދެ ދަބަހުގައި ބޮމެއް އޮތް ކަމަށް ބުނި މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.

ފުލުހުން ބުނީ އުމުރުން 38 އަހަރުގެ އެ މީހާގެ ދަބަހުގައި ބޮމެއް އޮތް ކަމަށް ބުނެ އިންޒާރު ދިން ކަމަށް ފުލުހުންނަށް ރިޕޯޓު ކުރީ އެވަގުތު އެތަނުގައި ތިބި އާންމުންގެ ބަޔަކު ކަމަށެވެ.

ބޮމުގެ ރިޕޯޓަށްފަހު ފުލުހުންގެ ފޮރެންސިކް އެ ސަރަހައްދުގައި ހަރަކާތްތެރި މަންޒަރާއި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ މީހާ ބިޑި އަޅުވައިގެން ވެހިކަލަކަށް އެރުވި މަންޒަރު ވަނީ ފެނިފަ އެވެ.

އެކަމާ ގުޅިގެން ބީޗް ކްލަބް ސަރަހައްދުގައި ހަރަކާތްތެރިވެފައިވާ ކަމަށް ފުލުހުން ބުނެ އެވެ. އަދި އެ މައްސަލައާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ބޮމުގެ އިންޒާރެއް ދީގެން ފުލުހުން މިރޭ ހަރަކާތްތެރިވި އިރު، މިހާތަނަށް ރާއްޖޭގައި ދޭން އުޅުނު އެންމެ ވަރުގަދަ ބޮމުގެ ހަމަލާ މިމަހުގެ ތެރޭގައި ހުއްޓުވާފައިވާނެ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

އެ މައްސަލައިގައި މިހާތަނަށް 14 މީހަކު ހައްޔަރުކޮށްފައިވާއިރު އެމީހުންނާ ގުޅުން ހުރި ތަންތަން ބަލައި ފާސް ކުރުމުގައި ވަރަށް ބާރުގަދަ ގޮވާ މައުދަނެއް ފެނިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. ހައްޔަރު ކުރި އެންމެންނަކީ ވެސް އައްޑޫގައި ދިރިއުޅޭ މީހުންނެވެ.