Advertisement

ރޭޕްގެ ކުށުގައި ކްރިސް ވޫ 13 އަހަރަށް ޖަލަށް

26 ނޮވެންބަރު 2022 - 07:41 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

ކްރިސް ވޫއަކީ ޗައިނާ އާއި ކެނެޑާއަށް ނިސްބަތްވާ މިޔުޒިޝަނެއް. -- ފޮޓޯ: އޭއެފްޕީ


ރޭޕްގެ ކުށުގައި ކްރިސް ވޫ 13 އަހަރަށް ޖަލަށް

26 ނޮވެންބަރު 2022 - 07:41 0

ބެއިޖިން، ޗައިނާ (ނޮވެމްބަރު 25) - ޗައިނާ އާއި ކެނެޑާއަށް ނިސްބަތްވާ ކުރީގެ ޕޮޕް ތަރި ކްރިސް ވޫގެ މައްޗަށް ރޭޕްގެ ކުށް ސާބިތުވެ 13 އަހަރުގެ ޖަލު ހުކުމެއް އިއްވައިފި އެވެ.

ވޫ އެންމެ ފުރަތަމަ މަގްބޫލްވީ ކޭޕޮޕް ބޭންޑު އެކްސޯގެ މެމްބަރެއްގެ ގޮތުގަ އެވެ. ދެހާސް ސާދަ ވަނަ އަހަރު އޭނާ އެ ބޭންޑާ ވަކިވެ، ކާމިޔާބުކަމާ އެކު ސޯލޯ ކެރިއަރެއް ބިނާކުރި އެވެ.

އެގޮތުން ލަވަކިޔައި، އެކްޓުކޮށް، މޮޑެލް ކުރުމުގެ އިތުރުން ވެރައިޓީ ޝޯތަކުގެ ފަނޑިޔާރެއްގެ ގޮތުގައި ފެނިގެން ދިޔަ އެވެ. އޭނާގެ މައްޗަށް ރޭޕްގެ ތުހުމަތު ކުރީ މިދިޔަ އަހަރު އެވެ.

އުމުރުން 19 އަހަަރުގެ ޑޫ މެއިޒޫ ތުހުމަތު ކުރި ގޮތުގައި އޭނާގެ އުމުރުން 17 އަހަރުގައި ކްރިސް ވޫއާ އެކު ޑޭޓަކަށް ދިޔުމުން، ރޭޕްކުރި އެވެ. އެއާ އެކު ކްރިސް ވޫއަށް ފާޑުކިޔުން އަމާޒުވި އެވެ.

ބެއިޖިންގެ ޗާއޯޔާންގް ޑިސްޓްރިކްޓު ކޯޓުން ހުކުރު ދުވަހު ވުނީ ރޭޕްގެ ކުށުގައި 11 އަހަރާއި ހަ މަސް އަދި ޒިނޭ ކުރުމަށް މީހުން ހޯދުމުގެ ކުށުގައި އިތުރު އެއް އަހަރާއި 10 މަހަށް ޖަލަށް ހުކުމް ކުރާ ކަމަށޭވެ.

ކޯޓުން ބުނީ 13 އަހަރުގެ ޖަލު ހުކުމް ތަންފީޒު ކުރުމަށް ފަހު ކްރިސް ވޫ ގައުމުން ޑީޕޯޓް ކުރާނެ ކަމަށެވެ.