Advertisement

ޑްރައިވަރަކާ ނުލައި ދުއްވާ ބަސްތަކެއް ދެކުނު ކޮރެއާގައި ޓެސްޓު ކުރަނީ

26 ނޮވެންބަރު 2022 - 07:21 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

އަލަށް ތައާރަފު ކުރި ބަހަކީ އާއްމުކޮށް ބަސްތައް ހުންނަ ގޮތާ ކުޑަކޮށް ތަފާތު އުޅަނދެއް. -- ފޮޓޯ: އޭއެފްޕީ


ޑްރައިވަރަކާ ނުލައި ދުއްވާ ބަސްތަކެއް ދެކުނު ކޮރެއާގައި ޓެސްޓު ކުރަނީ

26 ނޮވެންބަރު 2022 - 07:21 0

ސޯލް، ދެކުނު ކޮރެއާ (ނޮވެމްބަރު 25) - ޑްރައިވަރަކާ ނުލައި ދުއްވާ ބަސްތަކެއް ފުރަތަމަ ފަހަރަށް ދެކުނު ކޮރެއާގެ ވެރިރަށް ސޯލްގައި ޓެސްޓު ކުރަން ފަށައިފި އެވެ.

އިންޖިނިއަރުން ބުނީ އެ ޓެސްޓުގެ މަގުސަދަކީ ޑްރައިވަރަކު ނެތި ދުއްވާ އުޅަނދުތަކާ މެދު އާއްމުންގެ އިތުބާރު ހޯދައި އަހުލުވެރި ކުރުވުން ކަމަށެވެ.

އަލަށް ތައާރަފު ކުރި ބަހަކީ އާއްމުކޮށް ބަސްތައް ހުންނަ ގޮތާ ކުޑަކޮށް ތަފާތު އުޅަނދެކެވެ. އޭގެ ޑިޒައިން ތަފާތު ކުރީ އަގުހެޔޮކޮށް އުފެއްދޭނެ ގޮތް މަގުފަހި ކުރުމަށެވެ.

އެ ޓެކްނޮލޮޖީ އުފެއްދި ޖޮންގް ސޮންގް ގްޔުން ބުނީ "މުސްތަގުބަލަކީ މިއީ" ކަމަށާއި "އެ ބަހަށް މުޅިން އާ ޑިޒައިނެއް ކޮންމެހެން ވެސް ބޭނުންވި" ކަމަށެވެ.

އޭނާ އުފެއްދި "ސެލްފް ޑްރައިވިން" ނުވަތަ އުޅަނދުތައް އަމިއްލައަށް ދުވާ ޓެކްނޮލޮޖީ 42ޑޮޓްއަކީ މިހާރު ކާރު އުފައްދާ ހަޔުންޑާއީ ކުންފުނީގެ ބަޔެކެވެ.

ގްޔުން ބުނީ އެ ބަސް "ލެގޯއާ ވައްތަރު" ކަމަށާއި އެގޮތަށް ބަސް އުފެއްދީ އަގު ތިރިކޮށް، ފަސޭހަކޮށް އެ އުޅަނދު އުފެއްދޭނެ ގޮތް ހެދުމަށް ކަމަށެވެ.

އެ ޓެކްނޮލޮޖީގެ ދަށުން ޑްރައިވަރަކާ ނުލައި ދަތުރު ކުރާ އިރު އަގުބޮޑު ސެންސަރުތަކުގެ ބަދަލުގައި މަގުގައި ކުރިއަށް ދާނެ ގޮތް ދެނެގަންނަނީ ކެމެރާ އާއި ލޭޒަރުގެ އެހީގަ އެވެ.

ކުންފުނީގެ އަމާޒަަކަށްވީ އެ ޓެކްނޮލޮޖީ ވީހާވެސް އަގުހެޔޮކޮށް، ރައްކާތެރިކަމާ އެކު ބޭނުން ކުރެވޭނެ ގޮތް ފަރުމާ ކުރުމަށެވެ. އޭގެ އިތުރުން އެހެން ބާވަތްތަކުގެ އުޅަނދަށް ވެސް މުސްތަގުބަލުގައި އެ ޓެކްނޮލޮޖީ ބޭނުންކުރެވޭނެ ގޮތް ހެދުމަށް ވިސްނި އެވެ.

ސޯލްގައި އެ ބަހުގެ ޓެސްޓު ދަތުރުތައް ފެށި އިރު، ރައްކާތެރިކަން ކަށަވަރު ކުރުމަށް ޑްރައިވަރަކު ދަތުރުތައް މޮނީޓާ ކުރަމުން ދާނެ އެވެ.

އެންމެ ފުރަތަމަ ތައާރަފު ކުރި ރޫޓުގައި ބަސް ދާނީ 3.4 ކިލޯމީޓަރުގެ ސަރަހައްދަކަށެވެ. އެއީ 20 މިނެޓު ހޭދަވާ ރޫޓެކެވެ.

އެ ބަހަށް ހާއްސަ އެޕް މެދުވެރިކޮށް ހިލޭ ސީޓް ބުކްކޮށްގެން އާއްމުންނަށް ދެ ބަސް ސްޓޮޕަކުން އެ ބަހުގައި ދަތުރުކުރެވޭނެ އެވެ.