Advertisement

އިންޑިއާގެ ލަކުޑި ބޯޓު ދުއްވާ އެސޯސިއޭޝަނުން ރާއްޖޭގެ އެކި ހިސާބުތަކަށް ގޮސް މައުލޫމާތު ދެނީ

25 ނޮވެންބަރު 2022 - 09:26 1

ލަކުޑި ބޯޓު އެސޯސިއޭޝަނުގެ ވެރިޔަކު ކުޅުދުއްފުށީގައި ވާހަކަ ދައްކަވަނީ: އެއީ 100 އަށް ވުރެ ގިނަ އަހަރުވެފައިވާ މުސްކުޅި ޖަމިއްޔާއެއް -- ފޮޓޯ: އެމްޕީއެލް


އިންޑިއާގެ ލަކުޑި ބޯޓު ދުއްވާ އެސޯސިއޭޝަނުން ރާއްޖޭގެ އެކި ހިސާބުތަކަށް ގޮސް މައުލޫމާތު ދެނީ

25 ނޮވެންބަރު 2022 - 09:26 1

ޓުޓިކޮރިންގެ ލަކުޑި ބޯޓު ދުއްވާ މީހުންގެ އެސޯސިއޭޝަނުން ދިވެހިރާއްޖޭގެ ބައެއް ހިސާބުތަކަށް ދަތުރުކޮށް، ދިވެހި ވިޔަފާރިވެރިންނަށް މައުލޫމާތު ދީ، ވިޔަފާރި ގުޅުން ބަދަހި ކުރެވޭނެ ގޮތްތަކާމެދު މަޝްވަރާ ކުރަމުން އެބަ ދެ އެވެ.

"ކޯސްޓަލް މެކެނައިޒްޑް ސެއިލް ވެސެލް އޯނާސް އެސޯސިއޭޝަން އޮފް ޓުޓިކޮރިން" ގެ ވެރިން މާލެ ވަޑައިގެން މިދިޔަ ހޯމަ ދުވަހު އެންމެ ފުރަތަމަ ބައްދަލު ކުރީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑުގެ ވެރިންނާ އެވެ.

އޭގެ ފަހުން ހޯމަ ދުވަހު ހދ. ކުޅުދުއްފުއްޓަށް ދިޔުމަށްފަހު އަންގާރަ ދުވަހު އައްޑޫ ސިޓީއަށް ދަތުރުކޮށް އެ ސިޓީ އަދި ފުވައްމުލަކު ސިޓީ ކައުންސިލުގެ މެމްބަރުންނާ ވަނީ ބައްދަލު ކުރައްވައިފަ އެވެ.

ކުޅުދުއްފުށީ ބޯޓަށް އެސޯސިއޭޝަންގެ ވެރިން ދިޔުމުން މަރުހަބާ ކިޔަނީ: އެ އެސޯސިއޭޝަނުގެ ނުވަ ވަރަކަށް ބޯޓު ރާއްޖެއަށް މުދާ އުފުލާ -- ފޮޓޯ: އެމްޕީއެލް


ލަކުޑި ބޯޓު އެސޯސިއޭޝަނުގެ ވެރިންނާއެކު އެމްޕީއެލްގެ ޗީފް އޮޕަރޭޓިން އޮފިސަރު ޝާހިދު އަލީ ވެސް ރަށްރަށަށް ވަޑައިގެންނެވި އެވެ.

"އިންޑިއާ އާއި ދިވެހިރާއްޖެއާ ދެމެދު ވިޔަފާރީގެ ގުޅުން ބަދަހި ކުރުމަށް އެމްޕީއެލުން މި ދަނީ އެ ޖަމިއްޔާއާއެކު ގާތުން މަސައްކަތް ކުރަމުން،" އެމްޕީއެލުން ސޯޝަލް މީޑިއާ ޕްލެޓްފޯމް ޓުވިޓާފައި ލިޔެފައި އޮތެވެ.

މެކެނައިޒްޑް ސެއިލް ވެސެލް އެސޯސިއޭޝަނުގައި ގާތްގަނޑަކަށް 20 ބޯޓު އުޅޭއިރު ގިނައިން އެ ބޯޓުތައް ދަތުރު ކުރަނީ ދިވެހިރާއްޖެ އާއި އިންޑިއާގެ ލަކްޝަޑީޕަށެވެ. އޭގެ ތެރެއިން ނުވަ ވަރަކަށް ބޯޓު ރާއްޖެއަށް މުދާ އުފުލަ އެވެ. އޭގެ ތެރޭގައި ހިމެނެނީ ހަލާކުވާ ޒާތުގެ މުދަލުގެ ގޮތުގައި ހިމެނޭ މޭވާ އާއި ތަރުކާރި އެވެ.

ލަކުޑި ބޯޓު އިންޑަސްޓްރީއަކީ އިންޑިއާގެ އެންމެ ދުވަސްވީ އެއް އިންޑަސްޓްރީ އެވެ. އަދި ރާއްޖެ އައިސްގެން އުޅޭ މެކެނައިޒްޑް ސެއިލް ވެސެލް އެސޯސިއޭޝަނަކީ 100 އަހަރުވެފައިވާ، ދުނިޔޭގެ ވެސް އެންމެ މުސްކުޅި އެއް ޖަމިއްޔާ އެވެ.