Advertisement

ހުލާސާކޮށް އިއްޔެ: ދައުވާނުކޮށް ބަންދުގައި ބެހެއްޓޭ މުއްދަތު އިތުރުކުރުން

25 ނޮވެންބަރު 2022 - 06:35 0

ސާއިފް ޝިޔާދު

ސާއިފް ޝިޔާދު


ހުލާސާކޮށް އިއްޔެ: ދައުވާނުކޮށް ބަންދުގައި ބެހެއްޓޭ މުއްދަތު އިތުރުކުރުން

25 ނޮވެންބަރު 2022 - 06:35 0

ޖިނާއީ ބޮޑެތި ކުށްތަކުގެ މައްސަލަތަކުގައި ތަހުގީގުގެ ބޭނުމަށް ތުހުމަތު ކުރެވޭ މީހުން ބަންދުގައި ބެހެއްޓޭނެ މުއްދަތު ތިން މަސް ދުވަހަށް އިތުރުކޮށް ގާނޫނަށް ގެނައި އިސްލާހު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ތަސްދީގު ކުރެއްވީ އިއްޔެ އެވެ.

މީގެ ކުރިން ޖިނާއީ އިޖުރާއަތުގެ ގާނޫނު އޮންނަ ގޮތުން، ތަހުގީގު ނިމެންދެން ބަންދުގައި މީހަކު ބަހައްޓާ ނަމަ، ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރުކުރެވޭ ދުވަހުން ފެށިގެން 30 ދުވަހުގެ ތެރޭގައި ތަހުގީގު ނިންމައި ޕީޖީ އޮފީހަށް ފޮނުވަން ޖެހެ އެވެ.

ޖިނާއީ ބޮޑު ކުށެއް ނަމަ އެ މުއްދަތު އިތުރު ކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ހުށަހެޅެ އެވެ. ގާނޫނުގައި މި ކަަން ބަޔާންކޮށްފައިވާ މާއްދާގެ ދަށުން ފަނޑިޔާރަށް އިތުރުކޮށްދެވެނީ ގިނަވަގެން 45 ދުވަސް ވަންދެކަށެވެ.

ސަރުކާރުގެ ގެޒެޓްގައި އިއްޔެ ޝާއިއުކޮށްފައިވާ އިސްލާހުގައި ވަނީ ތަހުގީގު ނިމެންދެން ބަންދުގައި ބަހައްޓާ މީހުންގެ ތަހުގީގު ނިންމަން ޖެހޭ މުއްދަތު 45 ދުވަހަށް އިތުރުކޮށްފަ އެވެ.

އޭގެ އިތުރަށް ތަހުގީގުގެ މުއްދަތު އިތުރުކުރުމުގެ މާއްދާ ވެސް އިސްލާހުކޮށްފައިވެ އެވެ. އިސްލާހުގައި ވަނީ ގިނަވަގެން 60 ދުވަހަށް އެ މުއްދަތު އިތުރުކޮށްދެވޭނެ ކަމަށެވެ. އެއީ ވެސް އިތުރުކޮށްދޭ ކޮންމެ ފަހަރަކު 15 ދުވަހަށް ވުރެ ދިގު ނުވާނެ ގޮތަށެވެ.

މި އިސްލާހުގެ ސަބަބުން ޖިނާއީ ބޮޑެތި މައްސަލަތަކުގައި، މީގެ ފަހުން ދައުވާނުކޮށް ތަހުގީގުގެ ބޭނުމަށް ތުހުމަތު ކުރެވޭ ފަރާތް ގާތްގަނޑަކަށް ތިން މަސް ދުވަހު ބަންދުގައި ބެހެއްޓޭނެ އެވެ.

ޖިނާއީ ބޮޑެތި މައްސަލަތަކުގެ ތެރޭގައި ހިމެނެނީ ޓެރަރިޒަމްގެ މައްސަލަތަކާއި މީހުން މެރުމާއި ނުރައްކާތެރި މާރާމާރީ އާއި ރޭޕްކުރުމާއި ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމާއި މަނީ ލޯންޑަރިންނާއި މީހުން ޓްރެފިކް ކުރުމާއި މަސްތުވާތަކެތި ޓްރެފިކް ކުރުމެވެ.

ބައެއް މުހިންމު ހަބަރުތައް

  • މަރުގެ މައްސަލަތަކުގައި، ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ހުންނަ ޖިނާއީ ތަހުގީގު ހިންގުމުގެ މުއްދަތު ނުހިނގާ ގޮތަށް ގާނޫނު އިސްލާހުކޮށް ގެޒެޓުކުރީ އިއްޔެ އެވެ.
  • ނޭޝަނަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) ގެ ހިދުމަތްތައް މީގެ ފަހުން އާސަންދަ މެދުވެރިކޮށް، "ވިރަ" ގެ ނަމުގައި އެއް ފުރާޅެއްގެ ދަށުން ލިބޭނެ ގޮތް ހަމަޖެއްސީ އިއްޔެ އެވެ.
  • ލ. މުންޑޫ، ނޫވިލު، އަލީ ޒިޔަދަމް މަރާލިތާ ހަތް އަހަރު ފަހުން އެ މައްސަލާގައި ކްރިމިނަލް ކޯޓުގައި ހިނގަމުން އަންނަ ޝަރީއަތުގެ އަޑުއެހުންތައް ނިންމައި، އަންނަ މަހު ހުކުމް ކުރުމަށް މައްސަލައާ މިހާރު ހަވާލުވެ ހުންނެވި ގާޒީ އިސްމާއީލް ޝަފީއު ނިންމެވީ އިއްޔެ އެވެ.

ދުވަހުގެ ކޯޓޭޝަން

ރާއްޖޭގައި ތުތި ބޯވަދިލަމަސްވެރިކަން ކުރިއެރުވުމާ ގުޅޭގޮތުން ފުވައްމުލަކު ފިޝާމެން ކޯޕަރޭޓިވް ސޮސައިޓީގެ ވައިސް ޗެއާޕާސަން އަހުމަދު އަބްދުﷲ ވިދާޅުވީ:

ރާއްޖޭގެ މަސްވެރިން މި އުޅެނީ ގޯތި މޯގޭޖްކޮށްފަ ލޯނު ނަގައިގެން މަސްވެރިކަން ފަށައިގެން. އެ ނުދެއްކިއްޖެޔާ ގެ ނަގަނީ ނޫނީ ހާޓް އެޓޭކެއް ޖެހިގެން މަރުވަނީ. އެފަދަ ހާލެއްގައި އުޅޭ ބަޔަކަށް ކިހިނެއްތޯ ތިހާ ބޮޑު އިންވެސްޓްމެންޓެއް ކުރާނީ. ތިޔަ ދައްކަނީ މަދުވެގެން، ޔަގީނުން ވެސް މަދުވެގެން އެއް މިލިއަން ޑޮލަރުގެ ވާހަކަ،

ދުވަހުގެ ފޮޓޯ

މާލޭ ޓޭބަލް ޓެނިސް ހޯލު ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން. ޖާގައިގެ ގޮތުން ތަނަވަސް ޓީޓީ ހޯލްގައި ބާރަ ޓީޓީމޭޒު ހިމެނޭ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު. ރާއްޖޭގެ ޓީޓީ ޓީމުތަކުން ވަނީ ސަރަހައްދީ ފެންވަރުގައި މެޑަލް ހޯދާފައި. --- ފޮޓޯ؛ މުހައްމަދު ޝާބިން/އަދަދު