Advertisement

ހުޅުމާލޭގެ އަމިއްލަ މީހުންގެ އިމާރާތްތަކުގެ ފުރަތަމަ ފަންގިފިލާގައި ވިޔަފާރި ކުރުމަށް ހުއްދަ ދެނީ

24 ނޮވެންބަރު 2022 - 18:57 0

ހުޅުމާލެ މަތިން ނަގާފައިވާ ފޮޓޯއެއް--- ފޮޓޯ: އާއިމް ޒަމީރު/ އަދަދު


ހުޅުމާލޭގެ އަމިއްލަ މީހުންގެ އިމާރާތްތަކުގެ ފުރަތަމަ ފަންގިފިލާގައި ވިޔަފާރި ކުރުމަށް ހުއްދަ ދެނީ

24 ނޮވެންބަރު 2022 - 18:57 0

ހުޅުމާލޭގައި އަމިއްލަ ފަރާތްތަކުގެ އިމާރާތްތަކުގެ ފުރަތަމަ ފަންގިފިލާގައި ވިޔަފާރިކުރުމުގެ ހުއްދަ ދިނުމަށް ހައުސިން ޑިވޮލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ނިންމައިފި އެވެ.

އެޗްޑީސީން ބުނީ އިކޮނޮމިކް މިނިސްޓްރީގެ އެދުމުގެ މަތިން މި ހުއްދަ ދޭން ނިންމާފައިވަނީ ކުދި އަދި މެދުފަންތީގެ ވިޔަފާރިވެރިން ކުރިއެރުވުމުގެ ގޮތުން އަދި ވިޔަފާރިތަކަށް އިތުރު ފުރުސަތުތަކެއް ފަހިކޮށްދިނުމުގެ ގޮތުން ކަމަށެވެ.

އެއާއެކު އަމިއްލަ ފަރާތްތަކުން ހުޅުމާލޭގައި އިމާރާތްކޮށްފައިވާ އިމާރާތްތަކުގެ ފުރަތަމަ ފަންގިފިލާގައި ފިހާރަތަކާއި ރެސްޓޯރެންޓުގެ އިތުރުން އެހެނިހެން ވިޔަފާރިތައް ކުރުމުގެ ފުރުސަތު ފަހިވެގެން ދާނެ އެވެ.

ވިޔަފާރި ކުރުމުގެ ހުއްދަ ދިން ނަމަވެސް، ގްރައުންޑު ފްލޯއާއި ފުރަތަމަ ފްލޯގައި އިންޑަސްޓްރިއަލް އެއްވެސް ބޭނުމެއް ކުރުމަކީ މަނާ ކަމެއް ކަމަށް އެޗްޑީސީން ބުނެ އެވެ.