Advertisement

ސައްހަނޫން ޑޮލަރުގެ ވިޔަފާރި ކުރަމުން ދިޔަ ދެ ދިވެހިން ހައްޔަރުކޮށްފި

24 ނޮވެންބަރު 2022 - 17:53 0

މަނީ އެކްސްޗޭންޖިން މުއާމަލާތެއްގެ ތެރެއިން؛ ފުލުހުން ވަނީ ސައްހަ ނޫން ޑޮލަރުގެ ވިޔަފާރިކުރަމުން ދިޔަ ދެ މީހަކު ހައްޔަރުކޮށްފައި---


ސައްހަނޫން ޑޮލަރުގެ ވިޔަފާރި ކުރަމުން ދިޔަ ދެ ދިވެހިން ހައްޔަރުކޮށްފި

24 ނޮވެންބަރު 2022 - 17:53 0

ސައްހަ ނޫން ޑޮލަރުން ފުޅާ ދާއިރާއެއްގައި ވިޔަފާރި ކުރަމުން ދިޔަ ދެ ދިވެހިން ފުލުހުން އަތުލައިގެންފި އެވެ.

ފުލުހުން މިއަދު ބުނީ ހުޅުމާލޭގައި ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއްގައި ރޭގެ ވަގުތެއްގައި ހައްޔަރުކޮށްފައިވަނީ 23 އަހަރުގެ ދިވެހި ފިރިހެނަކާއި 24 އަހަރުގެ ދިވެހި އަންހެނެއް ކަމަށެވެ.

މި މައްސަލައާ ގުޅިގެން އެ ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ހުޅުމާލެ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން، ހޯމް މިނިސްޓްރީން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެެހެއްޓުމަށް ފަސް ދުވަހުގެ މުއްދަތު ދެ މީހުންނަށް ވެސް ދީފައިވާ ކަމަށް ފުލުހުން ބުނެފައިވެ އެވެ.

ފުލުހުންގެ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓުން އަންނަނީ މި މައްސަލަ އިތުރަށް ތަހުގީގުކުރަމުންނެވެ.