Advertisement

ކްރިޓިކަލް ކެއާ ހިދުމަތްތަކަށް ހާއްސަ މަހާސިންތާއެއް މެޑްޓެކުން ބާއްވައިފި

24 ނޮވެންބަރު 2022 - 17:55 0

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން


ކްރިޓިކަލް ކެއާ ހިދުމަތްތަކަށް ހާއްސަ މަހާސިންތާއެއް މެޑްޓެކުން ބާއްވައިފި

24 ނޮވެންބަރު 2022 - 17:55 0

ރާއްޖޭގެ ހޮސްޕިޓަލްތަކުން ދޭ ކްރިޓިކަލް ކެއާ ހިދުމަތްތަކަށް އަމާޒުކޮށްގެން މެޑްޓެކް މޯލްޑިވްސް ޕުރައިވެޓު ލިމިޓެޑުގެ ފަރާތުން މަހާސިންތާއެއް ބާއްވައިފި އެވެ.

މީރުމާ އިވެންޓު ހޯލުގައި މިދިޔަ އަންގާރަ ދުވަހު ފެށި މި މަހާސިންތާގައި އައިޖީއެމްއެޗް، ޓްރީޓޮޕް، ސެނަހިޔާ އަދި ހުޅުމާލެ ހޮސްޕިޓަލުގެ އިތުރުން، އަތޮޅުތަކުން ބައިވެރިވި 100 އަށްވުރެ ގިނަ ޑޮކްޓަރުންނާއި ނަރުހުންނަށް ތަމްރީނު ދެއްވީ ސްވިޒަލޭންޑުގެ ހެމިލްޓަން މެޑިކަލް އަދި އެމެރިކާގެ ޒޯލް މެޑިކަލްގެ ތަޖުރިބާކާރު ސައިންޓިފިކް ޓުރެއިނަރުންނެވެ.

އައިޖީއެމްއެޗުގެ ސީއީއޯ، އިބްރާހިމް ސަލީމް ޝަރަފުވެރި ކޮށްދެއްވި މި މަހާސިންތާ ބޭއްވުމުގެ މައިގަނޑު މަގުސަދަކީ ހޮސްޕިޓަލްތަކުގައި ފުރާނައަށް ނުރައްކާވާ ހާލަތުގައި ތިބޭ ބަލި މީހުންނަށް ދޭ ފަރުވާ ނުވަތަ ކްރިޓިކަލް ކެއާ ހިދުމަތް ތަކުގައި ބޭނުން ކުރާ މުހިންމު އާލާތްތަކުގައި ހުންނަ އެޑްވާންސް އޮޕްޝަންތައް އެންމެ ފުރިހަމައަށް ބޭނުންކުރުމަށް ސިއްހީ ހިދުމަތްތެރިން އަހުލުވެރިކުރުން ކަމަށް މެޑްޓެކުން ބުނެ އެވެ.

މެޑްޓެކުން ބުނީ މިހާރުވެސް ރާއްޖޭގައި ބޭނުންކުރާ އާލާތްތަކަކީ އެންމެ ޒަމާނީ، ފެންވަރުގެ އާލާތްތައް ކަމަށެވެ. އެހެންނަމަވެސް ރާއްޖޭގެ ސިއްހީ ދާއިރާގެ މުހިންމު ބައިވެރިއެއްގެ ހައިސިއްޔަތުން އެ ކުންފުނިން އިސްނަގައިގެން މި މަހާސިންތާ ބޭއްވީ އެފަދަ އާލާތްތައް ބޭނުން ކުރުމުގައި އެތަކެތީގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފުމަށް ބޭނުންވާ އިންސާނީ ތަރައްގީ ފޯރުކޮށްދިނުމުގައި ރާއްޖޭގެ ސިއްހީ ދާއިރާއަށް މިރޮނގުން އެހީތެރިވުމަށް ކަމަށެވެ.

މެޑްޓެކްއަކީ އެންމެ ފަހުގެ މެޑިކަލް ޓެކްނޮލޮޖީ ހިމެނޭ ތަފާތު އުފެއްދުންތައް ރާއްޖެ އެތެރެކޮށް ވިއްކަމުންދާ ކުންފުންޏެކެވެ. އެގޮތުން ކްރިޓިކަލް ކެއާގެ ހިދުމަތްތަކަށް ހާއްސަ ޒަމާނީ ގިނަ އާލާތްތަކެއް ވެސް އެ ކުންފުނިން މިހާރުވެސް ވިއްކަމުން ދެއެވެ.