Advertisement

ޕާކިސްތާނުގެ ކުރީގެ ޖާސޫސީ ވެރިޔާ ސިފައިންގެ އެންމެ އިސްވެރިޔާގެ މަގާމަށް

25 ނޮވެންބަރު 2022 - 06:10 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

ޕާކިސްތާނުގެ އާ ސިފައިންގެ ވެރިޔާ އާސިމް މުނީރް. -- ފޮޓޯ: އޭޕީ


ޕާކިސްތާނުގެ ކުރީގެ ޖާސޫސީ ވެރިޔާ ސިފައިންގެ އެންމެ އިސްވެރިޔާގެ މަގާމަށް

25 ނޮވެންބަރު 2022 - 06:10 0

ޕާކިސްތާނުގެ ކުރީގެ ޖާސޫސީ ވެރިޔާ ސިފައިންގެ އެންމެ އިސްވެރިޔާގެ މަގާމަށް ގެނައުމަށް ނިންމައި ރައީސްގެ ރުހުން ހޯދަން ފޮނުވައިފި އެވެ.

ގާތްގަނޑަކަށް 220 މިލިއަން މީހުންގެ އާބާދީއެއް އޮންނަ ޕާކިސްތާނުގައި އެންމެ ނުފޫޒާއި ބާރު ލިބޭ މަގާމަކީ ސިފައިންގެ އެންމެ އިސްވެރިޔާގެ މަގާމެވެ.

ސަރުކާރުން ހުށަހެޅީ އެ މަގާމަށް ސައީދް އާސިމް މުނީރް ހަމަޖެއްސުމަށެވެ. މިހާރު އެ މަގާމުގައި ހުންނެވި ޗީފް އޮފް އާމީ ސްޓާފް ގަމަރް ޖާވިދް ބަޖްވާ މި މަހު ރިޓަޔާ ކުރައްވާނެ އެވެ.

"އަަޅުގަނޑުމެން ގޮތް ނިންމީ ގާނޫނުތަކާއި ގާނޫނާ އެއްގޮތްވާ ގޮތުގެ މަތިން،" ޑިފެންސް މިނިސްޓަރު ހަވާޖާ މުހައްމަދު އާސިފް ނޫސްވެރިންނަށް ވިދާޅުވި އެވެ.

ސަރުކާރުގެ ނިންމުމަށް ރައީސްގެ ރުހުން ހޯދަން ޖެހެ އެވެ. ރައީސް އާރިފް އަލްވީއަކީ ކުރީގެ ބޮޑު ވަޒީރު އަދި މިހާރުގެ އިދިކޮޅު ލީޑަރު އިމްރާން ހާންއާ ގާތް ބޭފުޅެއް ކަމަށް ތުހުމަތު ކުރެވެ އެވެ.

އެކަމާ ގުޅިގެން ޑިފެންސް މިނިސްޓަރު ހަވާޖާ ވިދާޅުވީ "ސިޔާސީ ނުފޫޒުގައި ޖެހިގެން ރައީސް އަމަލު ކުރައްވައިގެން ނުވާނެ" ކަމަށެވެ.

ދުނިޔޭގެ ހަ ވަނައަށް އެންމެ ބޮޑު ލަޝްކަރު އޮންނަނީ ޕާކިސްތާނުގަ އެވެ. އެ ގައުމަށް 1947 ވަނަ އަހަރު މިނިވަންކަން ލިބުނު ފަހުން ސިފައިން ވަނީ ތިން ފަހަރެއްގެ މަތިން ބަގާވާތްކޮށްފަ އެވެ. އެ ގައުމުގައި 30 އަހަރަށް ވުރެ ދިގު މުއްދަތަކަށް ވެރިކަން ކުރީ ސިފައިންގެ ވެރިންނެވެ.

އާއްމުންގެ ވޯޓާ އެކު ސަރުކާރެއް ގެނައި ނަމަވެސް، ސިފައިންގެ އެންމެ އިސްވެރިޔާއަކީ ސިޔާސީ ކަންކަމާއި ގައުމުގެ ހިންގުމުގައި ނުފޫޒު ގަދަ ބޭފުޅެކެވެ.