Advertisement

މެލޭޝިއާގެ އާ ބޮޑު ވަޒީރުގެ މަގާމަށް އަންވަރު އިބްރާހިމް

24 ނޮވެންބަރު 2022 - 23:51 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

މެލޭޝިއާގެ އާ ބޮޑު ވަޒީރު އަންވަރު އިބްރާހިމް. -- ފޮޓޯ: ގެޓީ އިމޭޖާޒް


މެލޭޝިއާގެ އާ ބޮޑު ވަޒީރުގެ މަގާމަށް އަންވަރު އިބްރާހިމް

24 ނޮވެންބަރު 2022 - 23:51 0

މެލޭޝިއާގެ އާ ބޮޑު ވަޒީރުގެ މަގާމަށް އައްޔަނު ކުރެއްވި އަންވަރު އިބްރާހިމް ބުރާސްފަތި ދުވަހުގެ މަގާމުގެ ހުވާ ކުރައްވައިފި އެވެ.

ގިނަ އަހަރުތަކެއް ވަންދެން އެމަނިކުފާނު ހުންނެވީ އިދިކޮޅު ލީޑަރުގެ މަގާމުގަ އެވެ. އާއްމު އިންތިހާބަށް ފަހު ބޮޑު ވަޒީރު އައްޔަނު ކުރެއްވުމަށް ހޭދަވީ ފަސް ދުވަހެވެ.

ހޮނިހިރު ދުވަހު އާއްމު އިންތިހާބުގެ ނަތީޖާ އާއްމުކުރި އިރު، އެއްވެސް ބަޔަކަށް ޕާލަމެންޓުގެ މެޖޯރިޓީއެއް ނުލިބުނެވެ. އެއީ މެލޭޝިއާގެ ތާރީހުގައި އެގޮތަށް ދިމާވި ފުރަތަމަ ފަހަރެވެ.

އުމުރުން 75 އަހަރުގެ އަންވަރު އިބްރާހިމްއަކީ 1990 ގެ އަހަރުތަކުގައި ޑެޕުއިޓީ ބޮޑު ވަޒީރެވެ. އޭގެ ފަހުން 2018 ވަނަ އަހަރު "ޕްރައިމް މިނިސްޓާ އިން ވެއިޓިން" މަގާމުގައި ވެސް ހުންނެވި އެވެ.

"ޕްރައިމް މިނިސްޓާ އިން ވެއިޓިން" އަކީ ބޮޑު ވަޒީރުގެ މަގާމުގައި ހުންނަވާ ބޭފުޅަކު މަގާމުން ދުރުކޮށްފި ނަމަ ނުވަތަ އިސްތިއުފާ ދެއްވައިފި ނަމަ ދެން އެ މަގާމަށް ވަޑައިގަންނަވާނެ ފަރާތެވެ.

ސިޔާސީ ދާއިރާގައި ހޭދަކުރެއްވި 30 އަހަރަށް ވުރެ ދިގު މުއްދަތުގައި އަންވަރު އިބްރާހިމް ވަނީ ގާތްގަނޑަކަށް 10 ވަރަކަށް އަހަރު ޖަލުގައި ހޭދަކުރައްވައިފި އެވެ.

އެމަނިކުފާނުގެ މައްޗަށް ސާބިތުވީ ކޮރަޕްޝަނާއި އެއް ޖިންސުން ގުޅުން ހިންގުމުގެ ކުށެވެ. ނަމަވެސް އެމަނިކުފާނު ތަކުރާރުކޮށް ވިދާޅުވީ އެއީ ސިޔާސީ ގޮތުން އުފުލި ދައުވާތަކެއް ކަމަށެވެ.

އަންވަރް އިބްރާހިމްގެ ކޯލިޝަންގެ ނަމަކީ ޕަކަތަން ހަރަޕަން އެވެ. އާއްމު އިންތިހާބުގައި އެ ކޯލިޝަނަށް ލިބުނީ 82 ގޮނޑި އެވެ.

ކުރީގެ ބޮޑު ވަޒީރު މުހްޔިއްދީން ޔާސީންގެ ޕެރިކަތަން ނޭސިއޮނަލް ކޯލިޝަނަށް ލިބުނީ 73 ގޮނޑި އެވެ. ޕާލަމެންޓުގެ މެޖޯރިޓީ ލިބެނީ 112 ގޮނޑިއާ އެކު އެވެ.

ޒަމާނުއްސުރެ ވެރިކަމުގައި އޮތް ބަރިސަން ކޯލިޝަނަށް ލިބުނީ 30 ގޮނޑި އެވެ. އެއީ 1957 ވަނަ އަހަރު މެލޭޝިއާއަށް މިނިވަންކަން ލިބުނު ފަހުން ސިޔާސީ ދާއިރާ ހިސޯރުކޮށްފައި އޮތް ބަރިސަން ކޯލިޝަންގެ އެންމެ ދަށް ނަތީޖާ އެވެ.

އެ ކޯލިޝަނުން ބުރާސްފަތި ދުވަަހު ބުނީ މުހްޔިއްދީން ޔާސީންގެ ސަރުކާރެއްގައި ބައިވެރިނުވާނެ ކަމަށެވެ. އެހެން ނަމަވެސް އަންވަރް އިބްރާހިމްއާ ގުޅޭ ވާހަކައެއް ނުބުނެ އެވެ.