Advertisement

ފޯނު ބޭނުންކުރާވަރު މަދުކޮށްގެން އުފެއްދުންތެރިކަން އިތުރުވޭތަ؟

26 ނޮވެންބަރު 2022 - 08:20 0

މީހަކު ފޯނު ބޭނުންކުރަނީ -- ފޮޓޯ: ގެޓީ


ފޯނު ބޭނުންކުރާވަރު މަދުކޮށްގެން އުފެއްދުންތެރިކަން އިތުރުވޭތަ؟

26 ނޮވެންބަރު 2022 - 08:20 0

ފޯނަކީ މިއަދު ދިރިއުޅުމުގެ އެންމެ މުހިންމު ވަސީލަތެވެ. ދިރިއުޅުމުގެ ހުރިހާ ކަމެއް ބިނާވެ، ހަމަޖެހެމުން އެ ދަނީ އަތުގައި އޮތް ފޯނަަށެވެ. އެހެންވެ، ފޯނު ބޭނުންކުރާ މިންވަރާއި އޭގެ ސަބަބުން ކުރާ އަސަރުތައް ދެނެގަތުމަށް ދިރާސާތައް ކުރެ އެވެ.

އެގޮތުން އެމެރިކާގެ ސެން ޑިއޭގޯ ސްޓޭޓް ޔުނިވާސިޓީގެ ކަވޭ އަބާރީ އަދި ސިޓީ ޔުނިވާސިޓީ އޮފް ނިއު ޔޯކުގެ އިސާކް ވަހޭފީ ވަނީ މޯބައިލް ފޯނު ބޭނުންކުރުން މަދުކޮށްގެން، އުފެއްދުންތެރިކަން އިތުރުވޭތޯ އާއި ފޯން ބޭނުން ކުރާއިރު އުފެއްދުންތެރި ކަމަށް ފައިދާއެއްވާފަދަ ލަނޑުދަނޑިއެއް ސެޓު ކުރާނަމަ އުފެއްދުންތެރިކަމަށް ހެޔޮ އަސަރެއް އާދޭތޯ ބަލައިފަ އެވެ.

އެ ދިރާސާގައި ބޭނުންކުރީ އެމެރިކާގެ ކެލިފޯނިއާ، ނިއުޔޯކުގެ އެކި ޔުނިވަސިޓީ ތަކުގެ އަންޑާ ގްރެޖުއޭޓު ދަރިވަރުންގެ ތެރެއިން ޖުމްލަ 469 ދަރިވަރެކެވެ. ތިން ހަފުތާއަށް ކުރިއަށް ދިޔަ ދިރާސާގައި ބައިވެރިންގެ ފޯނަށް، ސްކްރީން ބޭނުންކުރާ ވަގުތު ދެނެގަނެ ލިމިޓު ކުރެވޭ އެޕެއް އެޅި އެވެ. އެ އެޕުން ލަނޑުދަނޑިތަކެއް ކަނޑައެޅެ އެވެ.

ސާވޭއިން ނިކުތް ނަތީޖާއިން ދެއްކީ އުފެއްދުންތެރިކަން އިތުރުވިކަމެވެ. ފޯނުގެ ބޭނުން ކުރުން އަމިއްލައަށް މޮނީޓާ ކުރުމުން އެދެވޭ ބަދަލުތައް ބައިވެރިންގެ ކިބައިން ފެނިގެންދިޔަ އެވެ. މީގެ ނަތީޖާއަކީ ފޯނު ބޭނުންކުރާ މިންވަރު މަދުކުރުމަކީ އޮތް ހައްލެއް ނޫން ކަމެވެ.

"ފޯނު ބޭނުންކުރެވޭ މިންވަރު މޮނީޓަކުރުމުން އުފެއްދުންތެރިކަން އިތުރުވޭ، މީގަ މުހިންމީ (ފޯނު) ބޭނުންކުރާ މިންވަރު މަދުކުރުމަށްވުރެ ފޯނުގެ ބޭނުން ރަނގަޅަށް ހިފުން" އަބާރީ ބުންޏެވެ.

އެ ދިރާސާގެ ސަބަބުން ހާއްސަކޮށް ފޯނުގެ ސިސްޓަމް ޑިވެލޮޕްކުރާ ފަރާތްތަކަށް މިހާރަށްވުރެ ރަނގަޅު މޮނީޓަރިން އެޕްލިކޭޝަންތައް ތައާރަފުކުރުމުގެ މުހިއްމުކަން އިނގިގެންދާނެ ކަމަށް އަބާރީ ވިދާޅުވި އެވެ.