Advertisement

ވާރޭ ނުވެހޭތީ ޓެންޒޭނިއާގައި ކަރަންޓު ރޭޝަން ކުރަން ފަށައިފި

24 ނޮވެންބަރު 2022 - 05:33 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

ޓެންޒޭނިއާއަކީ އިރުމަތީ އެފްރިކާގައި އޮންނަ ގައުމެއް.


ވާރޭ ނުވެހޭތީ ޓެންޒޭނިއާގައި ކަރަންޓު ރޭޝަން ކުރަން ފަށައިފި

24 ނޮވެންބަރު 2022 - 05:33 0

ވާރޭ ނުވެހި ގިނަ ދުވަސްވެ ހައިޑްރޯޕަވާ ސްޓޭޝަނުން ކަރަންޓު އުފެއްދުން ވަރަށް ބޮޑަށް ދަށްވެފައި ވާތީ ޓެންޒޭނިއާގައި ކަރަންޓު ރޭޝަން ކުރަން ފަަށައިފި އެވެ.

އިރުމަތީ އެފްރިކާގައި އޮންނަ ޓެންޒޭނިއާއަކީ 1،695 މެގަވޮޓްގެ ކަރަންޓު އުފެއްދުމުގެ ގާބިލްކަން އޮތް ގައުމެކެވެ. އެއީ ހައިޑްރޯޕަވާ، ގޭސް އަދި އެހެނިހެން ގޮތްގޮތުން އުފައްދާ ކަރަންޓެވެ.

ޓެންޒޭނިއާ އިލެކްޓްރިކް ސަޕްލައި ކޮމްޕެނީ ލިމިޓެޑް (ޓަނެސްކޯ) ގެ މެނޭޖިން ޑިރެކްޓަރު މަހަރަގޭ ޗަންދޭ ވިދާޅުވީ 300 އާއި 350 މެގަވޮޓްގެ ކަރަންޓުގެ ދަތިކަން މިހާރު އެބަ އޮތް ކަމަށެވެ.

"ކަރަންޓުގެ ދަތިކަން ދިމާވާ ދެ ސަބަބު އެބަަ އޮތް. ވާރޭ ނުވެހި ގިނަ ދުވަސްވުމާއި ބައެއް ޕްލާންޓުތައް މަރާމާތު ކުރަމުން ދާތީ،" ޗަންދޭ ނޫސްވެރިންނަށް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އިރުދެކުނު މޮރޮގޮރޯ ސަރަހަައްދުގެ ކިހާންސީ ޕްލާންޓުގެ ކެޕޭސިޓީ 180 މެގަވޮޓުން 17 މެގަވޮޓަށް ވެއްޓިފައިވާ ކަމަށެވެ.

"ގިނަ ފެންގަނޑުތަކާއި ކޯރުތަކުގައި ފެން ހުރި މިންވަރު ވަރަށް ބޮޑަށް ދަށްވެއްޖެ. އެހެންވީމާ، ޕްލާންޓުތަކުން ކަރަންޓު އުފައްދަމުން ދަނީ ކެޕޭސިޓީއަށް ވުރެ އެތައް ގުނައެއް މަދުން،" އޭނާ ވިދާޅުވި އެވެ.

ޓެންޒޭނިއާއިން މަސައްކަތް ކުރަނީ ހައިޑްރޯޕަވާގެ އެހީގައި ކަރަންޓު އުފައްދާ ކެޕޭސިޓީ މަތި ކުރުމަށެވެ. އެގޮތުން ސެލަސް ގޭމް ރިޒާވް ފެންގަނޑުގައި ޖޫލިއަސް ނަޔެރެރޭ ޑޭމް އަޅަން ނިންމާފައިވެ އެވެ. އެ ތަން އޮޕަރޭޓް ކުރަން ފެށުމުން 2،100 މެގަވޮޓްގެ ކަރަންޓު އުފެއްދޭނެ އެވެ.

އިރުމަތީ އެފްރިކާގެ އެހެން ގައުމުތައް ފަދައިން ޓެންޒޭނިއާއަށް ވެސް ދަނީ ވާރޭ ނުވެހި ގިނަ ދުވަސްވުމުގެ މައްސަލަ ކުރިމަތިވަމުންނެވެ.

ކެންޔާ އާއި ސޯމާލިއާ އަދި އިތިއޯޕިއާއަށް މިހާރު ކުރިމަތިވެފައިވާ ވާރޭ ނުވެހި ގިނަ ދުވަސްވުމުގެ މައްސަލައަކީ 40 އަހަރުގެ ތެރޭގައި ކުރިމަތިވެފައިވާ އެންމެ ބޮޑު މޫސުމީ މައްސަލަ އެވެ.