Advertisement

ކުރުދީންނާ ދެކޮޅަށް އިތުރު ފިޔަވަޅު އަޅާނެކަމުގެ އިންޒާރު އިރާނުން ދީފި

24 ނޮވެންބަރު 2022 - 07:30 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

ކުރުދީ ހަނގުރާމަވެރިއެއް އިރާނާއި އިރާގު ގުޅޭ ބޯޑަރު ކައިރީގައި. -- ފޮޓޯ: އޭއެފްޕީ


ކުރުދީންނާ ދެކޮޅަށް އިތުރު ފިޔަވަޅު އަޅާނެކަމުގެ އިންޒާރު އިރާނުން ދީފި

24 ނޮވެންބަރު 2022 - 07:30 0

ގައުމުން ބޭރުން އަންނަ "ނުރައްކާތަކާ" ދެކޮޅަށް ފިޔަވަޅު އަޅަމުން ދާނެ ކަމަށް އިރާނުގެ ފޮރިން މިނިސްޓަރު ހުސެން އާމިރް ވިދާޅުވެއްޖެ އެވެ.

އިރާނުން ދާދި ފަހުން ވަނީ އެ ގައުމާއި އިރާގު ގުޅޭ ބޯޑަރު ކައިރީގައި އުޅޭ ކުރުދީ ހަނގުރާމަވެރިންނަށް އަމާޒުކޮށް ވައިގެ ހަމަލާތަކެއް ދީފަ އެވެ.

އިރާނުން ތުހުމަތު ކުރާ ގޮތުގައި ސެޕްޓެމްބަރު މަހުގެ މެދެއްހާ ހިސާބުން ފެށިގެން އެ ގައުމުގައި ކުރަމުންދާ މުޒާހަރާތައް ގުޅިފައި ވަނީ އިދިކޮޅު ކުރުދީންނާ އެވެ.

އިރާނުގެ ކުރުދީ ހަނގުރާމަވެރި ގްރޫޕުތައް އުޅެނީ އުތުރު އިރާގުގަ އެވެ. އިރާނުގައި މުޒާހަރާ ފެށީ ބުރުގާ ނާޅާ ހުރުމުން ހައްޔަރު ކުރި ޒުވާން އަންހެނަކު މަރުވި މައްސަލައިގަ އެވެ. އުމުރުން 22 އަހަރުގެ މަހްސާ އާމިނީއަކީ ކުރުދީ ދަރިކޮޅުގެ އަންހެނެކެވެ.

ކުރުދިސްތާން ފްރީޑަމް ޕާޓީއާ ދެކޮޅަށް އިރާނުން މިސައިލާއި ޑްރޯން ހަމަލާ އެންމެ ފަހުން ދިނީ އަންގާރަ ދުވަހު އެވެ.

އިރާނުގެ ފޮރިން މިނިސްޓަރު ވިދާޅުވީ ކުރުދީން އުޅޭ ސަރަހައްދުގައި އިރާގު ގައުމީ ދިފާއީ ފައުޖު ގާއިމްވެ، ސަލާމަތީ ކަންކަން ނުބަލަހައްޓާހާ ހިނދަކު އިރާނުގެ އަސްކަރީ އޮޕަރޭޝަަން ކުރިއަށް ގެންދާނެ ކަމަށެވެ.

މިދިޔަ ސެޕްޓެމްބަރު މަހުގެ ފަހުކޮޅު ވެސް އިރާނުން ވަނީ ބޯޑަރު ހުރަަސްކޮށް އުތުރު އިރާގަށް މިސައިލާއި ޑްރޯން ހަމަލާތަކެއް ދީފަ އެވެ. އެ ހަމަލާތަކުގައި ގިނަ ބަޔަކު މަރުވި އެވެ.