Advertisement

ބީއެމްއެލްއިން ގަބޫލުކުރާނެ ޗެކުގެ އެންމެ މަތީ އަދަދު ކަނޑައަޅައިފި

24 ނޮވެންބަރު 2022 - 08:26 0

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން


ބީއެމްއެލްއިން ގަބޫލުކުރާނެ ޗެކުގެ އެންމެ މަތީ އަދަދު ކަނޑައަޅައިފި

24 ނޮވެންބަރު 2022 - 08:26 0

އިލެކްޓްރޯނިކް ޕޭމަންޓް ޕްރޮމޯޓު ކުރުމާއި ރާއްޖޭގައި ޕޭމަންޓުގެ ހިދުމަތް ފުޅާކުރުމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ގެންގުޅޭ އުސޫލުގެ ދަށުން ބީއެމްއެލްއިން ދެން ބަލައިގަންނާނީ މަތިވެގެން 50،000ރ. ގެ ޗެކު ކަމަށް އެ ބޭންކުން ކަނޑައަޅައިފި އެވެ.

އަންނަ އަހަރުގެ އޭޕްރީލް މަހުން ފެށިގެން ބޭންކް އޮފް މޯލްޑިވްސް އިން ހަމައެކަނި ޕްރޮސެސް ކުރާނީ 50،000ރ. އާއި 3،000 ޔޫއެސް ޑޮލަރާ ހަމަޔަށް ދޫކޮށްފައިވާ ޗެކްތަށް ކަމަށާއި މިއަދަދަށްވުރެ މަތީގެ މުއާމަލާތްތައް ފުރިހަމަކުރެވޭނީ ބޭންކުގެ ޑިޖިޓަލް ޗެނަލްތައް މެދުވެރިކޮށް ކަމަށް އެ ބޭންކުން ބުނެ އެވެ.

މިގޮތަށް އެންމެ މަތީ އަދަދު ކަނޑައެޅިފައިވާ ޗެކުތަކުގެ ތެރޭގައި އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ކުންފުނިތަކުން ދޫކުރާ ޗެކްތައް ހިމެނޭނެ އެވެ.

ބީއެމްއެލްއިން އިތުރަށް ބުނީ އެ ބޭންކުން ކަސްޓަމަރުންގެ ކިބައިން އެދެނީ ބޭންކިން ހިދުމަތްތަކަށް ޑިޖިޓަލް ޗެނަލްތައް ބޭނުން ކުރުމަށް ކަމަށާއި ބީއެމްއެލްގެ އިންޓަނެޓް ބޭންކިންއަށް ރެޖިސްޓާކޮށްފައި ނުވާ އަމިއްލަ ފަރުދުންނަށް މިހާރު އޮންލައިންކޮށް ވެސް އެކަން ކުރެވޭނެ ކަމަށެވެ.

އިންޓާނެޓު އަދި މޯބައިލް ބޭންކިންއަކީ ރައްކާތެރި، ފަސޭހައިން ބޭނުންކޮށްލެވޭ ހިދުމަތެކެވެ. އަދި ދުނިޔޭގެ ކޮންމެ ތަނެއްގައި ހުރި ނަމަވެސް 24 ގަޑިއިރު އިންޓާނެޓު ބޭންކިން މެދުވެރިކޮށް ހިދުމަތް ލިބެ އެވެ.