ހުޅުމާލެ އަތިރިމަތީގައި ބަޔަކު ހަރަކާތްތެރިވަނީ؛ ގެސްޓް ހައުސްތަކަށް ޚާއްސަ ސަރަހައްދަކީ ވޯޓާ ތީމް ޕާކު ކައިރި -- ފޮޓޯ: އަދަދު ފައިލް
ހުޅުމާލޭގައި ހިންގާ ގެސްޓްހައުސްތަކަށް ހާއްސަކޮށްގެން ޕްރައިވެޓް ބީޗެއްގެ ގޮތުގައި ވަކި ސަރަހައްދެއް ކަނޑައެޅުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ނިންމައިފި އެވެ.
އެޗްޑީސީން މިއަދު ބުނި ގޮތުގައި އެ ޕްރައިވެޓް ބީޗް ގޮތުގައި ކަނޑައަޅައި ތަރައްގީކުރަން ނިންމި ސަރަހައްދަކީ ހުޅުމާލޭގައިހަދަމުންދާ ވޯޓާ ތީމްޕާކާއި ޖެހިގެން އޮތް ބީޗުން ސަރަހައްދެކެވެ.
މިއީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލްގެ އެދިވަޑައިގަތުމުގެ މަތިން، ކުދި އަދި މެދު ފަންތީގެ ވިޔަފާރި ކުރިއެރުވުމަށް ނިންމި ނިންމުމެެއް ކަމަށް އެޗްޑީީސީން ބުންޏެވެ.
ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި މިހާރު ގެސްޓްހައުސް ވިޔަފާރިއަކީ ވަރަށް ބޮޑު ހިއްސާއެއް އޮންނަ ވިޔަފާރިއެއް ކަމުން، މިފަދަ ސަރަހައްދެއް ކަނޑައެޅުމަކީ މުހިންމު ކަމެއް ކަމުގައި އެޗްޑީސީން ދެކެ އެވެ.
Comment