Advertisement

ދިރާގުގެ އެޕްރެންޓިސްޝިޕް ޕުރޮގުރާމު 15 ބައިވެރިއަކު ފުރިހަމަކޮށްފި

24 ނޮވެންބަރު 2022 - 06:29 0

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

ދިރާގުގެ އެޕްރެންޓިސްޝިޕް ޕުރޮގުރާމު ފުރިހަމަ ކުރި ބައިވެރިން ނައިބު ރައީސްއާއި، ދިރާގުގެ އިސްވެރިންގެ އިތުރުން ބައެއް މިނިސްޓަރުންނާ އެކު -- ފޮޓޯ: ދިރާގު


ދިރާގުގެ އެޕްރެންޓިސްޝިޕް ޕުރޮގުރާމު 15 ބައިވެރިއަކު ފުރިހަމަކޮށްފި

24 ނޮވެންބަރު 2022 - 06:29 0

ދިރާގުގެ އެޕްރެންޓިސްޝިޕް ޕްރޮގުރާމުގެ މިއަހަރުގެ ދަސްވެނިވުމުގެ ރަސްމިއްޔާތު ބާއްވައި، އެ ޕްރޮގުރާމު ފުރިހަމަ ކުރި 15 ބައިވެރިއަކަށް ސެޓިފިކެޓު ހަވާލުކޮށްފި އެވެ.

ހޮޓެލް ޖެންގައި އިއްޔެ ކުރިއަށް ގެންދިޔަ ރަސްމިއްޔާތު ޝަރަފުވެރިކޮށް ދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު، ފައިސަލް ނަސީމް އެވެ. އެ ރަސްމިއްޔާތުގައި އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީއާއި ހަޔާ އެޑިއުކޭޝަން މިނިސްޓަރު، އިބްރާހިމް ހަސަންގެ އިތުރުން ސަރުކާރުގެ އިސް ބައެއް ބޭބޭފުޅުން ބައިވެރިވެލެއްވި އެވެ.

އެ ރަސްމިއްޔާތުގައި ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވީ މި އެޕްރެންޓިސްޝިޕް ޕްރޮގުރާމު ރާއްޖެއަށް ތައާރަފުކޮށް ހުނަރުވެރި މަސައްކަތްތެރިން އުފެއްދުމަށް ދިރާގުން ކުރާ މަސައްކަތަށް ޝުކުރު އަދާ ކުރާ ކަމަށާއި، ގައުމުގެ ހަރުދަނާކަމާއި ކުރިއެރުމަށް ބޭނުންވާ ހުނަރުވެރިން އުފެއްދުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ.

ދިރާގު އެޕްރެންޓިސްޝިޕް ޕުރޮގުރާމަކީ ރާއްޖޭގެ ޒުވާނުންގެ ވަޒީފާ އަދާ ކުރުމުގެ ހުނަރު ތަރައްގީކުރުމަށް އިސްކަންދޭ އެ ކުންފުނީގެ ފްލެގްޝިޕް ސީއެސްއާރުގެ އިސްނެގުމާ އެކު ފެށި ޕުރޮގުރާމެކެވެ. މިއީ ރާއްޖޭގައި ތައާރަފުކުރި ފުރަތަމަ ކޯޕަރޭޓު އެޕްރެންޓިސްޝިޕް ޕްރޮގުރާމެވެ. 2009، ވަނަ އަހަރުން ފެށިގެން ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގުރާމު ހިންގަމުން އަންނައިރު، މިއަދާ ހަމައަށް 247 އަށް ވުރެ ގިނަ ޒުވާނުން ވަނީ މި ޕްރޮގުރާމުގައި ބައިވެރިވެފަ އެވެ.

ދިރާގު އެޕްރެންޓިސްޝިޕް ޕުރޮގުރާމު ފުރިހަމަ ކުރި ބައިވެރިއަކަށް ނައިބު ރައީސް ސެޓިފިކެޓު ހަވާލު ކުރަނީ -- ފޮޓޯ: ދިރާގު


އިއްޔެ ބޭއްވި ރަސްމިއްޔާތުގައި ދިރާގުން ވަނީ އެޕްރެންޓިސްޝިޕް ޕުރޮގުރާމުގެ 13 ވަނަ ބެޗަށް މަރުހަބާ ވެސް ކިޔައިފަ އެވެ. ސްޓުރަކްޗާޑު ޓުރެއިނިން ޕްރޮގުރާމަކާއި ސޮފްޓު ސްކިލްސް ޑިވެލޮޕަމަންޓު ޓުރެއިނިންގެ އިތުރުން ދިރާގުގެ މައިގަނޑު ގިނަ ވިޔަފާރީގެ ދާއިރާތަކުގައި މަސައްކަތް ކުރުމުގެ ފުރުސަތު ލިބިގެންދާ މި ޕްރޮގްރާމުގެ ސަބަބުން ދަސްވެނިންނަށް ކާމިޔާބު ކެރިއަރެއް ބިނާކުރުމަށް މަގުފަހިވެގެންދެ އެވެ. މި ޕްރޮގުރާމުގެ ދަސްވެނިންނަށް މާލެއާއި ރާއްޖޭގެ އެކި ކަންކޮޅުގައި ހުންނަ ދިރާގުގެ ރީޖަނަލް އޮޕަރޭޝަން ސެންޓަރުތަކުގައި މަސައްކަތް ކުރުމުގެ ފުރުސަތު ލިބެ އެވެ.

ޒުވާނުންނަށް ހުނަރު ދަސްކޮށްދިނުމާއި ހިތްވަރު ދިނުމަކީ ދިރާގުގެ މައިގަނޑު އަމާޒުކަމަށް އެ ކުންފުނިން ބުނެ އެވެ. ދިރާގު އެޕްރެންޓިސްޝިޕް ޕުރޮގުރާމުގެ ކުރީގެ ގިނަ ދަސްވެނިންނަކީ ދިރާގާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގާ އެހެނިހެން ޖަމިއްޔާތަކުގައި ކާމިޔާބު ކެރިއަރުތަކެއް މިހާރުވެސް ބިނާކުރަމުން އަންނަ ފަރާތްތަކެކެވެ.

ދިރާގުން އަންނަނީ ޒުވާނުންގެ ދިރިއުޅުން މުއްސަނދިކޮށް، ޒުވާނުންގެ ހުނަރު ތަރައްގީ ކުރުމަށްޓަކައި ހަރުދަނާ އޮންސައިޓު ތަމްރީނުތައް ކަމަށް ގާބިލު މެނޭޖުމަންޓު ޓީމެއްގެ އިރުޝާދުގެ ދަށުން ކުރިއަށް ގެންދަމުން ކަމަށް ދިރާގުން ބުނެ އެވެ.