Advertisement

ތުރުކީއަށް އައި ބިންހެލުމެއްގައި 50 މީހުންނަށް އަނިޔާވެއްޖެ

23 ނޮވެންބަރު 2022 - 14:49 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

ބިންހެލުން އައީ އިސްތަންބޫލް ކައިރިން.


ތުރުކީއަށް އައި ބިންހެލުމެއްގައި 50 މީހުންނަށް އަނިޔާވެއްޖެ

23 ނޮވެންބަރު 2022 - 14:49 0

ބުދަ ދުވަހުގެ ހެނދުނު ތުރުކީގެ ހުޅަނގު އުތުރަށް އައި 6.1 މެގްނިޓިއުޑް ބިންހެލުމެއްގައި 50 މީހުންނަށް އަނިޔާވެއްޖެ އެވެ.

ބިންހެލުން އައީ ތުރުކީގެ އެންމެ ބޮޑު ސިޓީ އިސްތަންބޫލްގެ އިރުން 170 ކިލޯމީޓަރު ދުރުންނެވެ. އިސްތަންބޫލަށް ބިންހެލުމުގެ އަސަރު ވަރަށް ބޮޑަށް ކުރި އެވެ.

ބިންހެލުމުގެ އަސަރު އެންމެ ބޮޑަށް ކުރީ ގޮލްޔާކާ އަށެވެ. އިންޓީރިއާ މިނިސްޓަރު ސުލެއިމާން ސޮއިލޫ އެ ތަނަށް ވަޑައިގެން ވިދާޅުވީ އަނިޔާވި އެކަކުގެ ހާލު ސީރިއަސް ކަމަށެވެ.

ކަމާ ބެހޭ އިދާރާތަކުން ބުނީ ޑުޒްސޭ އަަދި ސަކަރްޔާ ޕްރޮވިންސްގައި ބުދަ ދުވަހު ސްކޫލްތައް ބަންދު ވާނެ ކަމަށެވެ. ފަންސާސް މީހުންނަށް އަނިޔާވި ނަމަވެސް މުދަަލަށް މާ ބޮޑު ގެއްލުމެއް ނުލިބެ އެވެ.

ބިންހެލުމުގައި އެންމެ ބޮޑަށް އަސަރު ކުރި 8،000 އިމާރާތް އިންސްޕެކްޓް ކުރަން އިދާރާތަކުން ވަނީ ނިންމައިފަ އެވެ. ފުރަތަމަ ބިންހެލުމަށް ފަހު 101 ލޮޅުން މިހާތަނަށް އައިސްފައިވެ އެވެ.

ތުރުކީއަކީ ވަރަށް ގިނައިން ބިންހެލުން ކުރިމަތިވާ ގައުމެކެވެ. މީގެ ކުރިން 1999 ވަނަ އަހަރު ތުރުކީގެ ޑުޒްސޭއަށް އައި 7.4 މެގްނިޓިއުޑް ބިންހެލުމެއްގައި 17،000 މީހުން މަރުވި އެވެ. އޭގެ ތެރެއަށް 1000 މީހުން މަރުވީ އިސްތަންބޫލްގަ އެވެ.

ވަރުގަދަ ބިންހެލުމެއް ކުރިމަތިވެއްޖެ ނަމަ އިސްތަންބޫލް ސުންނާފަތިވާނެ ކަމަށް ތަޖުރިބާކާރުން އިންޒާރުދެ އެވެ. އެ ސިޓީގައި އިމާރާތް ކުރުން ކުރިއަށް ދަނީ މާ ބޮޑު ރައްކާތެރިކަމުގެ ފިޔަވަޅުތަކެއް ނެތި އެވެ.