Advertisement

އާޖެންޓީނާ މޮޅުވާނެ ކަމަށް ބެޓުކުރި މީހެއްގެ އަތުން 160،000 ޑޮލަރުގެ ގެއްލުން

23 ނޮވެންބަރު 2022 - 13:06 0

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން


އާޖެންޓީނާ މޮޅުވާނެ ކަމަށް ބެޓުކުރި މީހެއްގެ އަތުން 160،000 ޑޮލަރުގެ ގެއްލުން

23 ނޮވެންބަރު 2022 - 13:06 0

ސައުދީ އަރަބިއްޔާއާ ބައްދަލުކޮށް އިއްޔެ އާޖެންޓީނާ މޮޅުވާނެ ކަމަށް ބެޓުކުރި މީހަކަށް 160،000 ޑޮލަރުގެ ގެއްލުންވެއްޖެ އެވެ.

މިފަހަރުގެ ވޯލްޑު ކަޕުގައި، ގަތަރުގެ ދޯހާގައި އާޖެންޓީނާ ކުޅުނު ފުރަތަމަ މެޗުން ސައުދީ އަތުން މޮޅުވާނެ ކަމަށް މީހަކު 160،000 ޑޮލަރު ބެޓުކޮށްފައިވާކަން އޮންލައިން ބެޓިން ޕްލެޓްފޯމެއް ކަމަށްވާ ޓެބުން ވަނީ ކަށަވަރުކޮށްދީފަ އެވެ.

އެންމެ ފަހުގެ ކޮޕާ އެމެރިކާގެ ވެސް ޗެމްޕިއަނުންނަށް ސައޫދީ އަތުން ފަސޭހަ މޮޅެއް ލިބޭނެކަމަށް ގިނަ ބަޔަކު ގަބޫލު ކުރި އެވެ. އެހެންނަމަވެސް، ކަންތައް ވެގެންދިޔައީ ގިނަ ބަޔަކު އުއްމީދު ކުރި ގޮތާ ހިލާފަށެވެ.

ޓެބުގައި އާޖެންޓީނާ މޮޅުވާނެކަމަށް ބެޓުކުރި މީހާ ބެޓުކޮށްފައި ވަނީ، ކާމިޔާބުވެއްޖެ ނަމަ، ބެޓުކުރި ކޮންމެ ޑޮލަރެއްގެ ބަދަލުގައި 1.13 ޑޮލަރު ލިބޭ ގޮތަށެވެ. އެހެންކަމުން އެ ބެޓު ކާމިޔާބުވި ނަމަ ފައިދާގެ ގޮތުގައި އެނާއަށް 20،000 ޑޮލަރު ލިބޭނެ އެވެ. އެހެންނަމަވެސް ބެޓު ކުރި ގޮތާ ހިލާފަށް މެޗުގެ ނަތީޖާ ނުކުތުމުން އޭނާއަށް ވަނީ 160،000 ޑޮލަރު އެއްކޮށް ގެއްލިފަ އެވެ.

ބެޓުކުރުން އިސްލާމްދީނުގައި ހަރާމް ކުރައްވާފައި އޮންނަނީ ވެސް މިފަދަ ސަބަބުތަކަށްޓަކަ އެވެ. ބެޓުކުރުމާއި ޖުވާ ކުޅުމަކީ އޭގެ ސަބަބުން ބޮޑެތި ގެއްލުންތަކާ ކުރިމަތިވާ ކަމެކެވެ.

ދުނިޔޭގެ ރޭންކިންގެ ތިންވަނައިގައި މިވަގުތު އޮތް އާޖެންޓީނާއަކީ މިފަހަރުގެ ވޯލްޑުކަޕު ކާމިޔާބުކުރާނެ ކަމަށް ގިނަ ބަޔަކު ގަބޫލު ކުރާ އެއް ޓީމެވެ. ނަމަވެސް، ފުރަތަމަ މެޗުގައި ނަތީޖާ ނުކުތް ގޮތުން އެ ޓީމަށް ވަނީ ވޯލްޑުކަޕުގައި ކުރިއަށް ދިއުމަށް އިތުރު ހިއްވަރެއް ލާން ޖެހިފަ އެވެ.