Advertisement

ރަޝިއާ ބަޔަކު ފްރާންސްގެ ރައީސްއަށް ހެދިގެން ޕޮލޭންޑުގެ ރައީސްއަށް ގުޅައިފި

23 ނޮވެންބަރު 2022 - 06:04 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

ވޮވަން އަދި ލެކްސަސްއަކީ "ޕްރޭންކްސްޓާޒް"ގެ ގޮތުގައި މަގްބޫލުވެފައިވާ ދެ މީހުން. -- ފޮޓޯ: އީޕީއޭ


ރަޝިއާ ބަޔަކު ފްރާންސްގެ ރައީސްއަށް ހެދިގެން ޕޮލޭންޑުގެ ރައީސްއަށް ގުޅައިފި

23 ނޮވެންބަރު 2022 - 06:04 0

ފްރާންސްގެ ރައީސް އިމޭނުއެލް މެކްރޯން ކަމަށް ހެދިގެން ފޯނުން ގުޅި ރަޝިއާގެ ބަޔަކާ ޕޮލޭންޑުގެ ރައީސް އަންދްރްޒޭޖް ދޫދާ ވާހަކަދައްކަވައިފި އެވެ.

އެ ހާދިސާ ހިނގީ ޔޫކްރެއިން ބޯޑަރު ކައިރީގައި އޮންނަ ޕޮލޭންޑުގެ އަވަށަކަށް މިސައިލެއް އަރައި ދެ މީހުން މަރުވި ރޭގަ އެވެ.

ޕޮލޭންޑް ރައީސްގެ އޮފީހުން ބުނީ ރަޝިއާގެ މަގްބޫލް ދެ "ޕްރޭކްސްޓަރުން" ފޯނުން ގުޅައި ރެކޯޑް ކުރުމަށް ފަހު އާއްމުކޮށްފައިވާ ކަމަށެވެ.

އެ ފޯނު ކޯލުގައި ފްރާންސްގެ ރައީސް މެކްރޯން ކަމަށް ހެދިގެން ގުޅައި، މިސައިލް ހަމަލާގެ ފަހަތުގައި ވަނީ ކޮން ބަޔެއްތޯ ސުވާލުކުރި އެވެ.

ރައްދުގައި ޕޮލޭންޑުގެ ރައީސް ދޫދާ ވިދާޅުވީ "ވަރަށް ރައްކާތެރިކަމާ އެކު" ފިޔަވަޅު އަޅަމުންދާ ކަމަށާއި ރަޝިއާއާ ދެކޮޅަށް ހަނގުރާމަ ކުރަން ބޭނުން ނޫން ކަމަށެވެ.

ޕޮލޭންޑުގެ ރައީސަށް އޮޅުވާލައިގެން ފޯނުން ގުޅީ ވޯވަން އަދި ލެކްސަސް ނަމަކަށް ކިޔާ ރަޝިއާގައި ޕްރޭންކް ހިންގުމަށް މަގްބޫލް ދެ މީހުންނެވެ.

އެ ދެ މީހުން ފޯނު ކޯލުގެ ވާހަކަ ސޯޝަލް މީޑިއާގައި އާއްމު ކުރުމުން، ޕޮލޭންޑްގެ ރައީސް އޮފީހުން ބުނީ ފޯނު ކޯލާ މެދު ޝައްކު އުފެދި އަވަހަކަށް ކޯލް ނިންމާލި ކަމަށެވެ.

އޭގެ އިތުރުން އެކަން ކުރި ދެ މީހުންނަށް ރައީސް ދޫދާއަށް ފޯނުން ގުޅުނު ގޮތަކާ ބެހޭ ތަހުގީގެއް ކުރިއަށްދާ ކަމަށް ވެސް ބުންޏެވެ.

މީގެ ކުރިން ވެސް ވޯވަން އާއި ލެކްސަސް ޕޮލޭންޑްގެ ރައީސަށް އޮޅުވާލައިގެން ލަނޑު ދޭން އުޅުނެވެ. އެ ދެ މީހުން މީގެ ދެ އަހަރު ކުރިން ހިންގި ޕްރޭންކެއްގައި އދ. ގެ ސެކެޓްރީ ޖެނެރަލް އެންޓޯނިއޯ ގުޓެރޭޒްއަށް ހެދިގެން ވެސް އުޅުނެވެ.

ތިން އަަހަރު ކުރިން އެ މީހުން ފްރާންސްގެ ރައީސް މެކްރޯންއަށް ގުޅީ ޔޫކްރެއިންގެ ރައީސް ކަމަށް ހެދިގެން އޮޅުވާލައިގެންނެވެ.

އެ މީހުން ވަނީ އިނގިރޭސި ލަވަކިޔުންތެރިޔާ އެލްޓަން ޖޯން، ކުރީގެ އިނގިރޭސި ބޮޑު ވަޒީރު ބޮރިސް ޖޯންސަން އަދި އިނގިރޭސި ޑިފެންސް ސެކެޓްރީ ބެން ވޮލެސްއަށް ވެސް ޕްރޭންކްކޮށްފަ އެވެ.