Advertisement

އިރާން މުޒާހަރާ: އާއިލާތަކާ ހަށިތައް ހަވާލުނުކުރާތީ އދ. ގެ ކަންބޮޑުވުން

23 ނޮވެންބަރު 2022 - 06:37 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

އިރާނުގައި ސަރުކާރާ ދެކޮޅަށް މުޒާހަރާ ކުރަނީ. -- ފޮޓޯ: އީޕީއޭ


އިރާން މުޒާހަރާ: އާއިލާތަކާ ހަށިތައް ހަވާލުނުކުރާތީ އދ. ގެ ކަންބޮޑުވުން

23 ނޮވެންބަރު 2022 - 06:37 0

އިރާނުގެ ހާލަތު ގޯސް ކަމަށާއި މުޒާހަރާގެ ތެރެއިން މަރުވާ މީހުންގެ ހަށިތައް އާއިލާއާ ހަވާލުނުކުރުމަކީ ކަންބޮޑުވުން އޮތް މައްސަލައެއް ކަމަށް އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ އޮފީހުން ބުނެފި އެވެ.

އެ އޮފީހުގެ ތަރުޖަމާނު ޖެރެމީ ލޯރެންސް ވިދާޅުވީ ސަރުކާރާ ދެކޮޅު މުޒާހަރާއަށް ސަލާމަތީ ފައުޖުން ހުރަސް އަޅަނީ ހާލަތާ ނުބައްދަލު ބާރުގެ ބޭނުންކޮށްގެން ކަމަށާއި އޭގެ ސަބަބުން ގިނަ ބަޔަކު މަރުވަމުންދާ ކަމަށެވެ.

އޭނާ ލަފާކުރެއްވީ މަރުވި މީހުންގެ އަަދަދު 300 އަށް ވުރެ މަތިވާނެ ކަމަށެވެ.

ރިޕޯޓުތައް ބުނާ ގޮތުން މުޒާހަރާގެ ތެރެއިން މަަރުވާ މީހުންގެ ހަށިތައް ސަލާމަތީ ފައުޖުން ގެންދަނީ ޖަނާޒާގެ ތެރޭގައި އިތުރު ހަމަނުޖެހުމަށް މަގުފަހިވެދާނެ ކަމަށް ބުނެ އެވެ.

އޭގެ އިތުރުން މަރުވި މީހުންގެ އާއިލާތަކަށް މަޖުބޫރުކޮށްގެން ބަޔާން ނަގަމުންދާ ކަމަށް ރިޕޯޓުތައް ބުނެ އެވެ. އެގޮތުން މަރުވާން މެދުވެރިވީ ސަލާމަތީ ފައުޖުތަކުގެ ސަބަބުން ނޫން ކަމަށް ބުނަން މަޖުބޫރު ކުރުވަ އެވެ.

އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ އޮފީހުން އިރާނުގެ އިދާރާތަކަށް ގޮވާލީ "ހަމަހަމަކަމާއި، ހައްގުތަކާއި، ކަރާމާތް ހޯދަން ބޭނުންވެގެން ރައްޔިތުން ކުރާ ޑިމާންޑުތައް އަޑު އެހުމަށެވެ."

މުޒާހަރާގެ ތެރެއިން ހައްޔަރު ކުރި އެންމެ ދޫކުރުމަށާއި އެ މީހުންގެ މައްޗަށް އުފުލާފައިވާ ދައުވާތައް އަނބުރާ ގެންދިޔުމަށް ވެސް އެ އޮފީހުން ގޮވާލި އެވެ.

މުޒާހަރާތަކާ ގުޅިގެން 17،400 މީހުން ހައްޔަރުކޮށްފައިވާ ކަމަށް ބެލެވެ އެވެ. އޭގެ ތެރެއިން ހަ މީހެއްގެ މައްޗަށް ޝަރީއަތް ހިންގައި، މަރުގެ ހުކުމް އިއްވީ ދާދި ފަހުންނެވެ.