Advertisement

ސަރުކާރުގެ ކޮންޓްރެކްޓުތައް ދީފައިހުރި މެންބަރުން ހޯދަނީ

22 ނޮވެންބަރު 2022 - 11:31 3

އައިޝަތު ނުޒުހާ

އައިޝަތު ނުޒުހާ

ރައީސް ސޯލިހު ރައްޔިތުންގެ މަޖިލީހުގައި--- ފޮޓޯ: މަޖިލިސް


ސަރުކާރުގެ ކޮންޓްރެކްޓުތައް ދީފައިހުރި މެންބަރުން ހޯދަނީ

22 ނޮވެންބަރު 2022 - 11:31 3

ރައްޔިތުންގެ މަޖިލީހުގައި ތިއްބަވާ މެންބަރުންނަށް ސަރުކާރުގެ މަސްލަހަތު އޮތީ ކިހާ މިންވަރަކަށްތޯ ބަލަން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ނިންމަވައިފި އެވެ.

ނަޝީދު މިކަން ހާމަކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ ގަވައިދު ކޮމިޓީން ފާސްކޮށް، ޕްލޭނިން މިނިސްޓްރީއަށް ފޮނުވާފައިވާ "ހުޅުމާލެ ޕްލޭނިން އަދި އިމާރާތްކުރުމުގެ ގަވައިދު" ގެޒެޓްކުރަން ނުފޮނުވާފައިވާ މައްސަލައިގެ ބަހުސްގެ ތެރެއިން މެންބަރަކު ދެއްކެވި ވާހަކަފުޅާ ގުޅިގެންނެވެ.

މި ރިޕޯޓަށް ބަހުސް ކުރައްވަމުން ވިލިފުށީ ދާއިރާގެ މެންބަރު ހަސަން އަފީފް ވިދާޅުވީ ސަރުކާރުން ކޮންމެ ގޮތަކަށް ކަން ކުރި ނަމަވެސް މަޖިލިސް މެންބަރުން ތިއްބަވަނީ ސަރުކާރުގެ ފަހަތުގައި ކަމަށެވެ.

"އަޅުގަނޑުމެން އޭގެ ޒިންމާ ނަގަން ޖެހޭނީ، މި މަޖިލީހުން، މި މަޖިލީހުގެ މައްސަލައިގައި މަޖިލީހުގެ އިމްތިޔާޒަށް ސަރުކާރުގެ ކޮންމެ މިނިސްޓަރަކު އަރައިގަތަސް މިތަނުން ކުރެވޭ އެއްވެސް ކަމެއް ނެތް، ކުރަން ބޭނުމެއް ނުވޭ،" އަފީފް ވިދާޅުވި އެވެ.

އަފީފްގެ ވާހަކައަށްފަހު، ރިޔާސަތުގައި އިންނަވައިގެން ނަޝީދު ވިދާޅުވީ މެންބަރުންނަށް ސަރުކާރުގެ މަސްލަހަތު އޮތް މިންވަރު ބެލިދާނެ ކަމަށެވެ.

"ކިތައް ބޭފުޅުންގެ މަސްލަހަތު ހިމެނޭތޯ އެކި ބާވަތްތަކުގެ ސަރުކާރުގެ ކޮންޓްރެކްޓުގަ އާއި އަދި ވަޒީފާ ދެއްވާފައި ތިބި ބޭފުޅުންގެ،" ނަޝީދު ވިދާޅުވި އެވެ.

ސަރުކާރާއި ސަރުކާރުގެ މެންބަރުންނަށް ތާއީދު ކުރައްވާ މެންބަރުންނަށް ފާޑުވިދާޅުވަމުން ގެންދަވާ ނަޝީދު އިތުރަށް ވިދާޅުވީ މަޖިލީހުގެ ގަދަރާއި އިއްޒަތް ގެއްލިގެންދާއިރު ބަލަން ނުތިބެވޭނެ ކަމަށެވެ.

"އެއީ ހަތަރު އަނާއަކަށް ވިއްކާލި ގަދަރަށް މި މަޖިލިސް ބާއްވާއިގެން ތިބުން އެއީ އަޅުގަނޑޫ ދެކޭ ގޮތުގައި ދިވެހިރާއްޖެ ރައްޔިތުންނަށް ވެސް އަދި މި ޖުމްހޫރިއްޔަތަށް ވެސް ލިބޭ ވަރަށް ބޮޑު އުނި ކަމެއް،" ނަޝީދު ވިދާޅުވި އެވެ.