Advertisement

ހަ މަހަށް ފަހު ޗައިނާގައި ކޮވިޑް މަރުތަކެއް

22 ނޮވެންބަރު 2022 - 05:59 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

ބެއިޖިންގެ ބައެއް ސަރަހައްދުތައް ވަނީ ލޮކްޑައުންކޮށްފައި. -- ފޮޓޯ: ރޮއިޓާޒް


ހަ މަހަށް ފަހު ޗައިނާގައި ކޮވިޑް މަރުތަކެއް

22 ނޮވެންބަރު 2022 - 05:59 0

ހަ މަސް ތެރޭގައި ފުރަތަމަ ފަހަރަށް ޗައިނާގައި ކޮވިޑް ޖެހިގެން ބަޔަކު މަރުވުމާ އެކު، ހާލަތު ގޯސްވަމުންދާ ކަމުގެ އިންޒާރު އޮފިޝަލުން ދީފި އެވެ.

ހޮނިހިރު ދުވަހުން ފެށިގެން ވެރިރަށް ބެއިޖިންގައި ކޮވިޑް ޖެހިގެން ތިން މީހުން މަރުވެފައިވެ އެވެ. ޗައިނާގައި އެ ބަލީގައި މަަރުވި މީހުންގެ ޖުމްލަ އަދަދަކީ 5،229 އެވެ.

ގިނަ ދުވަސްތަކަކަށް ފަހު ޗައިނާގައި ކޮވިޑް މަރުތަކެއް ރިޕޯޓުކޮށްފައިވާ އިރު، އެ ގައުމުން ގެންގުޅޭ ހަރުކަށި ޒީރޯ ކޮވިޑް ސިޔާސަތާ ދެކޮޅު މުޒާހަރާ ދާދި ފަހުން ހަލަބޮލިވި އެވެ.

އެ ސިޔާސަތުގެ ދަށުން އެތައް މިލިއަަން މީހުން ލޮކްޑައުންކޮށް، ޕޮޒިޓިވްވާ މީހުން ގަދަކަމުން ކަރަންޓީން ކުރެ އެވެ. ބެއިޖިންގެ ހައިދިއާން ސަރަހައްދުން ތިން މިލިއަން މީހުން މިހާރު ވެސް ތިބީ ލޮކްޑައުންކޮށްފަ އެވެ.

ބެއިޖިންއަށް ދަތުރު ކުރާ މީހުން، އެ ސިޓީގައި ހޭދަކުރާ ފުރަތަމަ ތިން ދުވަހު ކޮވިޑަށް ޓެސްޓު ކުރަން ޖެހެ އެވެ. އެ ސިޓީއިން ނިކުމެވޭނީ ވެސް ޓެސްޓުތައް ހަދައިގެންނެވެ.

އެކާވީސް މިލިއަން މީހުންގެ އާބާދީއެއް އޮންނަ ބެއިޖިންގައި ހޯމަ ދުވަހު 316 ކޭސް ރިޕޯޓު ކުރި އެވެ.