Advertisement

ތުރުކީ ބޮމުގެ ހަމަލާއާ ގުޅިގެން ބަލްގޭރިއާއިން ފަސް މީހުން ހައްޔަރުކޮށްފި

20 ނޮވެންބަރު 2022 - 08:21 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

އިސްތަންބޫލްގައި ދިން ބޮމުގެ ހަމަލާގައި ހަ މީހުން މަރުވި. -- ފޮޓޯ: އޭޕީ


ތުރުކީ ބޮމުގެ ހަމަލާއާ ގުޅިގެން ބަލްގޭރިއާއިން ފަސް މީހުން ހައްޔަރުކޮށްފި

20 ނޮވެންބަރު 2022 - 08:21 0

މިދިޔަ ހަފުތާގައި ތުރުކީގެ އިސްތަންބޫލުގައި ދިން ބޮމުގެ ހަމަލާއާ ގުޅުން ހުރި ކަމަށް ބެލެވޭ ފަސް މީހުން ބަލްގޭރިއާގެ ފުލުހުން ހައްޔަރުކޮށްފި އެވެ.

އިސްތަންބޫލްގެ ތަކްސިމް މައިދާން ކައިރީގައި ވިޔަފާރި ކުރުމަށް މަގްބޫލް އިސްތިކްލާލް މަގުގައި ދިން ބޮމުގެ ހަމަލާގައި ހަ މީހުން މަރުވެ، 80 އަށް ވުރެ ގިނަ މީހުންނަށް އަނިޔާވި އެވެ.

ބަލްގޭރިއާގެ އިދާރާތަކުން ބުނީ ހައްޔަރު ކުރި ފަސް މީހުންނަށް ވެސް ތުހުމަތު ކުރެވެނީ އިސްތަންބޫލްގައި ބޮމުގެ ހަމަލާ ދިން މީހާއަށް އެހީތެރިކަން ފޯރުކޮށްދިން ކަމަށެވެ.

ހަމަލާއަށް ފަހު އެ މީހާ ފިލުމަށް "ލޮޖިސްޓިކަލް އެހީ" ފޯރުކޮށްދިން ކަމަށް އެ މީހުންގެ މައްޗަށް ތުހުމަަތު ކުރެވެ އެވެ. އެ މީހުންގެ ވަނަވަރު އަދި ނިސްބަތްވާ ގައުމު ހާމަކޮށްފައެއް ނުވެ އެވެ.

އެ ހަމަލާއާ ގުޅިގެން ތުރުކީއިން ގިނަ ބަޔަކު ހައްޔަރުކޮށްފައިވެ އެވެ. އެގޮތުން ހަމަލާ ދިނުމަށް އެހީވިކަަމުގެ ތުހުމަތުގައި އަށް މީހުން ހައްޔަރު ކުރި އެވެ.

ހަމަލާދިންކަމުގެ ތުހުމަތުގައި އެންމެ ފުރަތަމަ ހައްޔަރު ކުރީ އަހްލަމް އަލް ބަޝީރް ނަމަކަށް ކިޔާ ސީރިއާގެ އަންހެނެކެވެ. އޭނާއަަކީ އެ ތަނުގައި ބޮން ބެހެއްޓި މީހާ ކަމަށްވެ އެވެ.

އޭނާ އާއި އިތުރު 16 މީހުންގެ ޝަރީއަތް ނިމެންދެން ޖަލުގައި ބޭތިއްބުމަށް ހުކުރު ދުވަހު ކޯޓުން އެންގި އެވެ. ރިޕޯޓުތައް ބުނާ ގޮތުން އަހްލަމް އަލް ބަޝީރަކީ ކުރުދީ ޓެރަރިސްޓް ޖަމާއަތެއްގެ މެމްބަރެކެވެ.