Advertisement

ހަޝޮގްޖީގެ މަރުގައި އެމެރިކާއިން ސައުދީ ވަލީ އަހުދަށް "އިމިއުނިޓީ" ކަށަވަރުކޮށްދީފި

19 ނޮވެންބަރު 2022 - 06:56 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

ސައުދީ އަރަބިއްޔާގެ ނޫސްވެރިޔާ ޖަމާލް ހަޝޮގްޖީ މަރާލީ 2018 ވަނަ އަހަރު. -- ފޮޓޯ: ރޮއިޓާޒް


ހަޝޮގްޖީގެ މަރުގައި އެމެރިކާއިން ސައުދީ ވަލީ އަހުދަށް "އިމިއުނިޓީ" ކަށަވަރުކޮށްދީފި

19 ނޮވެންބަރު 2022 - 06:56 0

މަރާލާފައިވާ ނޫސްވެރިޔާ ޖަމާލް ހަޝޮގްޖީގެ ލޯބިވެރިޔާ ކޯޓަށް ހުށަހެޅި މަދަނީ މައްސަލައެއްގައި ސައުދީ އަރަބިއްޔާގެ ވަލީ އަހުދު އަމީރު މުހައްމަދު ބިން ސަލްމާނަށް އެމެރިކާއިން "އިމިއުނިޓީ" ކަށަވަރުކޮށްދީފި އެވެ.

ސައުދީ ސަރުކާރަށް ފާޑުކިޔުމުގައި ފާހަގަކުރެވުނު ހަޝޮގްޖީ މަރާލީ އޮކްޓޯބަރު 2018 ވަނަ އަހަރު އިސްތަންބޫލުގައި ހުންނަ ސައުދީ ކޮންސިއުލޭޓް ތެރޭގަ އެވެ.

އެމެރިކާގެ ޖާސޫސީ އިދާރާތަކުން ގަބޫލުކުރާ ގޮތުގައި ހަޝޮގްޖީ މަރާލުމަށް އަމުރު ކުރެއްވީ ވަލީ އަހުދެވެ.

އެހެން ނަމަވެސް، ކޯޓަށް ހުށަހެޅި ލިޔުންތަކުގައި އެމެރިކާގެ ސްޓޭޓް ޑިޕާޓްމަަންޓުން ބުނީ ވަލީ އަހުދު ދާދި ފަހުން ސައުދީގެ ބޮޑު ވަޒީރުކަމަށް ވަޑައިގެންނެވުމާ އެކު "އިމިއުނިޓީ" ކަށަވަރުވާ ކަމަށެވެ.

"އިމިއުނިޓީ" ކަށަވަރުވުމުން، އެމަނިކުފާނާ ދެކޮޅަށް އެއްވެސް މައްސަލައެއް ނުހިންގޭނެ އެވެ. އަދި އެމަނިކުފާނާ ދެކޮޅަށް އެއްވެސް ފިޔަވަޅެއް ވެސް ނޭޅޭނެ އެވެ.

ހަޝޮގްޖީގެ ލޯބިވެރިޔާ ކުރި ޓްވީޓެއްގައި ބުނީ "ޖަމާލް މިއަދު އަނެއްކާވެސް މަރާލައިފި" ކަމަށެވެ.

އޭނާ އާއި ހަޝޮގްޖީ އުފެއްދި ޑިމޮކްރެސީ ފޯ ދަ އަރަބް ވޯލްޑް ނައު (ޑޯން) ޖަމިއްޔާއިން ކޯޓަށް ހުށަހެޅި މަދަނީ މައްސަލައިގެ ބޭނުމަކީ މަރުގެ މައްސަލައިގައި ވަލީ އަހުދުގެ ކިބައިން މާލީ ބަދަލު ހޯދުމެވެ.