Advertisement

ޔޫކްރެއިންގެ ގޭސް ޕްލާންޓަކަށް ހަމަލާ ދީފި

18 ނޮވެންބަރު 2022 - 07:05 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

ޔޫކްރެއިންގެ ބައެއް ހިސާބުތަކަށް ވަނީ ސްނޯ ފައިބަން ފަށާފައި. -- ފޮޓޯ: ގެޓީ އިމޭޖާޒް


ޔޫކްރެއިންގެ ގޭސް ޕްލާންޓަކަށް ހަމަލާ ދީފި

18 ނޮވެންބަރު 2022 - 07:05 0

ޔޫކްރެއިންގެ ހާސަން ސިޓީ ދޫކޮށް ރަޝިއާގެ ސިފައިން ދިޔަ ފަހުން ފެށި ވައިގެ ހަމަލާތަކުގައި ގޭސް ޕްލާންޓަކަށް އަމާޒުކޮށްފި އެވެ.

ރަޝިއާގެ ވައިގެ ހަމަލާތައް ވަރުގަދަކޮށްފައިވާ އިރު، ޔޫކްރެއިންގެ ބައެއް ހިސާބުތަކަށް ވަނީ ފިނި މޫސުމުގެ ސްނޯ ފައިބަން ފަށައިފަ އެވެ. އެކަމަކު ކަރަންޓު ނުލިބޭތީ ގެތަކުގެ ހީޓިން ސިސްޓަމް ބޭނުން ނުކުރެވެ އެވެ.

ރަޝިއާއިން ބުނީ ވައިގެ ހަމަލާ ވަރުގަދަ ކުރަން ޖެހުނީ ޔޫކްރެއިން ސަރުކާރުން މަޝްވަރާ ކުރަން ބޭނުން ނުވާތީ ކަމަށެވެ.

ބުރާސްފަތި ދުވަހު ޑްނީޕްރޯ ސިޓީއަށް ދިން ހަމަލާތަކުގައި 23 މީހުންނަށް އަނިޔާވި އެވެ. އޭގެ އިތުރުން ނިކޮޕޯލް ސިޓީއަށް ވެސް ބޮޑެތި ހަމަލާތަކެއް ދިނެވެ.

ދައުލަތުގެ ހަކަތަ އުފައްދާ ނަފްޓޮގޭޒް ކުންފުނިން ޔޫކްރެއިންގެ އިރުމަތީގައި ހުންނަ ގޭސް އުފައްދާ ޕްލާންޓަށް ހަމަލާތަކެއް ދީފައިވާ ކަމަށެވެ.

ޔޫކްރެއިންގެ ރައީސް އޮފީހުން ބުނީ ޒަޕޮރިއްޒިޒިއާ ސަރަހައްދަށް ބުރާސްފަތު ދުވަހު ދިން ހަމަލާތަކުގައި ހަތަރު މީހުން މަރުވި ކަމަށެވެ.

އޮޑެއްސާ އާއި ހާރްކީވްއަށް ވެސް ހަމަލާތައް އަމާޒުކުރި އެވެ. އޭގެ އިތުރުން ވެރިރަށް ކިޔެވްއަށް ވެސް މިސައިލް އާއި ޑްރޯންތައް ފޮނުވި އެވެ.

ޔޫކްރެއިންގެ ރައީސް ވޮލޮޑިމިރް ޒެލެންސްކީ ވިދާޅުވީ ރަޝިއާއިން ސުލްހަ ބޭނުން ނުވާ ކަމަށާއި ބޭނުން ވަނީ "ވޭނާއި ހިތާމަ ފެތުރުމަށް" ކަމަށެވެ.