Advertisement

ބީއެމްއެލްގެ އިކޮނޮމިކް ސްޓިމިއުލަސް ލޯނަށް ކުރިމަތިލާން ހުޅުވާލައިފި

17 ނޮވެންބަރު 2022 - 22:21 0

ބީއެމްއެލް އިން ބޭއްވި ކާނިވާ40 ގައި ކުދި ވިޔަފާރިތަކަށް ހާއްސަ ކޮށްފައި ހުރި ސްޓޯލެއް --- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު


ބީއެމްއެލްގެ އިކޮނޮމިކް ސްޓިމިއުލަސް ލޯނަށް ކުރިމަތިލާން ހުޅުވާލައިފި

17 ނޮވެންބަރު 2022 - 22:21 0

ކޮވިިޑް ބަލިމަޑުކަމުގެ ތެރޭގައި ވިޔަފާރިތަކަށް ދިމާވި ގޮންޖެހުންތަކުން އަރައިގަތުމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) މެދުވެރިކޮށް ދޫކުރާ އިކޮނޮމިކް ސްޓިމިއުލަސް ލޯނުތައް އެދުމުގެ ފުރުސަތު އަނެއްކާ ވެސް ހުޅުވާލައިފި އެވެ.

މިއީ ފިނޭންސް މިނިސްޓްރީން ބީއެމްއެލް މެދުވެރިކޮށް ދޫކުރާ ލޯނުތަކެއް ކަމަށްވާއިރު މީގެ ކުރިން 2020 ގައި ވެސް ވިޔަފާރިތަކަށް މި ލޯނު ދޫކުރި އެވެ. އީއައިބީ ކޮވިޑް ރިލީފް ލޯނު އަދި އިކޮނޮމިކް ސްޓިމިއުލަސް ލޯނު ކުރިން ލިބިފައިވާ ވިޔަފާރިތަކަށް މިފަހަރު ކުރިމަތި ނުލެވޭނެ އެވެ.

މި ފެސިލިޓީގެ ދަށުން ވިޔަފާރިތަކަށް ހަތް މިލިއަން ރުފިޔާއާ ހަމައަށް ފައިނޭންސް ދޫކުރުމަށް ހަމަޖެހިފައިވާއިރު މި ލޯނަށް ކަނޑައެޅިފައިވަނީ ހަ ޕަސެންޓުގެ އިންޓްރެސްޓު ރޭޓެއް ކަމަށް ބީއެމްއެލް އިން ބުނެ އެވެ. އަދި ލޯނަށް އަނބުރާ ފައިސާ ދެއްކުމަށް ކަނޑައަޅާފައި ވަނީ ހަތަރު އަހަރު ދުވަހުގެ މުއްދަތެކެވެ.

ބީއެމްއެލްގެ އިކޮނޮމިކް ސްޓިމިއުލަސް ލޯނާ ގުޅޭ އިތުރު މައުލޫމާތާއި ލޯނަށް އެދި ހުށަހެޅުމަށް ހަމަޖެހިފައިވާ ގޮތުގެ ތަފްސީލު ބޭންކުގެ ވެބްސައިޓުން ލިބޭނެ އެވެ. އަދި، ނޮވެމްބަރު 30، ގެ ނިޔަލަށް އެޕްލިކޭޝަން ހުށަހެޅޭނެ އެވެ.