Advertisement

އެމްޕީއެލްގެ ސްކޮލާޝިޕަށް އެދެން ތިން ވަނަ ފަހަރަށް ހުޅުވަލައިފި

17 ނޮވެންބަރު 2022 - 15:54 0

ނިމާ ހަސަން

ނިމާ ހަސަން


އެމްޕީއެލްގެ ސްކޮލާޝިޕަށް އެދެން ތިން ވަނަ ފަހަރަށް ހުޅުވަލައިފި

17 ނޮވެންބަރު 2022 - 15:54 0

މޯލްޑިވްސް ޕޯޓްސް ލިމިޓެޑުގެ ސްކޮލާޝިޕަށް އެދުމުގެ ފުރުސަތު ތިންވަނަ ފަހަރަށް ހުޅުވާލައިފި އެވެ.

ޖުމްލަ ހަތް ދާއިރާއަކުން ޑިގްރީ ލެވެލްގެ ކޯސްތަކަށް އެމްޕީއެލުން ސްކޮލާޝިޕް ދިނުމަށް ފުރަތަމަ އިއުލާން ކުރީ މިދިޔަ އޮގަސްޓު މަހު 15ގަ އެވެ. ނަމަވެސް، އެ މުއްދަތު ހަމަވީއިރު، އެކަށީގެންވާ މިންވަރަށް ހުށަހެޅުން ލިބިފައިނުވާތީ އޭގެ ތެރެއިން ހަތަރު ދާއިރާއެއްގެ ކޯސްތަކަށް ސްކޮލާޝިޕްގެ ފުރުސަތު ހުޅުވާލި އެވެ.

ދެވަނަ ފަހަރަށް ހުޅުވާލި ފުރުސަތުގައި ވެސް އެކަށީގެންވާ މިންވަރަށް ހުށަހެޅުން ނުލިބި އޭގެ ތެރެއިން ދެ ކޯހަކަށް ސްކޮލާޝިޕްގެ ފުރުސަތު ވަނީ އަލުން ހުޅުވާލާފަ އެވެ.

ދެފަހަރު އިއުލާނުކޮށްގެން ވެސް އެކަށީގެންވާ މިންވަރަށް ހުށަހެޅުން ލިބިފައި ނުވަނީ އިންޖީނިއަރިން ޓެކްނޮލޮޖީ އަދި އޮކިއުޕޭޝަނަލް ސޭފްޓީ އެންޑް ހެލްތު ދާއިރާގެ ކޯސްތަކަށެވެ. މި ދެ ކޯހަށް ވެސް އޭޝިޔާ ޕެސިފިކް ރީޖަންގެ ކޮންމެ ގައުމެއްގައި ވެސް ސްކޮލާޝިޕްގެ ދަށުން ކިޔެވުމުގެ ފުރުސަތު ވަނީ ހުޅުވާލާފަ އެވެ.

ފުލީ ފަންޑެޑް މި ސްކޮލާޝިޕްތަކަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ މިމަހުގެ 24 ވަނަ ދުވަހުގެ ނިޔަލަށެވެ.

ސްކޮލާޝިޕަށް އެދި ހުށަހެޅުމުގެ ޝަރުތުތަކުގެ ތެރޭގައި އޯލެވެލް/އައިޖީސީއެސްސީ/އެސްއެސްސީ އިމްތިހާނުގެ ފަސް މާއްދާއިން 'ސީ' އިން ފެށިގެން މަތީ ގްރޭޑެއް ހާސިލުކޮށްފައިވުން ނުވަތަ އޭލެވެލްގެ ތިން މާއްދާއިން 'އީ' އިން ފެށިގެން މަތީ ގްރޭޑެއް ހާސިލުކޮށްފައިވުން ހިމެނެ އެވެ. އަދި، އޯލެވެލްގައި އިނގިރޭސިން ފާހެއް ހާސިލުކޮށްފައި ނުވާނަމަ އިތުރު ގޮތަކުން އިނގިރޭސިން ފާހެއް ލިބިފައިވާން ޖެހެ އެވެ.

މި ސްކޮލާޝިޕްތަކާ ގުޅޭ އިތުރު މައުލޫމާތު ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ ވެބްސައިޓުން އަދި 3026966 ނަންބަރު އަދު 3026941 ނަންބަރުން ސާފު ކުރެވޭނެ އެވެ.