Advertisement

ޕިއުޑީޕައި ފަހަތަށް ވައްޓާލައި ޔޫޓިއުބްގެ އެންމެ ގިނަ ސަބްސްކްރައިބަރުން މިސްޓާ ބީސްޓަށް

17 ނޮވެންބަރު 2022 - 08:47 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

ޕިއުޑީޕައި (ކ) އަދި މިސްޓާ ބީސްޓް.


ޕިއުޑީޕައި ފަހަތަށް ވައްޓާލައި ޔޫޓިއުބްގެ އެންމެ ގިނަ ސަބްސްކްރައިބަރުން މިސްޓާ ބީސްޓަށް

17 ނޮވެންބަރު 2022 - 08:47 0

ޔޫޓިއުބްގައި އެންމެ ގިނަ މީހުން ސަބްސްކްރައިބްކޮށްފައިވާ ޗެނަލްގެ ގޮތުގައި އޮތް ޕިއުޑީޕައި ފަހަތަށް ވައްޓާލުމަށް ފަހު މިސްޓާ ބީސްޓް އެންމެ ކުރިއަށް ޖެހިއްޖެ އެވެ.

ސްވިޑަންގެ ކޮންޓެންޓް އުފައްދާ ފީލިކްސް ކްޖެލްބާގް ހިންގާ ޕިއުޑީޕައި ޗެނަލް އެންމެ ގިނަ މީހުން ސަބްސްކްރައިބްކޮށްފައިވާ ޔޫޓިއުބް ޗެނަލްގެ މަގާމް ހޯދީ އޯގަސްޓު 2013 ގަ އެވެ.

އޭގެ ފަހުން 2019 ވަނަ އަހަރު، ޕިއުޑީޕައި ވެގެން ދިޔައީ ފުރަތަމަ ފަހަރަށް 100 މިލިއަން ސަބްސްކްރައިބަރުން ލިބުނު ޗެނަލަށެވެ.

އެހެން ނަމަވެސް، ޖިމީ ޑޮނަލްޑްސަން ހިންގާ މިސްޓާ ބީސްޓް ޗެނަލްގައި އާއްމުންނަށް އެހީވުމަށް ގިނަ ކަންކަން ހިންގާތީ އޭނާގެ މަގްބޫލުކަން އިތުރުވި އެވެ.

މިހާރު އޭނާގެ ސަބްސްކްރައިބަރުންގެ އަދަދަކީ 112 މިލިއަނެވެ. ޕިއުޑީޕައި ޗެނަލްގެ ސަބްސްކްރައިބަރުންގެ އަދަދަކީ 111 މިލިއަނެވެ.

މިސްޓާ ބީސްޓްގެ ވީޑިއޯތަކުގައި ބޮޑެތި އަދަދުތަކުން ފައިސާގެ އިނާމާއި އެހެނިހެން އަގުހުރި ހަދިޔާ މީހުންނަށް ބަހަ އެވެ. އޭގެ އިތުރުން ހިލޭ ސާބަހަށް ކުރާ މަސައްކަތްތަކުގަައި ވެސް ބައިވެރިވެ އެވެ.

އޭނާގެ އެ މަސައްކަތްތަކަށް ހާއްސަ ވަކި ޔޫޓިއުބް ޗެނަލެއް ވެސް 2021 ގައި ލޯންޗުކުރި އެވެ. ދިހަ މިލިއަނަށް ވުރެ ގިނަަ ސަބްސްކްރައިބަރުން އެ ޗެނަލް ބަލަ އެވެ.

އޭގެ އިތުރުން އެމެރިކާގެ ފަގީރުންނަށް ކާބޯތަކެތި ފޯރުކޮށްދިނުމަށް ހާއްސަ އަމިއްލަ ޖަމިއްޔާއެއް ވެސް ރަޖިސްޓްރީކޮށްގެން އޭނާ ހިންގަ އެވެ.

މިސްޓާ ބީސްޓާއި ޔޫޓިއުބާ މާކް ރޯބާ ގުޅިގެން "ޓީމް ސީޒް" އަދި "ޓީމް ޓްރީޒް" ގެ ނަމުގައި ތިމާވެށި މައްސަލަތަކަށް ހާއްސަ ބައިނަލްއަގްވާމީ ކެމްޕެއިނެއް ފެށި އެވެ.

"ޓީމް ޓްރީޒް" ގެ ދަށުން ދުނިޔޭގެ އެކި ހިސާބުތަކުގައި 20 މިލިއަން ގަސް އިންދަން 24 މިލިއަން ޑޮލަރު އެއްކުރި އެވެ. އެ ޕްރޮޖެކްޓަށް ޕިއުޑީޕައިގެ ފަރާތުން 70،000 ޑޮލަރު ދިނެވެ.