Advertisement

ޔޫކްރެއިންގެ ބޮޑެތި ސިޓީތަކަށް އަނެއްކާވެސް މިސައިލް ހަމަލާތަކެއް ދީފި

16 ނޮވެންބަރު 2022 - 05:54 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

ކިޔެވްގެ އިމާރާތެއްގައި ރޯވެފައިވާ އަލިފާންގަނޑު ނިއްވާލަނީ. -- ފޮޓޯ: ރޮއިޓާޒް


ޔޫކްރެއިންގެ ބޮޑެތި ސިޓީތަކަށް އަނެއްކާވެސް މިސައިލް ހަމަލާތަކެއް ދީފި

16 ނޮވެންބަރު 2022 - 05:54 0

ޔޫކްރެއިންގެ ހާސަން ސިޓީއިން ރަޝިއާގެ ސިފައިން ފޭބިތާ ދުވަސްތަކެއް ފަހުން، އަނެއްކާވެސް ބޮޑެތި ސިޓީތަކަށް ރަޝިއާގެ މިސައިލް ހަމަލާތަކެއް ފޮނުވައިފި އެވެ.

ވެރިރަށް ކިޔެވްއަށް ވެސް ހަމަލާތަކެއް ދިން އިރު، މޭޔަރު ވިޓަލީ ކްލިޝްކޯ ވިދާޅުވީ ސިޓީގެ މެދުތެރޭގައި އާއްމުންގެ ދިރިއުޅޭ އިމާރާތްތަކަށް ގެއްލުން ލިބުނު ކަމަށެވެ.

އޭގެ އިތުރުން މައިކޮލާއީވް، ޗެރްނިހިވް އަދި ލްވިވް ފަދަ ސިޓީތަކަށް ވެސް ހަމަލާ ދިނެވެ. ކްލިޝްކޯ ވިދާޅުވީ ކިޔެވްއަށް ދިން ހަމަލާގައި މަދުވެގެން އެކަކު މަރުވި ކަމަށެވެ.

ޔޫކްރެއިންގެ 50 ޕަސެންޓު މީހުންނަށް މިހާރު ކަރަންޓު ނުލިބޭ ކަމަށާއި ކަރަންޓު ވިޔުގަ ބެލެންސް ކުރުމަށް ގަވާއިދުން ކަރަންޓު ކަނޑަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

ހާސަން ސިޓީއިން ރަޝިއާގެ ސިފައިން ފޭބީ މިދިޔަަ ހަފުތާގަ އެވެ. އެއީ ހަނގުރާމައިގައި ރަޝިއާއަށް ލިބުނު ބޮޑު ގެއްލުމެކެވެ. ކޮންމެ ފަހަރަކު ވެސް ރަޝިއާއަށް ގެއްލުމެއް ލިބިއްޖެ ނަމަ ވައިގެ ހަމަލާތަކުން ރައްދު ދެ އެވެ.