Advertisement

މިއީ ހަނގުރާމަ ނިންމަންވީ ވަގުތު: ޒެލެންސްކީ

15 ނޮވެންބަރު 2022 - 14:28 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

ޔޫކްރެއިންގެ ރައީސް ވޮލޮޑިމިރް ޒެލެންސްކީ. -- ފޮޓޯ: އީޕީއޭ


މިއީ ހަނގުރާމަ ނިންމަންވީ ވަގުތު: ޒެލެންސްކީ

15 ނޮވެންބަރު 2022 - 14:28 0

މިއީ ހަނގުރާމަ ނިންމަންވީ ވަގުތު ކަމަށް ޔޫކްރެއިންގެ ރައީށް ވޮލޮޑިމިރް ޒެލެންސްކީ ޖީ20 ސަމިޓަށް ފޮނުއްވި މެސެޖުގައި ވިދާޅުވެއްޖެ އެވެ.

އިންޑޮނީޝިއާގެ ބާލީގައި މިހާރު ކުރިއަށްދާ ޖީ20 ސަމިޓުގެ ލީޑަރުންނަށް ފޮނުއްވި ވީޑިއޯ މެސެޖުގައި ޒެލެންސްކީ ވަނީ ޔޫކްރެއިނަށް މުހިއްމު ގިނަ ކަންކަން ފާހަގަކުރައްވައިފަ އެވެ.

އެގޮތުން ޔޫކްރެއިންގެ ގޮދަން އެކްސްޕޯޓް ކުރުމަށް އެކުލަވާލި އެއްބަސްވުމުގެ މުއްދަތު އިތުރު ކުރުން ވަރަށް މުހިއްމުކަމެއްގެ ގޮތުގައި ފާހަގަކުރެއްވި އެވެ.

އެ އެއްބަސްވުމުގެ މުއްދަތު ނޮވެމްބަރު 19 ގައި ހަމަވާނެ އެވެ. އެއްބަސްވުމުގެ މުއްދަތު އިތުރު ކުރުމާ ގުޅޭ ގޮތުން މިހާތަނަށް ރަޝިއާއިން ވަކި އެއްޗެއް ނުބުނެ އެވެ.

ރަޝިއާއަކީ ޖީ20 ގެ މެމްބަރެކެވެ. އެހެން ނަމަވެސް، ރައީސް ލެޑިމިއަ ޕުޓިންގެ ބަދަލުގައި ސަމިޓުގައި ބައިވެރިވެވަޑައިގަންނަވަނީ ފޮރިން މިނިސްޓަރު ސާގެއި ލެވްރޯވް އެވެ.

"ރަޝިއާގެ އަނިޔާވެރި ހަނގުރާމަ ނިންމޭނެ ވަގުތަކީ މިއީކަން އަޅުގަނޑަށް ޔަގީން،" ޒެލެންސްކީ ވިދާޅުވި އެވެ. ޒެލެންސްކީގެ މެސެޖުގައި ތަކުރާރުކޮށް ވިދާޅުވަމުން ގެންދެވީ ރަޝިއާ އުނިކޮށް، ޖީ19 އެވެ.