Advertisement

މަސް ދޯނީގައި ފެން ފިނިކުރާ ނިޒާމާއި ސޯލާ ހަރުކުރަން ލޯނު ދެނީ

15 ނޮވެންބަރު 2022 - 07:09 0

ދޯނިފަހަރުން މަސް އައިނަކުން މަސް ބާނަނީ. -- ފޮޓޯ: ސާޖިން (ޒުވާން މަސްވެރިޔާ)


މަސް ދޯނީގައި ފެން ފިނިކުރާ ނިޒާމާއި ސޯލާ ހަރުކުރަން ލޯނު ދެނީ

15 ނޮވެންބަރު 2022 - 07:09 0

ބާނާ މަސް ތާޒާކަން މަތީ ބެހެއްޓުމަށްޓަކައި 200 ދޯންޏެއްގައި އާރްއެސްޑަބްލިޔޫ ސިސްޓަމް ނުވަތަ ވަތުގައި ފެން ފިނިކުރާ ނިޒާމާއި ސޯލާ ޕަވަ ސިސްޓަމް ގާއިމް ކުރަން އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) މެދުވެރިކޮށް ލޯނު ދޫކުރަން ސަރުކާރުން ނިންމައި، ފޯމް ހުށަހަޅަން ހުޅުވާލައިފި އެވެ.

ފިޝަރީޒް މިނިސްޓްރީން ބުނީ މި ޕްރޮގްރާމުގެ ބައިވެރިވުމުގެ ފުރުސަތު މި އަހަރުގެ ނިޔަލަށް އޮންނާނެ ކަމަށެވެ.

އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކް (އައިއެސްޑީ) އިން ފައިސާ ހޯދައިގެން ކުރިއަށް ގެންދާ މި ޕްރޮގްރާމުގެ މަގުސަދަކީ ފިޝަރީޒް މިނިސްޓްރީން ބުނި ގޮތުގައި، ސަރުކާރުގެ ނޫ އިގްތިސާދު ސިޔާސަތުގެ ދަށުން މަސްވެރިން ބާނާ މަސް ތާޒާކަން މަތީ ގިނަ ވަގުތު ބެހެއްޓޭނެ އިންތިޒާމު ފަހި ކޮށްދިނުމުގެ ގޮތުން އަދި މަސްވެރިކަމުގެ ފަހި މޫސުމުގައި އައިސް ނުލިބުމުގެ ސަބަބުން ދިމާވާ ދަތިތަކަށް ހައްލު ހޯދައިދީ މަސްވެރިކަމުން ލިބޭ ނަފާ އިތުރުކުރުމެވެ.

އަންނަ އަހަރު ކުރިއަށް ގެންދާ މި ޕްރޮގްރާމުގެ ފުރަތަމަ ފިޔަވަހީގައި ފެން ފިނިކުރާ ނިޒާމާއި ސޯލާ ހަރުކުރާނީ 100 ދޯންޏެއްގަ އެވެ.

ޕްރޮގްރާމުގައި ބައިވެރިވުމުގެ ޝަރުތު

  • ރަޖިސްޓަރީކޮށް، މަސްވެރިކަމުގެ ލައިސަންސް އޮތް އުޅަނދަކަށް ވުން
  • މިހާރު ވެސް މަސްވެރިކަން ކުރާ އުޅަނދަކަށް ވުން
  • 50 ފޫޓަށް ވުރެ ދިގު އުޅަނދަށްވުން
  • މަދުވެގެން 15 ޓަނުގެ މަސް ރައްކާ ކުރެވޭނެ ޖާގަ ހުރުން
  • އާރްއެސްޑަބްލިޔޫ ސިސްޓަމް ބެހެއްޓޭނެ ޖާގަ ހުރުން

މީގެ އިތުރުން، ލޯނަށް އެދި ހުށަހަޅާ ފަރާތުގެ އެހެން ލޯނެއް އޮތް ނަމަ، އެ ލޯނަށް ފައިސާ އަނބުރާ ދައްކަމުންދާ ގޮތް ނުވަތަ ދައްކާފައިވާ ގޮތަށް ރިޔާއަތް ކުރާނެ އެވެ.

ޕްރޮގްރާމު ކުރިއަށް ގެންދާނެ ގޮތް

ފެން ފިނިކުރާ ނިޒާމާއި ސޯލާ ހަރުކުރަން ޝައުގުވެރިވާ ފަރާތްތަކުން ލޯނަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައި ވާއިރު، މި ޕްރޮގްރާމުގެ ފުރަތަމަ މަރުހަލާގައި ބަލާނީ ހުށަހަޅާ މައުލޫމާތާއި މިނިސްޓްރީގައި ރިކޯޑްކުރެވިފައިވާ މައުލޫމާތުގެ މައްޗަށް ރިޔާއަތްކޮށް އުޅަނދާ ބެހޭ މައުލޫމާތާއި އެއުޅަނދަށް ބޭނުންވާ ފެން ފިނިކުރާ ނިޒާމު އަދި ސޯލާ ޕަވާ ކެޕޭސިޓީ ދެނެގަތުމެވެ.

އެއަށް ފަހު ހިޔާރު ކުރާ ފެން ފިނިކުރާ ނިޒާމަށް ބިނާކޮށް ލޯނުގެ މިންވަރު ކަނޑައަޅާނެ އެވެ. މި ޕްރޮގްރާމުގައި ފެންފިނިކުރާ ނިޒާމާއި ސޯލާ ހަރުކޮށް ދިނުމާއި ތަމްރީން ދިނުން ވެސް ހިމެނެ އެވެ.

ލޯނަށް އެދި ހުށަހަޅާނީ އެސްޑީއެފްސީގެ ޕޯޓަލް މެދުވެރިކޮށެވެ.