Advertisement

އެމްޓީވީ ޔޫރޮޕް އެވޯޑްގައި ޓެއިލާ ސްވިފްޓަށް ބޮޑު ކާމިޔާބެއް

15 ނޮވެންބަރު 2022 - 07:33 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

އެމްޓީވީ ޔޫރޮޕްގެ ހަތަރު އެވޯޑެއް ޓެއިލާ ސްވިފްޓަށް ލިބުނު. -- ފޮޓޯ: ރޮއިޓާޒް


އެމްޓީވީ ޔޫރޮޕް އެވޯޑްގައި ޓެއިލާ ސްވިފްޓަށް ބޮޑު ކާމިޔާބެއް

15 ނޮވެންބަރު 2022 - 07:33 0

އެމްޓީވީ ޔޫރޮޕް މިޔުޒިކް އެވޯޑްސްގައި ލަވަކިޔުންތެރިޔާ ޓެއިލާ ސްވިފްޓަށް ހަތަރު ޓްރޮފީ ލިބިއްޖެ އެވެ.

އޭނާގެ އެންމެ ފަހުގެ އަލްބަމް މިޑްނައިޓްސް ޗާޓުތަކުގެ އެންމެ ކުރީގައި އުޅޭ އިރު، އެމްޓީވީ ޔޫރޮޕް އެވޯޑުގެ އެންމެ މޮޅު އާޓިސްޓް އަދި އެންމެ މޮޅު ޕޮޕް ހުށަހެޅުން ވެސް ލިބުނެވެ.

އޭގެ އިތުރުން އެންމެ މޮޅު ވީޑިއޯ އާއި އެންމެ މޮޅު ލޯންގްފޯމް ވީޑިއޯ ލިބުނީ ޓެއިލާ ސްވިފްޓްގެ "އޯލް ޓޫ ވެލް (10 މިނިޓް ވާޝަަން" ލަވައަށެވެ.

އެމްޓީވީ ޔޫރޮޕް އެވޯޑްގެ އެހެން ޓްރޮފީތައް ލިބުނީ ހެރީ ސްޓައިލްސް، ބްލެކްޕިންކް އަދި ނިކީ މިނާޖް ފަދަ ތަރިންނަށެވެ.

މި ފަހަރު ލިބުނު ހަތަރު އެވޯޑާ އެކު ޓެއިލާ ސްވިފްޓަށް ލިބުނު އެމްޓީވީ ޔޫރޮޕް އެވޯޑުގެ ޖުމްލަ އަދަދު 12 އަށް އަރަ އެވެ. އޭނާގެ އިތުރުން 12 އެވޯޑު ލިބިފައި ވަނީ ލޭޑީ ގާގާ އަށެވެ.

ޖަރުމަނުވިލާތުގެ ޑުސެލްޑޯފްގައި އޮތް ހަފްލާ ހުށަހަޅައި ދިނީ ފިލްމު ޑިރެކްޓަރު ޓައިކާ ވައިޓީޓީ އާއި ޕޮޕް ތަރި ރީޓާ އޯރާ އެވެ.