Advertisement

ޖެފް ބެޒޯސްގެ ފަރާތުން ޑޮލީ ޕާޓަންއަށް 100 މިލިއަން ޑޮލަރު

15 ނޮވެންބަރު 2022 - 07:31 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

ޑޮލީ ޕާޓަންއަކީ މަގްބޫލު ލަވަކިޔުންތެރިއެއް. -- ފޮޓޯ: ގެޓީ އިމޭޖާޒް


ޖެފް ބެޒޯސްގެ ފަރާތުން ޑޮލީ ޕާޓަންއަށް 100 މިލިއަން ޑޮލަރު

15 ނޮވެންބަރު 2022 - 07:31 0

ބިލިއަނަރު ޖެފް ބެޒޯސްގެ ފަރާތުން ލަވަަކިޔުންތެރިޔާ ޑޮލީ ޕާޓަންއަށް 100 މިލިއަން ޑޮލަރުގެ އެވޯޑެއް ދީފި އެވެ.

ޑޮލީ ޕާޓަންއަށް އެ އެވޯޑު ދޭން ނިންމީ ބެޒޯސް އާއި އޭނާގެ ބައިވެރިޔާ ލޯރެން ސަންޗޭޒް އެވެ. ޑޮލީ ޕާޓަންއަކަށް އާއްމުންނަށް އެހީވުމަށް ގިނަ މަސައްކަތްތަކެއް ކުރާ ތަރިއެކެވެ.

"ބެޒޯސް ކަރެޖް އެންޑް ސިވިލިޓީ" އެވޯޑް އޭނާއަށް ދިނީ އެ މަސައްކަތުގެ އަގު ވަޒަން ކުރުމުގެ ގޮތުންނެވެ.

އެވޯޑް ދިނުމަށް ބޭއްވި ހަފުލާގެ ވީޑިއޯ އާއްމުކޮށްފައިވާ އިރު، އެ ހަފުލާގައި ޑޮލީ ޕާޓަން ވަނީ އެވޯޑާ އެކު 100 މިލިއަން ޑޮލަރު ލިބޭތީ ހައިރާންކަން ފާޅުކޮށްފަ އެވެ.

އޭނާ ބުނީ އެވޯޑާއެކު ލިބޭ ފައިސާއިން ގިނަ ބަޔަކަށް ފައިދާވާ ކަންކަން ކުރުމަށް ހިތްވަރާއެކު މަސައްކަތް ކުރާނެ ކަމަށެވެ.

ބެޒޯސްގެ ފަރާތުން ހާއްސަ އެވޯޑެއް ދޭން ފެށީ 2021 ވަނަ އަހަރު އެވެ. މީގެ ކުރިން އެވޯޑް ލިބުނު މީހުންގެ ތެރޭގައި އެކްޓިވިސްޓް ވޭން ޖޯންސް، ޗެފް އަދި ހިލޭ ސާބަހަށް މަސައްކަތްކޮށް "ވޯލްޑް ސެންޓްރަލް ކިޗަން" ގާއިމް ކުރި ހޯޒޭ އަންޑްރޭސް ހިމެނެ އެވެ. އެ ބަދިގެއަކީ ކާރިސާތައް ކުރިމަތިވާ ގައުމުތަކުގައި ހިލޭ ކެއުން ފޯރުކޮށްދޭން ހާއްސަ ތަނެކެވެ.

ޑޮލީ ޕާޓަންއަކީ ލަވަ ކިޔައި، ލަވަ ލިޔެ، އެކްޓުކޮށް، ވިޔަފާރި ހިންގާ އަދި ހިލޭ ސާބަހަށް ގިނަ މަސައްކަތްތަކެއް ކުރާ މީހެކެވެ. މިޔުޒިކް އިންޑަސްޓްރީގައި އެންމެ ފާހަގަކުރެވޭ "ރޮކް އެންޑް ރޯލް ހޯލް އޮފް ފޭމް" ގައި އޭނާގެ ނަން ހިމެނީ މި މަހުގެ ކުރީކޮޅު އެވެ.

އޭނާގެ ޑޮލީވުޑް ފައުންޑޭޝަނަކީ ދުނިޔޭގެ އެތަން މިތަނުގައި އުޅޭ ކުދިންނަށް ފޮތް ހަދިޔާ ކުރާ ޖަމިއްޔާއެކެވެ. އޭގެ އިތުރުން ކޮވިޑް ވެކްސިން ޖެހުމުގެ ކެމްޕެއިންގައި ހޭލުންތެރިކަން އިތުރު ކުރަން އޭނާ ބޮޑު މަސައްކަތްތަކެއް ކުރި އެވެ.

ކޮރޯނާވައިރަސް ދިރާސާ ކުރުމަށް ނޭޝްވިލްގެ ވެންޑެބިލްޓް ޔުނިވާސިޓީ މެޑިކަލް ސެންޓަރަށް އެއް މިލިއަން ޑޮލަރު އޭނާ ހަދިޔާކުރި އެވެ.