Advertisement

މަސައްކަތުގެ މާހައުލުގެ ސަލާމަތާއި ސިއްހީ ރައްކާތެރިކަމުގެ ބިލް މަޖިލީހަށް ހުށަހަޅަން ފޮނުވައިފި

14 ނޮވެންބަރު 2022 - 13:20 0

އައިޝަތު ނުޒުހާ

އައިޝަތު ނުޒުހާ

ބިދޭސީ މަސައްކަތްތެރިންތަކެއް މަސައްކަތުގައި--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު


މަސައްކަތުގެ މާހައުލުގެ ސަލާމަތާއި ސިއްހީ ރައްކާތެރިކަމުގެ ބިލް މަޖިލީހަށް ހުށަހަޅަން ފޮނުވައިފި

14 ނޮވެންބަރު 2022 - 13:20 0

ވަޒީފާ އަދާކުރާ މީހުންގެ ހައްގުތަކާ ގުޅޭ "އޮކިއުޕޭޝަނަލް ސޭފްޓީ އެންޑް ހެލްތު ބިލް" ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް އެޓާނީ ޖެނެރަލްގެ އޮފީހުން ފޮނުވައިފި އެވެ.

އެ އޮފީހުން މިއަދު ބުނީ ރާއްޖޭގައި މަސައްކަތްތެރިން މަސައްކަތްކުރާ މާހައުލުގެ ސަލާމަތްތެރިކަމާއި މަސައްކަތްތެރިންގެ ސިއްހީ ރައްކާތެރިކަން ކަށަވަރުކޮށް ދިނުމަށް ބޭނުންވާ އޮނިގަނޑު އެކުލެވޭ ބިލް ރައީސް އޮފީހަށް ފޮނުވާފައިވާ ކަމަށެވެ.

މި ބިލަކީ ސަރުކާރުގެ ސްޓްރެޓިކް އެކްޝަން ޕްލޭނުގައި ހިމަނާފައިވާ އަދި މި ސަރުކާރުން ވައުދުވެފައިވާ ސިޔާސަތުތަކާ ގުޅޭ ބިލެކެވެ. ބިލުގެ މަސައްކަތް ނިމި ގާނޫނަކަށް ބަދަލުވުމުން، ތަރައްގީވެފައިވާ ގައުމުތަކުން ވަޒީފާ އަދާކުރާ މީހުންނަށް ލިބޭ ގާނޫނީ ރައްކާތެރިކަން ލިބޭނެ މަގުފަހި ވެގެން ދާނެ އެވެެ.

ބިލު ހުށަހެޅުމުގެ މަގުސަދަކީ:

  • މަސައްކަތުގެ މާހައުލުގައި ދިމާވެދާނެ ނުރައްކާތަކާއި ގެއްލުންތަކުން ރައްކާތެރިކަން ފޯރުކޮށްދިނުމާ ގުޅޭ މައިގަނޑު އުސޫލުތައް ކަނޑައެޅުމާއި،
  • މަސައްކަތްތެރިންގެ ރައްކާތެރިކަން ކަށަވަރުކުރުމާ ގުޅޭ ގާއުމީ ސިޔާސަތު އެކުލަވާލުމާއި
  • މަސައްކަތްތެރިންގެ ސިއްހީ ދުޅަހެޔޮކަމާއި ސަލާމަތާ ގުޅޭގޮތުން ނިންމާ ނިންމުންތަކާއި ދިމާވާ މައްސަލަތައް ހައްލުކުރުމުގައި ބަސްބުނުމުގެ ހައްގު މަސައްކަތްތެރިންނަށް ހޯދައިދިނުމާއި،
  • މަސައްކަތުގެ މާހައުލުން މަސައްކަތްތެރިންނަށް ސިއްހީ ގެއްލުމެއް ނުވަތަ އަނިޔާއެއް ލިބިއްޖެނަމަ އަމަލުކުރާނެ އިޖުރާއަތުތައް ތަރައްގީވެފައިވާ މުޖުތަމައުތަކުގައި އަމަލުކުރަމުންދާ ގާނޫނީ އުސޫލުތަކާއި އެއްހަމައެއްގައި ކަނޑައެޅުމެވެ.

މި ބިލުގެ އިތުރުން ވަޒީފާ އަދާކުރާ މީހުންނަށް ގާނޫނު އަސާސީން ކަށަވަރުކޮށްދޭ މުހިންމު ހައްގުތައް ކަށަވަރުކޮށްދޭނެ ގާނޫނީ އޮނިގަނޑު އެކުލަވާލަން ފަހިކޮށްދޭ އިންޑަސްޓްރިއަލް ރިލޭޝަންސް ބިލް އެކުލަވާލުމުގެ މަސައްކަތް ވެސް ސަރުކާރުން އަންނަނީ ކުރަމުންނެވެ.