Advertisement

ކޮކާކޯލާގެ ބުއިންތައް ރާއްޖޭގައި އުފައްދާ ދަޅުގައި ފުރަތަމަ ފަހަރަށް ބަންދުކޮށް ބާޒާރަށް ނެރެފި

12 ނޮވެންބަރު 2022 - 15:29 0

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

މި ބަދަލާއެކު 330 އެމްއެލް އަދި 185 އެމްއެލްގެ ދަޅު ލިބެން ހުންނާނެ -- ފޮޓޯ: ކޮކާކޯލާ


ކޮކާކޯލާގެ ބުއިންތައް ރާއްޖޭގައި އުފައްދާ ދަޅުގައި ފުރަތަމަ ފަހަރަށް ބަންދުކޮށް ބާޒާރަށް ނެރެފި

12 ނޮވެންބަރު 2022 - 15:29 0

ކޮކާކޯލާގެ ބުއިންތައް ރާއްޖޭގައި އުފައްދާ ދަޅުގައި ފުރަތަމަ ފަހަރަށް ބަންދުކޮށް ބާޒާރަށް ނެރެފި އެވެ.

ދަޅު އުފެއްދުމާއި ބަންދުކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނީ ކ. ތުލުސްދޫގައި ހުންނަ މާލޭ އެރޭޓެޑް ވޯޓާ ކޮމްޕެނީގެ ބޮޓުލިން ޕްލާންޓުގަ އެވެ. އަލަށް ގާއިމުކުރި މި އިންވެސްޓްމެންޓާއެކު ކޮކާކޯލާ، ކޮކާކޯލާ ޒީރޯ ޝުގާ، ޑައިޓު ކޯކު، ސްޕްރައިޓު، ފެންޓާ އޮރެންޖު، ފެންޓާ ސްޓުރޯބެރީ އަދި ޝްވެޕްސްގެ ބުއިންތައް މިހާރު 330 އެމްއެލް އަދި 185 އެމްއެލްގެ ދަޅުގައި ލިބެން ހުންނާނެ އެވެ.

މާލޭ އެރޭޓެޑް ވޯޓާ ކޮމްޕެނީގެ މެނޭޖިން ޑިރެކްޓަރު ސަންޖޭ މަނިކު ވިދާޅުވީ އެ ކުންފުނީގެ މައިގަނޑު މަގުސަދަކީ އާ އިންވެސްޓުމަންޓުތަކުން އިގްތިސާދީ ފުރުސަތުތަކެއް ތަނަވަސް ކޮށްދިނުން ކަމަށެވެ.

ކަސްޓަމަރުންނާއި ފަތުރުވެރިކަމުގެ ސިނާއަތަށް ރަނގަޅު ހިދުމަތްތަކެއް ފޯރުކޮށްދިނުމުގެ މަސައްކަތުގައި އަޅުގަނޑުމެން ދެމިތިބޭއިރު، އަޅުގަނޑުމެންގެ ޕެކޭޖިންގެ ވަށައިގެން ވަށާޖެހޭ އިގްތިސާދީ ވިސްނުމެއް އާލާކޮށް، ރާއްޖޭގައި ޕްލާސްޓިކް ކުނީގެ މައްސަލަ ހައްލުކުރެވޭނެ ގޮތްތައް ހޯދުމުގައި ވެސް ސަރުކާރާ ގުޅިގެން މަސައްކަތް ކުރަން ބޭނުންވޭ،" އޭނާ ވިދާޅުވިއެވެ.

ޕްލާސްޓިކު ކުނީގެ މައްސަލައަށް ހައްލެއް ހޯދައި އެ ކުންފުނީގެ ޕެކޭޖިން ބޭނުންކުރުމުގައި ވަށާޖެހޭ އިގްތިސާދެއް އުފެއްދުމަށްޓަކައި އަންނަނީ މުހިއްމު ފިޔަވަޅުތަކެއް އަޅަމުންނެވެ.

އެގޮތުން ދާދި ފަހުން ވަނީ މަޝްހޫރު ސްޕްރައިޓު ފުޅީގެ ބަދަލުގައި ބޭނުންކުރުމަށް ފަހު ރީސައިކަލް ކުރުމުގެ ފުރުސަތު ބޮޑު، އެތެރެ ނުފެންނަ ފުޅިއަކަށް ބަދަލުކޮށްފަ އެވެ. އޭގެއިތުރުން އެ ކުންފުނީގެ ތަފާތު ބުއިންތައް މިހާރު ވެސް ބިއްލޫރި ފުޅީގައި ލިބެން ހުރެ އެވެ.

ކޮކާކޯލާގެ ތަފާތު އުފެއްދުންތައް ރާއްޖޭގައި ވިއްކަމުން އަންނަތާ 32 އަށްވުރެ ގިނަ ދުވަސްް ވަނީ ވެފައި -- ފޮޓޯ:ކޮކާކޯލާ


ޕެކޭޖިން ބަދަލުކުރުމުގެ އިތުރުން ޕްލާސްޓިކު ކުނި ނައްތާލުމަށް އަމަލީ ގޮތުން ހައްލު ހޯދުމުގައި ހަރަކާތްތެރިވާ ޖަމިއްޔާ ޖަމާއަތްތަކާއެކު ވެސް ކޮކާކޯލާ އިން ވަނީ ވަރުގަދަ ޕާޓުނަޝިޕެއް ގާއިމްކޮށްފަ އެވެ.

މި ޕާޓުނާޝިޕުގެ ދަށުން ކޮކާކޯލާގެ ބައިވެރިންނާއެކު ކުރެވޭ މަސައްކަތްތަކުގެ ތެރެއިން ސައްތައިން ސައްތަ ރިސައިކަލް ކުރެވޭ ޕެޓް ޕްލާސްޓިކް ޕެކޭޖިންއަށް އާ ދިރުމެއް ގެނެސްދެ އެވެ. މި މަސައްކަތްތަކުގެ ސަބަބުން ޕްލާސްޓިކަށް ވަށާޖެހޭ އިގްތިސާދެއް ގާއިމުކޮށް، މީހުންގެ ދިރިއުޅުމަށާއި މުޖުތަމައުތަކަށާއި ދުނިޔެއަށް ބަދަލުތަކެއް އަންނާނެ، އެންމެންނަށް ފައިދާ ލިއްބައިދޭ މުސްތަގުބަލެއް ގާއިމުކުރުމަށް ކޮކާކޯލާއިން ގެންގުޅޭ ވިސްނުމަށް އެހީތެރިވެދޭ ކަމަށް އެ ކުންފުނިން ބުނެ އެވެ.

ކޮކާކޯލާ އުފައްދަން ފެށިތާ 136 އަހަރު ވެފައިވާއިރު، އެ ބުއިންތައް ރާއްޖޭގައި އުފައްދަން ފެށީ މީގެ 32 އަހަރު ކުރިންނެވެ.