Advertisement

އަންނަ ހަފުތާގައި ބައިޑެން އާއި ޝީ ބައްދަލުކުރައްވަނީ

12 ނޮވެންބަރު 2022 - 05:36 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

އެމެރިކާގެ ރައީސް ޖޯ ބައިޑެން އަދި ޗައިނާގެ ރައީސް ޝީ ޖިންޕިން. -- ފޮޓޯ: ގެޓީ އިމޭޖާޒް


އަންނަ ހަފުތާގައި ބައިޑެން އާއި ޝީ ބައްދަލުކުރައްވަނީ

12 ނޮވެންބަރު 2022 - 05:36 0

އަންނަ ހަފުތާގައި އެމެރިކާގެ ރައީސް ޖޯ ބައިޑެން އާއި ޗައިނާގެ ރައީސް ޝީ ޖިންޕިން ބައްދަލުކުރައްވާ އިރު، އެންމެ ބޮޑު ކަމަކަށް މަޝްވަރާ ކުރާނީ ޓައިވާނާ ގުޅޭ ގޮތުން ކަމަށް ބެލެވިއްޖެ އެވެ.

މިއީ 2020 ވަނަ އަހަރު ބައިޑެން ރައީސް ކަމަށް ވަޑައިގެންނެވި ފަހުން ޝީއާ ސީދާ ބައްދަލުކުރައްވާ ފުރަތަމަ ފަހަރެވެ. އެހެން ނަމަވެސް، ކުރިން ނައިބު ރައީސްގެ މަގާމުގައި ބައިޑެން ހުންނެވި އިރު ވެސް ޝީއާ ބައްދަލުކުރެއްވި އެވެ.

ދެ ލީޑަރުންގެ ބައްދަލުވުމަށް ތައްޔާރުވަމުންދާ މި ދަނޑިވަޅުގައި އެމެރިކާ އާއި ޗައިނާގެ ގުޅުމަށް ވަނީ އަސަރުކޮށްފަ އެވެ. އެގޮތުން ޓައިވާނުގެ މައްސަލައިގައި އޮތް ނުތަނަވަސްކަން ބޮޑެވެ.

އޭގެ އިތުރުން އެމެރިކާގެ ކޮމްޕިއުޓާ ޗިޕް ޓެކްނޮލޮޖީއަށް އެކްސެސްވުމުގައި ޗައިނާއަށް ދަތިވާނެ ގޮތަށް އެމެރިކާއިން ދާދި ފަހުން ފިޔަވަޅުތައް އެޅި އެވެ.

ޗައިނާގައި އުފައްދާ ފޯނާއި ކަރަންޓު ކާރު ފަދަ ތަކެއްޗަށް އެ ޓެކްނޮލޮޖީ ވަރަށް މުހިއްމެވެ. އެހެންކަމުން، އެމެރިކާގެ ފިޔަވަޅުތަކުގެ އަސަަރު ޗައިނާގެ އިގްތިސާދަށް ދަނީ ކުރަމުންނެވެ.

ޝީ އާއި ބައިޑެން ބައްދަލުކުރައްވާނީ އަންނަ ހޯމަ ދުވަހު ބާލީގައި ޖީ20 ސަމިޓު ފެށުމުގެ ކުރިންނެވެ.