Advertisement

ހާސަން ސިޓީއިން ރަޝިއާ ސިފައިން ފައިބަން ނިންމައިފި

10 ނޮވެންބަރު 2022 - 13:41 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

ޔޫކްރެއިން ހަނގުރާމައިގައި އިސްކޮށް އުޅޭ ރަޝިއާ ސިފައިންގެ ވެރިން. -- ފޮޓޯ: ރަޝިއާ ޑިފެންސް މިނިސްޓްރީ


ހާސަން ސިޓީއިން ރަޝިއާ ސިފައިން ފައިބަން ނިންމައިފި

10 ނޮވެންބަރު 2022 - 13:41 0

ޔޫކްރެއިންގެ ހާސަން ސިޓީއިން ރަޝިއާގެ ސިފައިން ފޭބުމަށް ނިންމައިފި އެވެ.

ޔޫކްރެއިން ހަނގުރާމައިގައި އިސްކޮށް އުޅޭ ރަޝިއާގެ ކޮމާންޑަރު ޖެނެރަލް ސާގެއި ސުރޮވިކިން ވިދާޅުވީ އެ ސިޓީގައި ތިބުމަށް އިތުރަށް ސަޕްލައި ލިބޭނެ ގޮތެއް ނެތް ކަމަށެވެ.

އެހެންކަމުން، ޑްނީޕްރޯ ކޯރުގެ ހުޅަނގު އައްސޭރިފަށުގެ އެއްވެސް ހިސާބެއްގައި ދެން ރަޝިއާގެ ސިފައިން ނުތިބޭނެ އެވެ.

ހާސަން އާއި އިތުރު ތިން ސަރަހަދެއް ރަޝިއާގެ ދަށަށް ގެންގޮސްފައިވާ ކަމަށް އިއުލާން ކުރީ ސެޕްޓެމްބަރު މަހުގެ ފަހުކޮޅު ރައީސް ލެޑިމިއަ ޕުޓިން އެވެ.

ކްރައިމިއާއާ ދިމާލުން ޔޫކްރެއިނަށް އަރައި ރަޝިއާގެ ސިފައިން ހާސަން ސިޓީއަށް ވަނީ މާޗް މަހުގެ ކުރީކޮޅު އެވެ.

އެ ސިޓީއިން ރަޝިއާގެ ސިފައިން ފައިބާނެ ކަމަށް ބުނުމުން، ޔޫކްރެއިނުން ބުނީ އެކަން ގަބޫލުކުރެވޭނީ އަމަލުން ފެނުމުން ކަމަށެވެ.

މިއީ ހާރްކީވް ސިޓީ ވަށައިގެންވާ ހިސާބުތައް ޔޫކްރެއިން ސިފައިން އަލުން ހޯދި ފަހުން ހަނގުރާމައިގައި ރަޝިއާއަށް ލިބުނު އެންމެ ބޮޑު ގެއްލުމެވެ.

ހާސަންއިން ރަޝިއާގެ ސިފައިން ފައިބާނެކަން އިއުލާނު ކުރުމުގެ ކުޑަ އިރުކޮޅެއް ކުރިން ރަޝިއާގެ ނޫސްތަކުން ބުނީ އެ ސިޓީއަށް ރަޝިއާއިން އައްޔަނު ކުރި ޑެޕިއުޓީ ލީޑަރު ކިރިލް ސްޓްރެމޮސޯވް ކާރު އެކްސިޑެންޓެއްގައި މަރުވެފައިވާ ކަމަށެވެ.

އެ ސިޓީއިން ރަޝިއާގެ ފޭބުމުގެ ކުރިން، ފާއިތުވި ހަފުތާތަކުގެ ތެރޭގައި އެތައް ހާސް އާއްމުން ވެސް ސިޓީއިން ފޮނުވާލި އެވެ. ޔޫކްރެއިނުން ބުނީ އެއީ ގަދަކަމުން ޑީޕޯޓު ކުރުން ކަމަށެވެ.