Advertisement

ކެނެޑާގެ އިންތިހާބުތަކަށް ޗައިނާއިން ނުފޫޒު ފޯރުވާކަމުގެ ތުހުމަތު

8 ނޮވެންބަރު 2022 - 13:25 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

ކެނެޑާގެ ބޮޑު ވަޒީރު ޖަސްޓިން ޓްރޫޑޯ. -- ފޮޓޯ: ގެޓީ އިމޭޖާޒް


ކެނެޑާގެ އިންތިހާބުތަކަށް ޗައިނާއިން ނުފޫޒު ފޯރުވާކަމުގެ ތުހުމަތު

8 ނޮވެންބަރު 2022 - 13:25 0

ކެނެޑާގެ އިންތިހާބުތަކަށް ޗައިނާއިން ނުފޫޒު ފޯރުވަން މަސައްކަތް ކުރާ ކަމަށް ބޮޑު ވަޒީރު ޖަސްޓިން ޓްރޫޑޯ ތުހުމަތު ކުރައްވައިފި އެވެ.

ޑިމޮކްރަސީއަށް "ހަމަލާދޭ ގޭމުތައް" ޗައިނާއިން ކުޅެމުންދާ ކަމަށާއި ކެނެޑާގެ އިދާރާތަކަށް ޗައިނާއިން އަމާޒު ކުރާ ކަމަށް ޓްރޫޑޯ ތުހުމަތު ކުރެއްވި އެވެ.

ކެނެޑާގެ ނޫސްތަކުން ރިޕޯޓު ކުރާ ގޮތުގައި އެންމެ ފަހުން ބޭއްވި އިންތިހާބުތަކުގައި ޗައިނާ ސަރުކާރުގެ އެއްބާރުލުމާ އެކު ވާދަކުރި ކެންޑިޑޭޓުންގެ "ބޮޑު ނެޓްވޯކެއް" ޖާސޫސީ އިދާރާއަށް ފާހަގަވި އެވެ.

ނޫސްތަކިން ބުނީ 2019 ގެ ފެޑެރަލް އިންތިހާބުތަކުގައި މަދުވެގެން 11 ކެންޑިޑޭޓުން ވާދަކުރީ ޗައިނާގެ ތާއީދާ އެކުގައި ކަމަށް އޮފިޝަލުން ޓްރޫޑޯއަށް އަންގަވާފައިވާ ކަމަށެވެ.

ނަން ހާމަނުކުރާ ޖާސޫސީ އޮފިޝަލުންނާ ހަވާލަދީ ގްލޯބަލް ނިއުސްއިން ބުނީ ޗައިނާއިން އެ ކެންޑިޑޭޓުންނަށް ހަރަދު ކުރި ކަމަށާއި ކެމްޕެއިން އެޑްވައިޒަރުންގެ ގޮތުގައި ވެސް ޗައިނާގެ އޭޖެންޓުން އުޅުނު ކަމަށެވެ.

އިންތިހާބަށް ނުފޫޒު ފޯރުވުމަށް އޮޕަަރޭޝަން ހިންގީ ޓޮރޮންޓޯގައި ހުންނަ ޗައިނާގެ ކޮންސިއުލޭޓް މެދުވެރިވެގެން ކަމަށް ވެސް އޮފިޝަލުން ތުހުމަތު ކުރި އެވެ.

އެ ތުހުމަތުތަކާ ގުޅިގެން ޗައިނާއިން ވަކި އެއްޗެއް ނުބުނެ އެވެ.

އިންތިހާބަށް ނުފޫޒު ފޯރުވުމުގެ މައްސަލަ ފެންމަތިވެފައިވާ އިރު، ގާނޫނާ ހިލާފަށް ކެނެޑާގެ ފަސްގަނޑުގައި ޗައިނާގެ "ޕޮލިސް" ސްޓޭޝަންތައް ހިންގާ ކަމަށް ވެސް އިދާރާތަކުން ތުހުމަތު ކުރެ އެވެ.

ރިޕޯޓުތައް ބުނާ ގޮތުން "ޕޮލިސް" ސްޓޭޝަންތަކުގެ މައްސަލައިގައި ތަހުގީގެއް ވަނީ ފަށައިފަ އެވެ. ކެނެޑާގެ އިތުރުން ޔޫރަޕްގެ ބައެއް ގައުމުތަކުން ވެސް އެ ތުހުމަތު ކުރެ އެވެ.