Advertisement

އިރާނުން ދޮގު ހަދާ ކަމަށް ޔޫކްރެއިންގެ ރައީސް ތުހުމަތުކޮށްފި

6 ނޮވެންބަރު 2022 - 14:45 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

ހުޅަނގުގެ ގައުމުތަކުން ތުހުމަތު ކުރާ ގޮތުގައި އިރާނުން ދަނީ ރަޝިއާއަށް ޑްރޯން ފޯރުކޮށްދެމުން. -- ފޮޓޯ: ރޮއިޓާޒް


އިރާނުން ދޮގު ހަދާ ކަމަށް ޔޫކްރެއިންގެ ރައީސް ތުހުމަތުކޮށްފި

6 ނޮވެންބަރު 2022 - 14:45 0

އިރާނުން ދޮގު ހަދައި "ޓެރަރިސްޓުންނަށް އެއްބާރުލުން ދެމުންދާ" ކަމަށް ޔޫކްރެއިންގެ ރައީސް ވޮލޮޑިމިރް ޒެލެންސްކީ ތުހުމަތު ކުރައްވައިފި އެވެ.

އިރާނުން ރަޝިއާއަށް ޑްރޯން ސަޕްލައި ކުރާ ކަމަށް ހުޅަނގުގެ ގައުމުތަކުން ބުނެ އެވެ. އިރާނުން އެ ވާހަކަ ދޮގުކޮށް ބުނީ ޑްރޯން ފޯރުކޮށްދިނީ ޔޫކްރެއިން ހަނގުރާމަ ފެށުމުގެ ކުރިން ކަމަށެވެ.

އިރާނުން ފޯރުކޮށްދިން "ކަމިކަޒޭ" ޑްރޯން ބޭނުންކޮށް ޔޫކްރެއިނަށް ދިން ހަމަލާތަކަށް ފަހު އެ ގައުމުގެ ބޮޑު ބަޔަކުން އޮތީ ކަރަންޓު ކެނޑިފަ އެވެ.

އިރާނުން ޑްރޯންތައް ދިނީ ހަނގުރާމައިގެ ކުރިން ކަމަށް ބުނުމުން، ޔޫކްރެއިންގެ ރައީސް ޒެލެންސްކީ ވިދާޅުވީ އެ ގައުމުން ދޮގު ހަދަމުންދާ ކަަމަަށާއި "ޓެރަަރިސްޓް" ރަޝިއާއަށް އެހީވަމުންދާ ކަަމަށެވެ.

އޭނާ ވިދާޅުވީ ޔޫކްރެއިނުން ކޮންމެ ދުވަހަކު ވެސް އިރާނުގެ 10 ޑްރޯނަށް ހަމަލާދީ ވައްޓާލާ ކަމަށެވެ. އެކަމަކު އިރާނުން ބުނީ ރަޝިއާއަށް ވިއްކީ މަދު އަދަދެއްގެ ޑްރޯން ކަމަށެވެ.

ޑްރޯންތަކުގެ މައްސަލައިގައި އެމެރިކާ، އީޔޫ އަދި އިނގިރޭސިވިލާތުން އިރާނާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އެޅި އެވެ.