Advertisement

16 އަހަރުން މަތީގެ ޓޫރިސްޓުންނަށް ހާއްސަކޮށް "ޓުއި ބްލޫ އޮޅުވެލި ރޮމޭންސް" ހުޅުވައިފި

6 ނޮވެންބަރު 2022 - 13:05 0

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

އޮޅުވެލި ފަޅުގައި ހުޅުވި ތިންވަނަ ރަށް؛ އެ ރިސޯޓު ހިންގާނީ ސަން ސިޔާމް އޮޅުވެލި މޯލްޑިވްސް އާއި ޓުއި ބްލޫ ގުޅިގެން --ފޮޓޯ: ޓުއި


16 އަހަރުން މަތީގެ ޓޫރިސްޓުންނަށް ހާއްސަކޮށް "ޓުއި ބްލޫ އޮޅުވެލި ރޮމޭންސް" ހުޅުވައިފި

6 ނޮވެންބަރު 2022 - 13:05 0

ޖަރުމަނުގެ މަޝްހޫރު ޓުއި ގްރޫޕުގެ ދަށުން ހިންގަމުން އަންނަ "ޓުއި ބްލޫ" ހޮޓެލް ޗެއިންގެ ރިސޯޓެއް ރާއްޖޭގައި ފުރަތަމަ ފަހަރަށް ހުޅުވައިފި އެވެ.

"ޓުއި ބްލޫ އޮޅުވެލި ރޮމޭންސް" ގެ ނަމުގައި މި ރިސޯޓު ތަރައްގީކޮށް ހުޅުވާފައި ވަނީ ދެކުނު މާލެ އަތޮޅުގައި ސަން ސިޔާމް އޮޅުވެލި ރިސޯޓުގެ ފަޅުތެރޭގައި ވަކިން ރަށެއް ހިއްކައިގެންނެވެ. މި ރިސޯޓު ހިންގާނީ ޓުއި ގްރޫޕުންނެވެ.

މި ރިސޯޓު ތަރައްީކޮށްފައި ވަނީ "އެޑަލްޓް އޮންލީ" ކޮންސެޕްޓަށް ކަމުން ޗުއްޓީ ހޭދަކުރުމަށް އެ ރިސޯޓަށް ދެވޭނީ އުމުރުން 16 މަތީގެ ޓޫރިސްޓުންނަށެވެ.މާލޭން ފުރައިގެން 45 މިނެޓުން ދެވޭ ޓުއި ބުލޫ އޮޅުވެލި ރޮމޭންސްގައި ލޯކަލް އަދި އިންޓަނޭޝަނަލް ރަހަތައް ލިބޭ ފަސްޓު ކުލާހުގެ ފަސް ރެސްޓޯރެންޓު ހުންނާނެ އެވެ.

އަދި، ޒަމާނީ ފެންވަރަށް ތަރައްގީކޮށްފައިވާ ޕްރައިވެޓް ޕޫލް ހިމެނޭ ރެސިޑެންޓަލް ވިލާގެ އިތުރުން މޫދަށް ލޯބިކުރާ ފަރާތްތަކަށް ހާއްސަ ޕްރައިވެޓް ޕޫލް ހިމެނޭ ވޯޓާ ވިލާތައް ހިމެނޭހެން ޖުމްލަ 111 ވިލާ ހުރެ އެވެ. އޭގެ އިތުރުން ސްޕާގެ ހިދުމަތާއި، ފިޓްނެސް ހިދުމަތް ލިބޭ ޖިމެއްގެ އަދި ޕްރައިވެޓް ބީޗެއް ވެސް އެ ރިސޯޓުގައި އޮވެ އެވެ.

ފުލް ބޯޑު ނުވަތަ އޯލްއިންކުލޫސިވް ޕެކޭޖުތައް ވެސް ލިބެން ހުރި އެ ރިސޯޓުގައި ހިންގާ އެކިއެކި ހަރަކާތްތަކާ ބެހޭ މައުލޫމާތާއި، ޓޭބަލް ރިޒަވޭޝަން ހެއްދުމާއި، ރެސްޓޯރެންޓުތަކުގެ މެނޫގެ އިތުރުން ސްޕާގެ ބުކިން ޓުއި ބުލޫގެ އެޕު މެދުވެރިކޮށް ހެއްދޭނެ އެވެ.

ފަތުރުވެރިކަމުގެ ވިޔަފާރީގެ ތެރެއަށް 1997، ގައި ވަތް، ޓުއި ގުރޫޕުން ބައިނަލްއަގުވާމީ ފެންވަރުގައި ޓުރެވެލް އޭޖެންސީތަކާއި، ހޮޓެލް ޗެއިންތަކާއި، ކުރޫސް ލައިނަރުގެ އިތުރުން ޔޫރަޕުގައި ފަސް އެއާލައިން ވެސް އޮޕަރޭޓު ކުރެ އެވެ.

ރާއްޖޭގައި އަލަށް ހުޅުވި ޓުއި ބުލޫ އޮޅުވެލި ރޮމޭންސަކީ އެތަނަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް ހިތްހަމަޖެހޭ އުފާވެރި މަންޒިލަކަށް ވާނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.