Advertisement

ބައިނަލްއަގުވާމީ އެނެސްތީޝިއާ ދުވަސް: އެނގުން މުހިންމު ކަންކަން

16 އޮކްޓޯބަރު 2022 - 21:42 1

އަހުމަދު އާއިދު

އަހުމަދު އާއިދު

އޭޑީކޭ ހޮސްޕިޓަލުގައި ކުރިއަށްގެންދިޔަ ސާޖަރީއެއްގެ ތެރެއިން : މި އަހަރު އެނެސްތީޝިއާ ދުވަހުގެ މައިގަނޑު ފޯކަސް އަކީ މެޑިކޭޝަނަލް ސޭފްޓީ -- ފޮޓޯ: އޭޑީކޭ


ބައިނަލްއަގުވާމީ އެނެސްތީޝިއާ ދުވަސް: އެނގުން މުހިންމު ކަންކަން

16 އޮކްޓޯބަރު 2022 - 21:42 1

މިއަދު ދުނިޔޭގެ އެނެސްތީޝިއާ ދުވަސް ފާހަގަ ކުރަމުންދާއިރު އެކަމާ ބެހޭ ރަނގަޅު މައުލޫމާތު އިނގުމަކީ ވަރަށް ވެސް މުހިންމު ކަމެކެވެ. އަމިއްލަ މީހާ ނުވަތަ ކައިރީގައި އުޅޭ މީހުންގެ ސަލާމަތަށް ވެސް މިކަމުގެ ބޭސިކް މައުލޫމާތުތައް އިނގުން އެއީ ފުރާނައަށް ރައްކަލަކަށްވާ ފަހަރުވެސް އައިސްދާނެ އެވެ.

އެނެސްތީޝިއާ ދިނުމުގައި ޑޮކްޓަރުންނަށް ސައްހަ މައުލޫމާތު ދިނުމަކީ އެންމެ މުހިންމު އެއް ކަމެވެ. ނަފްސާނީ ބަލިތަކަށް ކުރާ ބޭހާއި އެހެން ޒާތީ މައުލޫމާތަކީވެސް އެ ޑޮކްޓަރުންގެ ކިބައިން ސިއްރުކުރެވިގެން ވާނެ ކަންކަމެއް ނޫނެވެ. ސަބަބަކީ އެނެސްތީޝިއާ ނުވަތަ ހޭނެއްތުމަށް ދޭ ބޭހުގެ ޑޯސޭޖު ބިނާވަނީ މި ހުރިހާ ކަމެއްގެ މައްޗަށް ކަމަށްވާތީ އެވެ.

"ރަނގަޅަށް މައުލޫމާތު ނުދެވުނީމަ އޮޕަރޭޝަން ތިއޭޓަރަށް ގެންގޮސްފަ އަސްލު އެޑެކުއޭޓް (ބޭނުންވާ) ޑޯސް އެއް ދޭން ނޭނގޭނެ" އޭޑީކޭ ހޮސްޕިޓަލުގެ އެނެސްތީޝިއާ ޑިޕާޓުމެންޓުގެ ހެޑު ޑރ. ދުސޫމާ އަބްދުލް ރައްޒާގު އެނެސްތީޝިއާ ދުވަހާއި ގުޅިގެން "އަދަދު" އަށް ދެއްވި އިންޓަވިއުގައި ވިދާޅުވި އެވެ.

ޑރ. ދުސޫމާ އިތުރަށް ވިދާޅުވީ މަސްތުވާތަކެތި ބޭނުންކުރާ މީހުން އަދި ނަފްސާނީ ބަލިތަކަށް ބޭސް ބޭނުންކުރާ މީހުން އާންމުކޮށް އެ މައުލޫމާތުތައް ހިއްސާކުރުން މަދު ކަމަށެވެ. އެގޮތުން ރަނގަޅު ނޫން ޑޯޒެއް ނުދެވުމުގެ ސަބަބުން ދިމާވާ ކޮމްޕްލިކޭޝަންސްގެ ސަބަބުން ފުރާނައަށް ނުރައްކާވުމުގެ ޖާގަވެސް އޮންނަ ކަމަށް ވިދާޅުވި އެވެ.

"އެނެސްތެޓިސްޓުންނަށް އެ މައުލޫމާތުތައް ސިއްރުކޮށްގެން ނުވާނެ" ޑރ. ދުސޫމާ

އޭގެ އިތުރުން ޑރ. ދުސޫމާ ވިދާޅުވީ މިހާރު އެނެސްތީޝިއާ ވަކި ސައިންސެއްގެ ގޮތުގައި ކިޔަވައިދޭއިރު އެކަމަށް ހާއްސަ ޑޮކްޓަރުން ތިއްބެވި ކަމަށެވެ. އަދި، އޮޕަރޭޝަން އެއް ފެށިގެން ނިމި، ބަލިމީހާ ސްޓޭބަލް ވުމާއި ހަމައަށް އޭނާގެ ކަންކަން އެންމެ ކައިރިން ބަލަމުން ގެންދާނީ އެނެސްތިސްޓުން ކަމަށްވެސް ވިދާޅުވި އެވެ.