Advertisement

ދިރާގުން ސަޅި ޑޭޓާ ޕްލޭނެއް، ދުވާލަކު 6 ޖީބީ ޑޭޓާ

24 އޮކްޓޯބަރު 2022 - 17:48 0

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

ދިރާގުން އަލަށް ތައާރަފު ކުރި 'ސަޅި ކުއާޓާލީ' ޕްލޭނުން 90 ދުވަސް ވަންދެން ކޮންމެ ދުވަހަކު 6 ޖީބީގެ ޑޭޓާ ލިބޭނެ -- ފޮޓޯ: ދިރާގު


ދިރާގުން ސަޅި ޑޭޓާ ޕްލޭނެއް، ދުވާލަކު 6 ޖީބީ ޑޭޓާ

24 އޮކްޓޯބަރު 2022 - 17:48 0

ތިން މަސް ދުވަހުގެ ނިޔަލަށް ކޮންމެ ދުވަހަކު 6 ޖީބީ ޑޭޓާ ލިބޭ "ސަޅި ކުއާޓާލީ" އެޑްއޯން ދިރާގުން ތައާރަފުކޮށްފި އެވެ.

މުޅިން އަލަށް ތައާރަފުކުރި މި އެޑްއޯން އަކީ 1،100ރ. އަށް ތިން މަސް ދުވަހުން، މުޅިއެކު 540 ޖީބީ ލިބޭ އެޑްއޯން އެކެވެ. ދިރާގުގެ ސަޅި ޕްރިޕެއިޑް ޕްލޭނަކީ ކޮންމެ ދުވަހަކު ލިބޭ ޑޭޓާ އެލަވަންސްގެ އަދަދާއި އެޑްއޯންގެ މުއްދަތު އިހުތިޔާރު ކުރެވޭ ގޮތަށް ފަރުމާ ކުރެވިފައިވާ ޕްލޭނެކެވެ. އޭގެ އިތުރުން މި ޕްލޭން ނަގައިގެން ދިރާގުގެ ހުރިހާ ނަންބަރުތަކަށް ހިލޭ ގުޅޭނެ އެވެ.

ދިރާގު ޕްރިޕެއިޑް ކަސްޓަމަރުންނަށް ދިރާގު އެޕް މެދުވެރިކޮށް ނުވަތަ "S1GB90" ޖަހާފައި 343 އަށް އެސްއެމްއެސް ކޮށްލައިގެން ވެސް "ސަޅި ކުއާޓާލީ" އެޑްއޯން އެކްޓިވޭޓު ކުރެވޭނެ އެވެ.

ދިރާގުން އަބަދުވެސް މަސައްކަތް ކުރަމުން ދަނީ ތަފާތު ގިނަ އާ އޮފާތައް ހެޔޮ އަގުގައި ކަސްޓަމަރުންނާ ހަމައަށް ގެނެސްދިނުމަށް ކަމަށް އެ ކުންފުނިން ބުނެ އެވެ. މި ޕްރޮމޯޝަނާއި ގުޅޭ އިތުރު މައުލޫމާތު މި ލިންކުން ލިބޭނެ އެވެ.