Advertisement

އެފްއައިވީބީ ބީޗް ޕްރޯ ޓުއާގެ ރާއްޖޭގެ މުބާރާތުގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު

13 އޮކްޓޯބަރު 2022 - 19:01 0

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

ސަން އައިލެންޑްގައި މިހާރު ކުރިއަށްދާ އެފްއައިވީބީ ވޯލްޑް ޓުއާ ޗެލެންޖް މުބާރާތުގެ ތެރެއިން.-- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު


އެފްއައިވީބީ ބީޗް ޕްރޯ ޓުއާގެ ރާއްޖޭގެ މުބާރާތުގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު

13 އޮކްޓޯބަރު 2022 - 19:01 0

އިންޓަނޭޝަނަލް ވޮލީބޯލް ފެޑެރޭޝަން (އެފްއައިވީބީ) އިން ކުރިއަށްގެންދާ 2022 ވޮލީބޯލް ވޯލްޑު ބީޗު ޕުރޯ ޓުއާގެ، މިއަދު ރާއްޖޭގައި ފެށި މޯލްޑިވްސް ޗެލެންޖުގެ ޑިޖިޓަލް ޕާޓަނަރަކަށް ދިރާގު ހަމަޖައްސައިފި އެވެ.

މި މުބާރާތަކީ މީގެ ކުރިން އެފްއައިވީބީގެ ފަރާތުން ބާއްވަމުން އައި އެފްއައިވީބީ ބީޗު ވޮލީބޯލް ވޯލްޑު ޓުއާގެ ބަދަލުގައި މިދިޔަ އަހަރު ބާއްވަން ފެށި މުބާރާތެކެވެ. މިއީ މި މުބާރާތުގެ ޗެލެންޖެއް ރާއްޖޭގައި ބާއްވާ ފުރަތަމަ ފަހަރެވެ.

2022 ވޮލީބޯލް ވޯލްޑް ބީޗް ޕްރޯ ޓުއާ – މޯލްޑިވްސް ޗެލެންޖްގެ ޑިޖިޓަލް ޕާރޓްނަރަކަށް ދިރާގު ހަމަޖައްސައި ސޮއި ކުރުން -- ފޮޓޯ: ދިރާގު


ވޮލީބޯލް ވޯލްޑު ބީޗް ޕުރޯ ޓުއާއަކީ ތިން ފަންތިއެއްގެ މައްޗަށް އެކުލެވޭ ޕުރޮފެޝަނަލް ބީޗް ވޮލީ ސާކިޓެކެވެ. މިގޮތުން މި މުބާރާތުގައި ހިމެނެނީ ފިއުޗާ، ޗެލެންޖު އަދި އެލީޓް16 ކެޓެގަރީ އެވެ. މި އަހަރުގެ މާޗު މަހުން ފެށިގެން މިއަންނަ ޑިސެމްބަރު މަހުގެ ނިޔަލަށް ކުރިއަށްދާ މި މުބާރާތުގެ އެކި ބައިތައް ވަނީ މުޅި ދުނިޔޭގެ އެކިކަންކޮޅުތަކުގައި ބޭއްވުމަށް ހަމަޖެހިފަ އެވެ.

ރާއްޖެ ހިމެނޭ ގޮތަށް ދުނިޔޭގެ 28 ގައުމަކުން 200 އަށް ވުރެ ގިނަ ކުޅުންތެރިން ބައިވެރިވާ މި ގްލޯބަލް އިވެންޓު ކުރިއަށް ދާނީ މިއަދުން ފެށިގެން މި މަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށް ސަން އައިލެންޑް ރިސޯޓް އެންޑް ސްޕާގަ އެވެ.

މި ފަދަ ބޮޑު މުބާރާތެއް ރާއްޖޭގައި ބާއްވާއިރު، ރާއްޖޭގެ ވޮލީބޯޅަ އިތުރަށް ކުރިއެރުވުމަށާއި ރާއްޖޭގެ ވޮލީބޯޅަ ކުޅުންތެރިންނަށް އިތުރު ފުރުސަތުތައް ލިބޭ މިފަދަ އިވެންޓުތަކަށް އެއްބާރުލުންދިނުމަކީ ފަހުރުވެރިވާ ކަމެއް ކަމަށް ދިރާގުން ބުނެ އެވެ.